A wide advertisement which will be shown on all devices. (700 x 100)

ހޯމްސްޓޭ އާއި ގެސްޓްހައުސް ވިޔަފާރިއާއި ގުޅޭ ވޯކްޝޮޕެއް މާދަމާ

ހޯމްސްޓޭ އަދި ގެސްޓްހައުސް ވިޔަފާރިގެ ވޯކްޝޮޕެއް

ހޯމްސްޓޭ އާއި ގެސްޓްހައުސް ވިޔަފާރިއާއި ގުޅޭ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ. “ދިރިއުޅޭ ގެއިން ނަފާ” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް އޮންނާނީ މާދަމާ، 2 ޖެނުއަރީ 2021ގެ މެންދުރުފަހު 2؛00 ގައި ކުރުނދުމާ މާލަމުގައެވެ.

މިއީ ވަން ފުވައްމުލައް ޖަމިައްޔާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ ވިޔަފާރިއާއި ހޮސްޕިޓަލިޓީ ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންތަކެކެވެ. އެގޮތުން ދިގަލި ރިޒޯޓް މެނޭޖަރު ހަސަން ސައީދު، އެއްގަމިގެ، މާދަޑު އާއި ހޯމްސްޓޭ އާއި ގެސްޓްހައުސް އޮންލައިން މާކެޓިން އެކްސްޕާރޓް މުރާދު ހަަސަން، ފިނިފެންމާގެ ފުނާޑު އާއި ކުރީގެ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކުގެ މެމްބަރުކަން ކުރެއްވި އަދި ރިޒޯޓް ތަޖުރިބާއާއި އެކު ވިޔަފާރިކުރައްވާ މުހައްމަދު އިބްރާހިމް ދިދީ (މޮޑީ)ގެ އިތުރުން ފެސިލިޓޭޓަރެއްގެ ގޮތުން ހޮސްޕިޓަލިޓީ ދާއިރާގެ ކޮންސަލްޓެންޓެއް ކަމަށްވާ އަބްދުﷲ ރަޝީދު (އައިސީ) ހިމެނެއެވެ.

ފުވައްމުލައް ސިޓީގެ ބައެއް ގެސްޓްހައުސް

ހަތަރު ގަޑިއިރުގެ މި ވޯކްޝޮޕްގައި ހޯމްސްޓޭ އާއި ގެސްޓްހައުސް ވިޔަފާރި އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި ހޯމްސްޓޭ އާއި ގެސްޓްހައުސް ވިޔަފާރިއިން ފުރިހަމަ ނަފާ ހޯދިދާނެ ގޮތްަކާއި ގުޅޭ ގޮތުން ބައިވެރިންނާއެކު މަޝްވަރާކުރެވި މައުލޫމާތު ދެވިގެންދާނެ ކަމަށް ވެއެވެ.

މި ވޯކްޝޮޕްގައި ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވޯކްޝޮޕާއި ގުޅޭ އިތުރު މައުލުމާތު ހޯދުމަށް 9891019 އަށް ގުޅުއްވުމަށް އިންތިޒާމުކުރާ ފަރާތުން އެދިފައި ވެއެވެ.

ފުވައްމުލަކުގައި މިހާރުވެސް ގެސްޓްހައުސް އާއި ހޯމްސްޓޭގެ ޚިދުމަތް ދެމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !