A wide advertisement which will be shown on all devices. (700 x 100)

ކަރަންޓީނު ކުރެވިފައިވާ ގެތަކުން ކުނި ނެގުމުގައި ވެމްކޯއިން ޚާއްސަ އުސޫލެއް

ވެމްކޯއިން ކުނި ޖަމާކުރަން ގެންދަނި

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ގެތަކާއި އައިސޮލޭޓް ކުރެވިފައިވާ ގެތަކުން ކުނި ނެގުމުގައި އަމަލުކުރާނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށް ވެމްކޯ-ފުވައމްުލައް އާއި ހަވާލާދީ ރޭގެ ފުވައްމުލައް ހެލްތު އީއޯސީ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފިއެވެ. އެގޮތަށް ހަމަޖެއްސީ ކުނިނަގަން ދާ ވެމްކޯ-ފުވައްމުލަަކުގެ މުވައްޒަފުންނާއި ކުނި ބަލާދާ ގޭގެ މީހުންގެ ރައްކާތެރިކަމައްޓަކައި ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުއްމުލައް ސިޓީގައި ގެއިން ބޭރަށް ނުކުތުން މަނާކުރެވިފައި ވާތީ ގޭބިސީތަކާއި އެޕާޓްމެންޓްތަކުން ނެރޭ ކުނި ފަސޭހައި ގެންދެވޭގޮތަށް ރަނަގަޅަށް ކޮތަޅުގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އެދިފައިވެއެވެ.

ފުވައްމުލަައް ސިޓީގައި ވޭމްކޯއިން ކުނި ނަގަން ފެށުމުގެ ކުރިން، މިހާރުގެ ވެމްކޮށް ސައިޓަށް ޖަމާކޮށްފައިވާ ކުނީގެ ފަރުބަދަ ނަގައި ހުސްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ފުވައްމުލަކު ކުނިގޮނޑުގައި އުފެދިފައިވާ ކުނިގެ ފަރުބަދަ. ފޮޓޯ: ސަވާދު

ނަމަވެސް ފުވައްމުލަކުގެ މީހުން ބުނާގޮތުގައި އެސައިޓަށް ޖަމާކުރެވިފައިވާ ކުނނިން އުފެދިފައިވާ ފަސް ރަށުން ބޭރުކުރުމުގެ ބަދަލުގައި ރަށުގެ އެކިބޭނުންތަކަށް ދޫކުރެވޭނެ އުސޫލެއް ހަދައި އާއްމުންނަށް، އެވެލިފަސް ލިބޭނެ ގޮތެއްވެއްޖެ ނަމަ އެއިގެ ބޭނުން ރަށުގެ ގިނަބަޔަކަށް ކުރެވި އެވެލިފުނި ކުޑަކުރެވިދާނެއެވެ. އަދި ރަށުން ބޭރުކުރުަން ޖެހޭ ބައި މަދު ކުރެވިގެންދާނެ ކަމަށެވެ.

ވެމްކޯ-ފުވައްމުލައް ސައިޓަށް ޖަމާކުރެވެ ކުނީގެ ބާވައްތަކުގެ ތެރެއިން ކުނިވާޒާތުގެ ބައިތަކުން ކާދު އުފައިދައި ވިއްކަމުން އަންނަކަމަށް ފުވައްމުލަކު ވެމްކޯއިން މައުލޫމާތު ދެއްވައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !