A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނު ގޭގެ އަދަދު ދަށަށް

ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ އަދަދު 15-25 ޑިސެމްބަރު 2020

ފާއިތުވި 10 ދުވަސް (15-25 ޑިސެމްބަރު 2020 އަށް) އަށް ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނުގައި މީހުން ތިބި ގެތަކުގެ އަދަދު 62 އަށް ދަށް ވެއްޖެއެވެ. ހޯމް ކަރަންޓީނުގައި ހުރި ގެތަކުގެ އަދަދު މަދުވި ކަމަށ ްބެލެވޭ އެއް ސަބަބަކީ ކަރަންޓީނު ކުރެވޭ މުއްދަތު 10 ދުވަހަށް ކުރުވެފައި ވުންކަމަށް ބެލެވެއެވެ.

މިދުވަސްވަރަކީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ ކަމުގައި ވިޔަސް ދަތުރު ފަތުރުކުރުމަށް މިވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ޚާއްސަކޮށް މާލެ ސަރަހައްދުން ރަށަށް ދަތުރުކުރާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އަދި މފުވައްމުލައް ސިޓީ އިން މާލެ ދަތުރު ކުރާ މީހުން ވެސް ވަނީ މަދުވެފައެވެ.

ރަޝިއާގެ ސްޕުޓްނިކް 5 ވެކްސިން ޖެހުން 5 ޑިސެމްބަރު 2020ގައި ވަނީ ފަށާފައި.

ނަމަވެސް ފުވައްމުލައް ސިޓިއަށާއި ކައިރީގައި ވާ އަތޮޅުތަކަށް ފުވައްމުލަކު މީހުން ދަތުރުކުރާ މިންވަރު ނިސްބަތުން މިވަނީ އިތުރުވެފައެއެވެ. އެގޮތުްނ ހުވަދުއަތޮޅުގެ ރަސްރަށަށާއި އައްޑޫގެ ރަށްތަކަށް ގިނަ ބަޔަކު ޗުއްޓީއަށް މިހާރު ދަތުރުކުރުމަުން ދެއެވެ.

ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ފުވައްމުލަައް ސިޓީގައި ހޯމް ކަރަންޓީނުގަިއ ހުރި ގެތައް އެންމެ ގިނައީ ފުނާޑު އަވަށާއި ދޫނޑިގަމު އަވަށާއި ދަޑިމަގު އަވަށުގައެވެ. ރަށުގެ އިރުމަތީ ކޮޅުން ދޫނޑިގަމު އަވަށާއި އިރު ދެކުނުން ފުނާޑުއަވަށުގައި، ކޮންމެ އަވަށެއްގައި 12 ގެއެއްގައި މީހުން ހޯމް ކަރަންޓީނު ކުރެވިފައި ވެއެވެ. އަދި ހުޅަނގު ކޮޅުން ދަޑިމަގުގައި 11 ގެއެއް ހޯމް ކަރަންޓީނު ކުރެވިފައިވެއެވެ. ހޯމަ ކަރަންޓީނު ކުރެވިފައިވާ މީހުން އެންމެ މަދީ އެންމެކުޑަ އަވަށް ކަމަށްވާ މާލެގަމު އަވަށުގައެވެ. އެ އަވަށުގައި ހޯމް ކަރަންޓީނުގައި މިހާރު ހުންނާނެ ކަމަށް ބެލެވެނީ އެންމެ ގެއެކެވެ.

ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ 2 ވަނަ ސާމްޕަލެއް ވެސް މާލެ ފޮނުވައި ނަތީޖާ ނެގެޓިވްވި -މާރިޗް 2020

ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

މިހާރު މާލެ ސަރހައްދަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަދާފައިވުމާއި އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ނެގަޓިވް ރިޒަލްޓަކާއިއެކު އައުމުން ކަރަންޓީނު ވާން ނުޖެހޭގޮތަށް ހަމަޖައްސާފައި ވެއެވެ.

ފުވައްމުލައް ސިޓީ ހޯމްކަރަންޓީނު ނިންމި މީހުންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މުޅިއެކު 4 މީހުންނެވެ. އެއީ ބަންގްލާދޭޝް މަސައްކަތު މީހަކާއި ފުވައްމުލަކު 3 މީހުންނެވެ. އެ އެންމެނެސް ވެސް ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައިވަނީ ފާއިތުވި ނޮވެމްބަރު މަހު 9 ގައެވެ. އެއާއެކު މިހާރު ފުވައްމުލަކުގައި ކޮވިޑް-19 ގެ ބަލި މީހަކު ހުރިކަމަކަށް ނުބެލެވެއެވެ.

އައިލޭންޑް ސަފާރީ 1، ފުވައްމުލައް ސިޓީ ބޭރުގައި އޮއްވައި ނެގި 2 ސާމަލް ކޮވިޑް19 އަށް ޕޮޒިޓިވްވި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !