ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް މީހުން ހޯދަން އަލުން އިއުލާންކޮށްފި

ފުވައމްުލަކުގެ ބަނަދަރު ނެރުމަތީ ޑައިވްކުރަނ
Share on facebook
Share on twitter
Share on google

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް މީހުން ހޯދަން ދެވަނަފަހަރާ އަލުން އިއުލާންކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުުންސިލުން އިއްޔެ ނެރުނު އިއުލާނުގައިވާ ގޮތުން، އެކައުންސިލުން ނިންމާފައިވާ “ފުވައްމުލައް ޓުވަރިޒަމް ޕްރޮމޯޝަން ބޯޑު” އެކުލަވައިލުމައްޓަކައި، އެ ބޯޑުގައި ތަމްސީލްކުރާނެ ބައެއް ދާއިރާތަކުން މެންބަރުން ހޯދަން ބޭނުންވެފައި ވެއެވެ. އެގޮތުން މީހުން ހޯދަން އިއުލާންކޮށްފައިވާ ދާއިރާ ތަކަކީ:

ޑައިވްސްކޫލް

ގެސްޓްހައުސް އަދި

ކެފޭ /ރެސްޓޯރަންޓް ދާއިރާއެވެ.

މިދާއިރާތަކުން ބޯޑުގައި ތަމްސީލު ކުރަން ޝައުގުވެރިވާ ފަރާތްތަކުން މި ސެޕްޓެމްބަރު މަހުގެ 25، (2022) ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމު ފުރުމަށް އެދިފައި ވެއެވެ.

މި ބޯޑަކީ ފުވައްމުލައް ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް ސިޓީ ކައުންސިލަށް ލަފާދީ ޓެކްނިކަލް ކަންކަމުގައި އެހީތެރިވެދޭ ބޯޑެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި ދާއިރާތައް ބޯޑުގައި ތަމްސީލު ކުރުމަށް ޝައުގެވެރިވާ ފަރާތްތައް ހޯދުމަށް މީގެ ކުރިން އިއުލާންކޮށްފައި ވަނީ ނިމުނު އޮގަސްޓް މަހުގެ ތެރޭގައެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް، 7487900 ނަންބަރަށް ގުޅުމަށާއި ނުވަތަ ނުވަތަ tourism@fuvahmulah.gov.mv އީމެއިލް ކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments