A wide advertisement which will be shown on all devices. (700 x 100)

މިއަދު އަސްރު ނަމާދުން ފެށިގެން ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް ނިންމައިފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ފުވައްމުލަކު ސިޓީއިން ފެނި މިސިޓީ މޮނިޓަރިންގެ ހާލަތަށް ގޮސްފައިވާތީވެ ފުވައްމުލަކުގެ މިސްކިތްތަކުގައި މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންމަ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތް ނެހެދުމަށް އިސްލާމިކް މިނިސްޓްރީއިން އަންގައިފިއެވެ. އެމިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ފުވައްމުލަކު ސިޓީ މޮނިޓަރިން ހާލަތަށް ގެނިފައިވާތީއާއި އަދި ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާއިގުޅޭ ފަރާތްތަކުން މައުލޫމާތުދީފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ހަމަ މިފުރުސަތުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ފަރުޟު ނަމާދު އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަ ކުރުމަށާއި ގިނަގިނައިން ދުއާކުރުމަށާއި އިސްތިޣުފާރު ކުރުމަށް ނަސޭހަތްތެރިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކޮރޯނާ ރޯގާ މާލެ ސަރަހައްދަށް ފެތުރިގެންދިޔަ ދުވަސްކޮޅު މާލޭ ސަރަހައްދުގައިވެސް މިފަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !