ފާއިތުވި ދިހަވަރަކަށް ދުވަހު، 26 ޑިސެމްބަރު 2020 އިން 5 ޖެނުއަރީ 2021 އަށ،ް ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނުގައި މީހުން ތިބީ ގޭގެ އަދަދު 92 އަށް އިތުރު ވެއްޖެއެވެ. މިހާރު ހޯމް ކަރަންޓީނުގައި 10 ދުވަހު ތިބެންޖެހެނީ މާލޭ ސަރަހައްދުން އަންނަ މީހުންނާއި ރާއްޖެއިން ބޭރުން އަދި ރިޒޯޓުތަކުން އަންނަ މިހުންނެވެ.
އައު އަހަރާއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގައި ނެރެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 10 ވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ. މިފަހަރުވެސް 30 ދުވަހަށް އިތުރު ކުރުމުން އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމަޔާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނެއެވެ.

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީން 26 ޑިސެމްބަރު- 5 ޖެނުއަރީ 2021
މިއީ އަހަރީ ޗުއްޓީ ގެ ދުވަސްވަރު ކަމަށްވުމާއެކު ފުވައްމުލަކަށް ވެސް އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން ޒިޔާރަކޮށްފައި ވެއެވެ. އަދި ފުވައްމުލަކުގެ ގިނަ ބަޔަކުވެސް ވަނީ ކައިރީގެ ރަށްތަކަށް ދަތުރުކޮށްފައެވެ. އަދި ކަރަންޓީނަށް ރަށައް އަންނަ މީހުން ވެސް މިވަނީ އިތުރު ވެފައެވެ.
ފާއިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައި ފުވައްމުލަައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ގެތައް އެންމެ ގިނައީ މިސްކިތްމަގު އަވަށުގައެވެ. މިސްކިތްމަގުގައި 22 ގެއެއް ހޯމް ކަރަންޓީނުގައި ހުރިއިރު ދަޑިމަގު ގައި 15 ގެ އަދި ދިގުވާނޑާއި ދޫނޑިގަމުގައި 12 ގެއެއް ހޯމްކަރަންޓީނުގައި އެބަހުއްޓެވެ. ހޯމަ ކަރަންޓީނު ކުރެވިފައިވާ ގެތައް އެންމެ މަދީ މާލެގަމު (4) ގައެވެ.
ހޯމް ކަރަންޓީނު ކުރެވޭ ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
އަތޮޅުތަކުން މާލެ ސަރަހައްދަށް ދަތުރުކުރާ މީހުން މިހާރު ކަރަންޓީން ވާކަށް ނުޖެހެއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ނެގަޓިވް ނަތީޖާއަކާއިއެކު އައުމުން ވެސް ކަރަންޓީނު ވާން ނުޖެހެއެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު، 4 ޖެނުއަރީ 2021
ފުވައްމުލައް ސިޓީގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މުޅިއެކު 4 މީހުންނެވެ. ފުވައމްުލައް ސިޓީން ބައްޔަސ ްޕޮޒިޓިވް ވީ ހޯމްކަރަންޓީނު ނިންމި ބަންގްލާދޭޝް މަސައްކަތު މީހަކާއި ފުވައްމުލަކު 3 މީހުންނެވެ. އެ އެންމެންސް ވެސް ބަލިން ރަނގަޅު ވެގެން ވަނީ ދޫކޮށްލާފައެވެ. އެއާއެކު މިހާރު ފުވައްމުލަކުގައި ކޮވިޑް-19 ގެ ބަލި މީހަކު ހުރިކަމަކަށް ނުބެލެވެއެވެ.

މިހާރު ބޭނުންކުރާ ކޮވިޑް-19ގެ 6 ވެކްސިން
ޚިޔާލުތައް