ޓުއަރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުން ބައެއް ޚިދުމަތްތެރިން ބާކީ ކުރެވުނީ ބާ؟

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސަތަކަކު އިސްލެވެލެގައި ޚިދުމަތްކުރި- އެކަމަކު ފާހަގަ ނުކުރެވުނު ބައެއް މީހުން.
Share on facebook
Share on twitter
Share on google

ދިވެހި ރާއްޖޭގެ ޓުވަރިޒަމް ނުވަތަ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ވެގެން ދިޔައި އިރު ފުވައްމުލަކުގައި ތަރައްގީވަމުން އަންނަ ފަތުރުވެރިކަމުގެ މަތިން ހަނދާން ނެތުނީ ބާއެވެ؟ ނޫނީ އެދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބައެއް މީހުންގެ މަތިން ހަނދާން ނެތުނީ ބާއެވެ؟

މި މުނާސަބާ ފާހަގަ ކުރުމަށް ރޭ ބޭއްވި ގައުމީ ފެންވަރު ޚާއްސަ ޖަލްސާގައި އެތައްބަޔަކު ދާއިރާއަށް ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ތަފާތު ގިންތީގެ އިނާމުތައް ދީފައިވެއެވެ. ނަމަވެސް މިޚާއްސަ ރަސްމިއްޔާތުގައި ފުވައްމުލަކަށް ނިސްބަތްވާ، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ފަރާތްތައް އެންމެ ކުޑަމިނުން އެޖަލްސާ އަށް ދައުވަތުވެސް ދީފައި ނުވާކަމަށް ވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި އެންމެންނަށް ވެސް އެނގޭ މޮޑީ (މުހައްމަދު އިބްރާހިމް ދީދީ، މާދަޑިގެ) އާއި މިހާރު ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ފަދަ ބޭފުޅުންނަށް އެޖަލްސާއަށް ދައުވަތުވެސް ދީފައި ނުވާކަމަށް ވެއެވެ.

ފަތުރުވެރިކަމިގެ ދާއިރައިން ފުވައްމުލައް ކުރިއަރަމުން އަންނަނީ ޝާކް އައިލޭންޑްގެ ގޮތުގައި.

މޮޑީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަމިއްލަ މީހަކު ތަރައްގީ ކުރި ރިޒޯޓް ކަމަށްވާ ވައްބިންފަރު ރިޒޯޓް އައި އެނޫންވެސް ގިނަ ރިޒޯޓްތަކެއްގައި ޖެނެރަލް މެނޭޖަރެއްގެ ރޯލުގެ އިތުރުން ރިޒޯޓް މެނޭޖް ކުރާ ކުންފުނިތަކުގެ މެނޭޖްމެންޓްގެ ވަޒީފާ ތަކުގައި ވެސް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ފަރާތެވެ. ހަމަ އެގޮތަށް ފިކުރީ އަކީ ވެސް ރިޒޯޓްތަކުގެ ޖެނެރަލް މެނޭޖަރުން ފެށިގެން މަތީ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އެދާއިރާއަށް ޚިދުމަތް ކޮށްފައިވާ ފަރާތެކެވެ.

މީގެ އިތުރުން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު އައްޑޫ ބޭފުޅެއް ކަމުގައިވާ އައިސީ (އަބްދުﷲ ރަޝީދު) ވެސް އެޖަލްސާއިން ފެނިގެން ގޮސްފައެއް ނުވެއެވެ. އައިސީ އަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ކާރެކެވެ. އޭނާ ވަނީ ފަތުރުވެރިކަމުގެ މުޅިން އާ ސެގްމެންޓެއް ކަމަށްވާ ހޯމްސްޓޭ ރާއްޖެއަށް ތައާރަފުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހޯމް ސްޓޭއާއި ގުޅޭ ގޮތުން ދިވެހި ބަހުން ފޮތެއް ލިޔުއްވާފައި ވެއެވެ.

މިކަމާއި ގުޅޭ ގޮތުން އައިސީ އޭނާގެ ކަންބޮޑުވުން ފޭސްބުކު ޕޭޖްގައި ހާމަކޮށްވަނީ ރޭގެ ރަސްމީ އެޖަލްސާއަށާއި ފަތުރު ވެރިކަމުގެ އިންޑަސްޓްރީއަށް ފައިސާގެ ނުފޫޒު ފޯރާފައިވާކަމުގެ އިހުސާސްތައް ރޭގެ ޖަލްސާއާއި އެކު ކުރެވެމުން ދިޔަކަމަށް ބުނެއެވެ.

“ދިވެހި ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރި މުޅިން އައު އުއްމީދު ތަކެއްގެ ވާހަކައާއި، ސަރުކާރާއި، ޕަޔޮނިޔަރުންނަށް ކުރެވުނު ބުރަ މަސައްކަތުގެ ތަޢުރީފުތައް އޮއްސަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް ވަންނަމުން ދިޔައީ، ފައިސާއާއި ނުފޫޒު މި އިންޑަސްޓްރީއަށް އަދި ރަންޔޫބީލް ޖަލްސާއަށް ފޯރާފަ ހުރި މިންވަރުގެ ބޮޑުކަމެވެ.’ އައިސީ އޭނާގެ ފޭސްބުކު ޕޭޖްގައި ލިޔެފައި ވެއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި މިއަދު ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ކަނޑުއުޅަނދު ބުރު. ފޮޓޯ؛ އަބްދުﷲ ނާސިރު

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ޕަޔޮނިއަރުން ގާގަނޑެއްގެ ގޮތުގައި ސިފަކުރި މާލެއާއި ދުރުގައި އޮތް ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ގޮތް ވަރަށް ގާތުން ފެންނަކަމަށާއި އެކަމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރެވިގެން ނުދިޔަ ކަން އޭނާ ހާމަކުރައްވައެވެ.
“އަމިއްލައަށް ޔޫރަޕުގައި އޮފީސް ހަދައިގެން މުޅި ދުނިޔެއަށް އިޝްތިހާރުކޮށް، 300 އެއްހާ ގެސްޓުން ސީޒަނުގައި ގެންގުޅެ ދުނިޔޭގެ ޑައިވިންގ މަންޒިލަކަށް (ފުވައްމުލައް) ހެދިކަމީ، ފިސާރި މޮޅު، ބުރަ އަދި އަގުބޮޑު ކަމެއް ކަމުގައި ސަރުކާރަށް ބަލައިނުގަތީ؟ މަޓީ، ގެސްޓްހައުސް އެސޯސިއޭޝަން އަދި ޕަޔޮނިޔަރުން މޮހައްމަދ ުމަނިކާއި ޢަފީފު، ނަސީމް އަދި ކާނި ޢަބްދުﷲ (ގެސްޓްހައުސް އެސޯސިއޭޝަން) މިކަމުގައި ދައުރެއް ނެތުން ކަމުގައި ޤަބޫލު ކުރެވި އަދި 50 އަހަރުގެ ޙަފްލާއިން ވަރަށް ސާފުކޮށް ފެނިގެން ދިޔަ ކަމީ ކަންބޮޑުވާ ކަމެކެވެ.’ އައިސީ އިތުރަށް ހާމަކޮށްފައި ވެއެވެ.

މިއަދު ކުރިޔަށްގެންދިޔަ ހޯމްސްޓޭ ވިޔަފާރީގެ ވޯކްޝޮޕްގެ ފެސިލިޓޭޝަޓް އިބްރާހިމް ރަޝީދު (އައިސީ)

އައިސީ ފާހަކުރި ގޮތުގައި ނަޝީދު (ލޮނު) މެން ފަދަ ހުނަރުވެރި ފުވައްމުލަކުގެ އެތައް ޑައިވަރުންގެ މަސައްކަތް ވަރަށް ގާތުން ފެންނަ ފެނިފާިއވާ ކަމަށާއި އެމީހުންގެ އެ ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށެވެ.
“ފުވައްމުލަކު ޑައިވަރުންނޭވެ! ދުނިޔޭގަ ތިކުދިން ބާކީއެއް ނުވާނެއެވެ. ސާބަހެވެ! ބުރަ މަސައްކަތުގެ ނަތީޖާ ތިދަނީ ދައްކަމުންނެވެ.” އައިސީ ފުވައްމުލަކުގެ ފަތުރުވެރިކން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހާމަކޮށްފައި ވެއެވެ.

ހޯމްސްޓޭ ވިޔަފާރިއާއި ގުޅޭ ލުއި ފޮތް ނެރުން، 7 ފެބްރުއަރީ 2021

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments