A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކޮވިޝިލްޑް ވެކްސިން ޖަހަން ފަށައިފި

ފުވައްމުލައް ސިޓީގައި މިއަދު (5 ފެބްރުއަރީ 2021) ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި.

ކޮވިޑް-19ގެ ރޯގާއިން ދިފާޢުވުމަށް ކުރިޔަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު މެންދުރުފަހު 2:45 އިން ފެށިގެން ފުވައްމުލައް ސިޓީގައި ވެކްސިން ޖަހަން ފަށައިގެން ކުރިއަށް އެބަދެއެވެ.

ފުވައްމުލައް ސިޓީގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފުވައްމުލަކު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ ކޮމިނިޓީ ހެލްތް އޮފިސަރ އާމިނަތު އަޙްމަދު ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ. ކޮވިޑް-19 އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއެކު ފުވައްމުލައް ސިޓީގައި މަސައްކަތްކުރައްވާ ފޯކަލް ޕޮއިންޓަކީ އާމިނަތުއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ރެޕިޑް ރެސްޕޮންސް ޓީމުގެ ކަންކަން ރާވާ އިންތިޒާމު ކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރައްވަނީ ވެސް އާމިނަތު އަޙްމަދު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގައި އެނެމް ފުރަތަމަ ކޮވިޑް-19 ވެކްސިން ޖަހީ އާމިނަތު އަހުމަދު.

މިއަދު ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމާއެކު ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ސައީދުއާއި ޑޮކްޓަރުންގެ އިންޗާޖް އަދި ހޮސްޕިޓަލްގެ ކްލިނިކަލް ޓީމްތަކުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ލޮލުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ، ޑރ. އަލްމާސް ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުން ކުރިޔަށް ދަނީ

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އޮކްސްފޯޑް ޔުނިވަރސިޓ ިއާއި ސްވިޑްންގެ އެސްޓްރަޒެންކާ ކުންފުނީން އުފެއްދި ވެކްސިންގެ ވާޝަންއެއް ކަމަށްވާ ކޮވިޝިލްޑް އެވެ. ކޮވިޝިލްޑް ތައްޔާރުކުރަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުންނެވެ. މިއީ އިންޑިއާ ސަރުކާރުން ހިލޭ ރާއްޖެއަށް ދިން 100،000 (އެއްލައްކަ) ޑޯޒް ވެކްސިންގެ ތެރެއިން ފުވައްމުލައް ސިޓީއަށް ގެނެސްފައިވާ ފުރަތަމަ ޝިޕްމެންޓުގެ ވެކްސިނެވެ.

ކޮވިޑް-19 ވެކްސިން ޖަހާ މީހުން ރަޖިންޓްރީކޮށް ބެލެހެއްޓުން

މިއަދާއި މާދަމާ ފުވައްމުލައް ސިޓީގައި ވެކްސިން ޖެހުމަށް ރޭވިފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެއިގެ ފަހުން 80 އަހަރުން މަތީ ދޮށީ އުމުރުގެ މީހުނަށެވެ. ދެން ވެކްސިން ދޭނީ ބަލީގެ “ހައި ރިސްކް” މީހުންނަށެވެ. ހައިރިސްކް މީހުންނަކީ ކޮވިޑް-19 ރޯގާއިން ދިފާޢުވުމުގައި އެންމެ ނުރައްކާ ބޮޑު މީހުންނެވެ.

ކޮވިޑް-19ގެ ރޯގާއިން ރައްކާތެރިކަން ހޯދުމަށް ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް ވެކްސިން ޖެހުމަށް އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް މެނޭޖަރު އަހުމާދު ސައީދު ކުރިން ވިދާޅުވެފައި ވެއެވެ.

ވެކްސިންގެ އާއްމު ސައިދް އިފެކްޓްތައް.

ކޯވިޑްގެ މިރޯގާއިން ރައްކާތެރިވުމަށް ކޮންމެ މީހަކަށް ވެސް ސަރުކާރުން ހިލޭ ވެކްސިން ޖަހައި ދޭނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ދެއްވާފައެވެ.

އިއްޔެގެ އިރުއޮސި 6:00 އާއި ހަމަޔަށް މުޅި ރާއްޖޭގައި ވަނީ 3200 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައެވެ. މާލޭ ސަރަހައްދުގައި އިއްޔެ ވަނީ ޓީޗަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ވެކްސިން ޖެހުން ކުރިޔަށް ގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 އަޕްޑޭޓް އަދި ވެކްސިން ޖެހުން

ފުވައްމުލަކުގައި 280 ވަރަކަށް ޓީޗަރުން ތިބެއެވެ. އެހުރިހާ ޓީޗަރުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންނައި އަދި ފުލުހުންނާއި ސިފައިން އަދި އެއަރޕޯޓް މުވައްޒަފުންނަށް ޖަހަން ބޭނުންވާ ވެކްސިން އަދި އިތުރަށް ފުވައްމުލައް ސިޓީ އަށް ގެންނަން ޖެހޭނެކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !