A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ގޮނޑުދޮށުން ހިމާޔަތްކުރާ ސަރަހައްދު ޕްރީ ކޮލިފައިޑް ޓެންޑަރުންނަށް ދައްކައިފި

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރާ ސަރަހައްދު ޕްރީ ކޮލިފައިޓް ޓެންޑަރުންނަށް ދައްކާލަނީ. ފޮޓޯ: ސިޓީ ކައުންސިލ

ފުވައްމުލަކު އުތުރު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ޓެންޑަރިން މަރުހަލާގެ ޕްރީ ކޮލިފައިޑް ކޮންޓްރެކްޓަރުންނަށް ސައިޓް ދައްކައިފިއެވެ. ޕްރީ ކޮލިފައިޑް ކޮންޓްރެޓަރުންނަށް އެ ސައިޓް ދައްކާފައިވަނީ އިއްޔެ ފުވައްމުލަކު ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޓެންޑަރިން މަސައްކަތް ކުރިއަށްދާއިރު، އެމަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓުންދަނީ ފުވައްމުލަކު އެކި ފަރާތްފަރާތުގެ ޚިޔާލު ހޯދަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި އީއައިއޭ ކޮންސަލްޓަންޓުންވަނީ ސްޓޭކްހޯލްޑަރުންގެ ޙިޔާލު ހޯދުމުގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ވެސް އީއައިއޭ ކޮންސަލްޓަންޓުންވަނީ ބައްދަލުކޮށްފައެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ ފާއިތުވީ ސަރުކާރުތަކުން ވައުދުވަމުން އަންނަ ކަމެކެވެ. ބައެއް ފަހަރު އެމަސައްކަތް ފެށޭ-ނުފެށޭ ހިސާބަށްވެސް ދެއެވެ. އެގޮތުން، 2014 ވަނަ އަހަރު ވެސް އެއްބަސްވުމެއްގައި ސޮއިކޮށް، ގިރާ ސަރަހައްދުތައް ސާވޭކޮށް، ގޮޑުދޮށްތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ ޑިޒައިން މޮޑެލްތަކެއް ތައްޔާރުކޮށް އަމަލީ މަސައްކަތް 2015 ވަނަ އަހަރު ފަށަން ކަނޑައަޅާފައިވާ ކަމުގެ ހުވަފެންވަނީ ދައްކާފައެވެ.

އެސަރުކާރު ނިމި، މިސަރުކާރު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވުމާއިއެކު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުން ހިމެނުނެވެ. ނަމަވެސް އެމަސައްކަތް ނުފެށި ލަސްވާތީ އެކަމާއި ގުޅޭ ގޮތުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ “މި ޕްރޮޖެކްޓަށް ފައިސާ މިދެނީ ކުވޭތު ފަންޑުންނާއި ޔޫރަޕިއަން އޭޖެންސީ އަކުން (އޮރިއޯ އިން). ކުވޭތު ފަންޑުން ގަބޫލުނުކުރާ އެބަހުރި މައްސަލަތަކެއް. އެއީ އެމީހުން ފަންޑް ކުރާނީ އެމީހުން ބްލެކް ލިސްޓް ކުރެވިފައި ނެތް ތަނަކުން މަސައްކަތް ކުރަން ކަމަށް. އަނެއް އޭޖެންސީއިން އެކަމެއް ގަބޫލެއް ނުކުރޭ. އެއްވަރަކަށް ދެތާކުން ފަންޑު ކުރާއިރު އެ ދެބައިމީހުން އެއްގަލަކަށް އަރައިގެން ނޫނީ އަޅުގަނޑުމެންނަށް އެކަން ކުރެވެން ނެތް”ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !