ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ގައި ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ރެންޑަމް ސާމްޕަލް ނަގާފައި ވަނީ އާންމުންނާއި ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށެވެ. އެހެން ކަމުން ފުވައްމުލައް ސިޓީގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑް އޮތުމުގެ ފުރުސަތު ބޮޑުކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
ފުވައްމުލައް ސިޓީ މިވަގުތު ވަނީ މޮނީޓަރިންގެ ހާލުތުގައިއެވެ.
ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުމަށާއި، ބޭރަ ނިކުންނަނަމަ ހުރިހާ ވަގުތަކު މާސްކު އަޅައިގެން، އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް ސިޓީ ކައުންސިލް އިން އިލްތިމާސް ކުރައްވައެވެ.
+1
+1
ޚިޔާލުތައް