ފުވައްމުލައް ސިޓީ އިން އިތުރު 3 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަދި ކުރީގެ ޕޮޒިޓިވްވި ކަމަށް ބެލެވުނު އެކެއްގެ ސާމްޕަލް އަލުން ޓެސްޓް ކުރުމުން މިހާރު ނެގަޓިވްވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.
މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ ކުރީގައި ހޯމް ކަރަންޓީނުން ޕޮޒިޓިވްވި ދުބާއީ ކްލަސްޓާ އިން ޕޮޒިޓިވް ވި ފަރާތާއި ކޮންޓެކްޓްވެ، ފެބްރުއަރީގެ ރޭންޑޮމް ސާޕަލިންއިން ޕޮޒިޓިވްވި މީހާއާއި ގުޅުންހުރި 3 މީހެއް ކަމަށް ވެއެވެ.
ދުބާއީ ކްލަސްޓާއި ގުޅުން ހުރި ފަރާތަކީ ދުބާއީ އިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި ފިރިހެނެކެވެ. އަދި ރޭންޑަމް ސާމްޕަލިން އިން ޕޮޒިޓިވް ވި މީހާ އަކީ އޭނާއާއި ކޮންޓެކްޓްވި ފަރާތެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.
ޚިޔާލުތައް