A wide advertisement which will be shown on all devices. (700 x 100)

ކާފިއުގެ އުސޫލާއި ޚިލާފުވުމުން މިހާރު ކުރާނީ ޖޫރިމާނާ

ފުވައްމުލައް އީއޯސީ - މީޑިއާ ބްރީފިންގައި ޕޮލިސްގެ ފަރާތުން މައުޅޫމާތު ދެއްވަނީ

ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ 7 ދުވަހުގެ ސިއްހީ އިމަޖެންސީގެ އުސޫލާއި ޚިލާފުވެގެން އިއްޔެ 4 މީހަކު ޖޫރިމާނާ ކޮށްފައިވާކަމަށް ފުވައްމުލަކު-ޕޮލިސްގެ ފަރާތުން ރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވި ސަބްއިންސްޕެކްޓާ އޮފް ޕޮލިސް އަލީ މައުރޫ ވިދާޅުވިއެވެ. އަދި އުސޫލުތަކާއި ޚިލާފުވާ މީހުންނަށް މިހާރު ނަސޭހަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

މައިގަނޑުގޮތެއްގައި ފުވައްމުލަކުގައި އުސޫލާއި ޚިލާފުވަނީ މަނާވަގުތުތަކުގައި ބޭރަށް ނިިކުމެގެން ކަމަށާއި އެގޮތުން ގިނަފަހަރު ބެރަ ށްނިކުމެ ތަންތަނަށް އުލަނދުގައި ދުއްވާފައި ދާކަމަށެވެ. ވުމާއެކު މައިގަނޑުގޮތެއްގައި މިދެ ކަންތަކަކީ މިހާރުގެ އުސުލާއި އެއްގޮތަށ އަމަލުރުމަށް އިތުރަށް ސަމާލުވާޖެހޭ ދެކަން ކަން ހާމަވެގެން ދިޔައެވެ.

ރޭ ބޭއްވި ފުވައްމުލައް އީއޯސީގެ 5 ވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މައުރޫފު އިތުރަށް ވިދާޅުވީ ކާފިއުގެ ވަގުތުގައި ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ނަމަ ޕޮލިސް ޕޯޓަލް އިން އެކަމުގެ ހުއްދަ ހޯދައިގެން ނޫން ގޮތެއްގައި ބޭރުގައި އުޅެގެން ނުވާނެ ކަމަށެވެ. އެގޮތުން ހުއްދައަށް އެދުމަށް އޮންލައިން ޕޯޓަލް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޕޯޓަލްގެ ލިންކް ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ވިދާޅުވވިއެވެ.

މިލިންކް ބޭނުންކޮށްގެން 4 ކަމަކަށް އެދެވިދާނެ ކަމަށެވެ. އެގޮތުން މެޑިކަލް އިމާޖެންސީ އާއި ޑީއުޓީ އާއި ވެހިކަލް ޕާމިޓްގެ އިތުރުން ތަފާތު އެހެނިހެން ބޭނުންތަކަށް ވަކި ބައެއް ހިމެނޭނެ ކަމަށެވެ. އަދި މިއިންކަމަކަށް ބޭރަށްދާން އެދޭނަމަ ދާތަނަކާއި ދާބޭނުން އިތުރަށް ތަފުސީލުކޮށް ލިޔަން ޖެހޭނެ ކަމަށް ހާމަކުރެއްވިއެވެ. ޕޮލިސް ޕޯޓަލް އާއި ގުޅޭ ގޮތުން އިތުރުމައުލޫމާތު ދިނުމަށް ހޮޓްލައިން އެއްގެ ގޮތުގައި 9553742 ނަމްބަރު ފޯނުން ބޭރަށް ދިއުމުގެ ހުއްދައާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ޕޮލިސް ޕޯޓަލްއިން ހުއްދަ ހޯދުމަށް 30 މިނިޓް އިރުގެ ކުރިން އެދިލެއްވުމަށް މާއުރޫފު އެދިލެއްވިއެވެ. މި ޕޯޓަލް ގައި ފުވައްމުލައ ސިޓިއަށް ބޭނުންވާ ހުއްދަތައް ދޫކުރާނީ ފުވައްމުލަކު ޕޮލިސް އިން ކަމަށާއި، ޕޯޓަލްއަށް ވަދެފައި ފުވައްމުލައް ސިޓީ ޚިޔާރުކުރުމަށް ފަހު ބޭނުންތަކާއި އިތުރު މައުލޫމާތުތައް ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވިއެވެ.

ފުވައްމުލަކުގައި އަޅާފައިވާ ކާފިއުގެ މުއްދަތު ހަމަވާނީ އަންނަ ހުކުރު (13-19 ފެބްރުއަރީ) ދުވަހުގެ ނިޔަލަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !