A wide advertisement which will be shown on all devices. (700 x 100)

ކުރިޔަށް އޮތް 7 ދުވަހު ފުވައްމުލައް ސިޓީގައި ގެއިން ބޭރަށްނިކުމެ އުޅުން އެޗްޕީއޭއިން މަނާކޮށްފި

ކޮވިޑް-19 އައި ގުޅިގެން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އެއް ހަފުތާއަށް ގެއިންބޭރަށް ނިކުމެ އުޅުން މަނާކޮށްފައި

ކުރިޔަށް އޮތް 7 ދުވަހު ފުވައްމުލައް ސިޓީގައި ގެއިން ބޭރަށްނިކުމެ އުޅުން އެޗްޕީއޭއިން މިއަދު މަނާކޮށް އެކަން ދައުލަތުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ދިވެހިރާއްޖޭހެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ އުސޫތަކެއް ކަނޑައަޅައި  އަންގައިފައެވެ. ދިހަ ނުކުތާ ގެ މައްޗަށް އެކުލެވޭ މިއުސޫލުގައިވާ ގިނަ ކަންތައްތަކަކީ މީގެ ދެ ދުވަސް ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން އަމަލުކުރުމަށް އަންގާފައިވާ ކަންތައްތަކެކެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ރައްކާތެރިކަމުގެ އުސޫލ

ސިޓީ ކައުންސިލްގެ އެންގުމުގައި ނުހިމެނޭ ބައެއް ކަން ކަމަކީ އެއްފާހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށައި އާއްމު ތަންތަނަށް އެއްވެ އުޅުމަށް ހުއްޓައިލުމަށް އެންގުމާއި އެއް އަވަށުން އަނެއް އަވަށަށް ދިއުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

ސިޓީ ކައުންސިލުގެ އެންގުމާއި އެޗްޕިއޭގެ އެންގުމުގައި ތަފާތުވާ ކަންކަން އެބަހުއްޓެވެ. ނަމަވެސް ސިޓީ ކައުންސިލުގެ އެންގުން އަދި ބާތިލުކޮށްފައެއް ނުވެއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީއިން ގެނައި މީހުން ރަށަށް ފޭބުން

އެޗްޕީއޭގެ މިއެންގުމުގައިވާ ކަންތައްތަކަށް އަމަލުކުރަން ފަށާނީ މާދަމާ 13 ފެބްރުއަރީ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށް އެއުސޫލުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް:

  1. ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން. (ސިޓީ ކައުންސިލްގެ އެނގުން: އޮންލައިންކޮށް ކުރިޔަށްގެންދިއުން)
  2. ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނކުރުން.
  3. ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން. ނަމަވެސް ޒަރުރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދަން ދާދިއުން މީގައި ނުހިމެނެއެވެ.
  4. އެއްފާހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށައި އާއްމު ތަންތަނަށް އެއްވެ އުޅުމަށް ހުއްޓައިލުމަށް އެންގުން.
  5. ސެލޫން، ބޯކޮށާތަންތަން ބަންދުކުރުން. (ސިޓީ ކައުންސިލްގެ އެންގުމުގައި (މިބަޔަށް ޖިމް އިތުރުކުރެވިފައިވޭ)
  6. ކުޅިވަރުގެ ހުރިހާ ހަރަކާތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  7. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތްދިނުން.
  8. ފިހާރަތަކާއި ބޭންކްތައް ފަދަ އާއްމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކާތެރިކަމުގެ އެހެެނިހެން ފިޔަަޅުތައް އަޅައިގެން ޚިދުމަތްދިނުން.
  9. ޔުނިވަރސިޓީތަކާއި، ކޮލެޖް، ސްކޫލްތަކަށް، ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށްގެންދިއުން ހުއްޓައިލުން. (ސިޓީ ކައުންސިލްގެ އެންގުން: ސްކޫލް، ކޮލެޖު، ޓިއުޝަން ސެންޓަރުތައް، ގުރުއާން ކްލާސް އަދި އެނޫން ވެސް ކިޔަވައިދޭ އެންމެހާ ކްލާސްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން.
  10. ހޮޓާތަކާއި ކެފޭ، ރެެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރެގައި ޑެލިވަރީގެ ޚިދުމަތްތައް ދިނުން ނުހިމެނެއެވެ. (ސިޓީ ކައުންސިލްގެ އެންގުން: ސައިހޮޓާ ފަދަ ތަންތަނަށް ޓޭކްއަވޭ ނުވަތަ ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތް ނުދިނުން).

ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރުގައި އުޅުއްވާއިރު މާސްކް އެޅުމަށާއި ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ފުވައްމުލައް ސިޓީގައި 7 ދުވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ޚައްސަ ފިޔަވަޅުތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !