A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް – އިނާހު، ފާރިޣު އަދި ޝިރުހާން

ފުވައްމުލަކު ޓުވަރިޒަމް ޕްރޮމޯޝަން ބޯޑަށް ހޮވުމުން މެމްބަރުން 2023

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް 3 މެމްބަރުން ހޮވުމަށް ބޭއްވި ވޮޓު ކާމިޔާބުކޮށް އިނާހު އާއި ފާރިޣު އަދި ޝިރުހާން ހޮވިއްޖެއެވެ.

ކަނޑައަޅާފައިވާ 3 ދާއިރާ، ޑައިވިން، ގެސްޓްހައުސް އަދި ކެފޭ ރެސްޓޯރެންޓް އިން ކުރިމަތިލާފައިވާ ފަރާތްކުގެ މެދުގައި  ވޯޓުލުން ކުރިޔަށް ގެންގޮސްފަިއވަނީ  ފާއިތުވި ހުކުރު ދުވަހު މެދުރުފަހު ފުވައްމުލައް ސިޓީ ކައުންސިލްގެ ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމްގައެވެ.

ޑައިވްސްކޫލްތައް ތަމްސީލުކުރުމަށް ހޮވުމަށް ހަމަޖެހިފައިވާ އެއް މެމްބަރުކަމުގެ މަގާމަށް އަހުމަދު އިނާނު އަނޯނާގެ، ދަޑިމަގު ހޮވުނީ 3 ފަރާތަކާއި ވާދަކޮށްގެންނެއެވެ.

ގެސްޓްހައުސްތައް ތަމްސީލުކުރުމަށް ހޮވުމަށް ހަމަޖެހިފައިވާ މަގާމަށް 4 މީހަކާއި ވާދަކޯސްގެން ހޮވުނީ ފާރިޣު އަބުދުﷲ، ކޮއްކިރި، ދަޑިމަގު އެވެ.

ކެފޭ/ރެސްޓޯރެންޓްތައް ތަމްސީލުކުރުމަށް ހަމަޖެހިފައިވާ މަގާމަށް ހަސަން ޝިރުހާން، ރޭވަ، ދިގުވާނޑު ހޮވުިނި 2 މީހުންނާއި ވާދަކޮށްގެންނެވެ.

ފުވައްމުލަކު ޓުވަރިޒަމް ޕްރޮމޯޝަން ބޯޑަށް މީހުން ހޮވުމަށް ކުރިޔަށް ގެންދިޔަ ވޯޓުލުން 2023

ފުވައްމުލަކު ގެސްޓް ހައުސް ޕޮްރޮމޮޝަން ބޯޑުގައި ތަމްސީލުކުރާނެ މެމެބަރުން

ޑައިވިން ސެންޓަރުތައް – އަޙުމަދު އިނާޙު އަނޯނާގެ، ދަޑިމަގު

ގެސްޓްހައުސްތައް – ފާރިޣު އަބުދުﷲ، ކޮއްކިރި، ދަޑިމަގު

ކެފޭ/ރެސްޓޯރެންޓްތައް – ހަސަން ޝިރުހާން، ރޭވަ، ދިގުވާނޑު

މި ބޯޑަކީ ފުވައްމުލައް ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް ސިޓީ ކައުންސިލަށް ލަފާދީ ޓެކްނިކަލް ކަންކަމުގައި އެހީތެރިވެދޭ ބޯޑެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !