A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ ކޮވިޑް އައި.ސީ.ޔޫގައި ފަރުވާދިން އުމުރުން ދުވަސްވީ ދެ މީހުން ގެއަށް ބަދަލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވި ހައިރިސްކް ދެމީހުންގެ ހާލަތު ގޯސްނުވާތީ ގެއަށް ބަދަލުކުރުން.

ކޮވިޑް-19 އަށް ފައްސިވުމުން އިތުރަށް މޮނިޓާ ކުރުމަށްޓަކައި ފުވައްމުލަކު ހޮސްޕިޓަލުގެ ކޮވިޑް އައި.ސީ.ޔޫ އަށް ބަދަލުކުރި އުމުރުން ދުވަސްވީ ދެ ބަލިމީހުންގެ ސީރިއަސް މައްސަލަތަކެއް ނުފެންނާތީ އިއްޔެ ރޭ (3 ފެބްރުއަރީ 2012) ގައި ގެއަށް ބަދަލުކޮށްފިއެވެ.

އެ ދެމީހުން ގެއަށް ބަދަލުކުރީ ކޮވިޑްގެ ބަލިމީހުންގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ ‘ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމް’ (CMAT-ސީމެޓް) ލަފާޔާއެކު ކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

އެ ބަލިމީހުން ކޮވިޑް އައި.ސީ.ޔޫ، ފުވައްމުލަކު ކުރީގެ ބާހޮސްޕިޓަލުގައި ހޭދަކޮށްފައި ވަނީ 4 ދުވަހުއެވެ. އެދުވަސްތަކުގައި އެމީހުންގެ ހާލަތު މޮނިޓާ ކުރުމުގައި  ފުވައްމުލަކު ހޮސްޕިޓަލުގެ ރެޕިޑް ރެންސްޕޮންސް ޓީމުގެ ގިނަ މުވައްޒަފުންތަކެއް އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށާއި، އެ ބަލިމުހުންނަށް ޚާއްޞަކޮށްފައިވާ 4 ނަރުހަކު 24 ގަޑިއިރު ބަލިމީހުންގެ ކަންކަން ބެލެހެއްޓުމުގައި ގާތުގައި ތިއްބެފައި ވެއެވެ. އަދި ހާލަތަށް ބަލައި ބޭނުންޖުހުނު ކޮންމެ ވަގުތެއްގައި ޑޮކްޓަރުން އައި.ސީ.ޔޫ އަށް ވަދެ އެމީހުންގެ ހާލަތު  މޮނިޓަރުން ކުރަމުން ގެންގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
މިކަމުގައި އެ ހޮސްޕިޓަލުގެ ކްލިނިކަލް ޓީމާއި ނަރުހުން ދެއްކި އިންސާނިއްޔަތުކަމުގެ ރީތި މިސާލާއި ހިތްވަރަށްޓަކައި ސާބަސް ދޭކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.

އެ ދެ މީހުންގެ ހާލަތު ގޯސްނުވެ، އިތުރު ފަރުވާއަކަށް ދާން ނުޖެހި ބަލީގެ ހާލަތު ލުއިވެފައިވާކަން ރޭ ފުވައްމުލަކު ހޮސްޕިޓަލުން ނެރުނު ބަޔާނުން އެނގެއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ތިބީ ހޮމްކަރަންތިނުން ކޮވިޑް-19އަށް ޕޮޒިޓިވްވި ޖުމްލަ 3 މީހުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުން – ކޮވިޑް ވެކްސިން ޖަހަން ތައްޔާރުވަނީ

އެ ދެ މީހުންނަކީ ފާއިތުވި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު، ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނެވެ. އެއީ ހައިރިސްކް ދެމީހުނަށް ވާތީ، ދިމާވެދާނެ އިމާޖެންސީ ފަރުވާއެއް ކައިރިން ލިބިދިނުމަށް، އައްޑޫ ސިޓީގައި ގާއިމުކޮށްފައި، ހުހަށް ހުރި، މިސަރަހައްދުގެ ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމަށް އައްޑޫ ސިޓީގެ ސިއްހީ އިދާރާއިން އެދެވޭ ތަރުހީބެއް ނުލިބުމުން އެންމެފަހުން އެ ދެމީހުން އެޑްމިޑް ކުރަން ޖެހުނީ ފުވައްމުލަކުގައި ހުރި ވަގުތީ ކޮވިޑް ފެސިލިޓީގައެވެ.

އައްޑޫ ސިޓީގައި ރިޖަނަލް ހޮސްޕިޓަލެއް ގާއިމު ކުރުމުން އެއީ ހަމައެކަނި އައްޑޫ ސިޓީގެ މީހުންނަށް ހުރި ތަނެއްކަމުގައި ދެކި ފުވައްމުލައް ސިޓީގެ ބަލި މީހުންނަށް އެހޮސްޕިޓަލުގެ އަޅާލުން ކުޑަވާގޮތްވުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އެފަދަ ހާދިސާތައް ތަކުރާރުވަމުންދާކަން ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

އައްޑޫ ސިޓީގައި ގާއިމުކުރިވެފައިވާ ރީޖަނަލް ހޮސްޕިޓަލަށް އައްޑޫސިޓީގައި ވަކިން އޮންނަ ހުޅުމީދޫއާއި ފުވައްމުލަކުން އެކި ބޭނުންތަކުގައި ދާމީހުންނަށް ޚާއްސަ އިނާޔަތްތަކެއް ހަމަޖައްސައިދޭން ޖެހޭކަމަށް ފުވައްމުލައް ސިޓީގެ މީހުން ގަބޫލުކުރެއެވެ. އެހެނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމުގައި އެރަށްތަކަށް ހުރި ގޮންޖެހުންތައް ބޮޑުވުމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !