މާދަމާ އިން ފެށިގެން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

80 އަހަރުން މަތީގެ މީހަކު ވެކްސިން ޖަހަން ގޮސް ޏ.އޭއީސީ ހޯލުގައި 16 ފެބްރުއަރީ 2021
Share on facebook
Share on twitter
Share on google

މާދަމާ، 18 ފެބްރުއަރީ 2021 އިން ފެށިގެން އުމުރުން 60 އަހަރުން މަތީގެ މީހުނަށް ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މާދަމާ ވެކްސިން ޖެހުމަށް ހަމަޖެފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. މިފަހަރު ކޮންމެ ދުވަހަކު ވެކްސިން ޖެހުމަށް ވަކި އަދަދެއް ކަނޑަޅާފައެއް ނުވެއެވެ. އެގަޑީގައި ވެކްސިން ޖަހަން ދާ އެންމެންނަށް ވެކްސިން ޖަހައި ދޭނެއެވެ. ވެކްސިން ޖަހާ ނިމިގެން ކޮންމެ މީހަކުވެސް 15 ވަރަކަށް މިނިޓް މަޑުކުރަން ޖެހެއެވެ.

ވެކްސިން ޖެހުމަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލު ވަނީ ތައްޔާރު ކުރެވިފައެވެ. އެއީ ޖާގައިގެ ގޮތުން ބޮޑު ތަނަކަށްވާތީ އެޕޮއިންޓް ހެދުމަށް ހަމަޖެހިފައެއް ނުވެއެވެ. ވެކްސިން ޖަހަން ދާއިރު އައިޑީކާޑާއެކު ބައްޔަކަށް ބޭސް ކުރާނަމަ ބޭސް ސިޓީ އާއި ބޭސް ވެސް ގެންދަން ޖެހެއެވެ.

ވެކްސިން ޖެހުމުގެ ކުރިން ޕޭޝަންތްގެ ހާލަތު ބަލަނީ

ނަމަވެސް މިއަދުގެ ނިޔަލަށް ވެކްސިން ޖެހުމަށް ހަމަޖެހިފައި އޮތީ 80 އަހަރުން މަތީގެ މީހުންނާއި އެނދުމަތިވެފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހައްދައިގެންނެވެ. އެގޮތުން އެޕޮއިންޓްމެންޓް ހެދުމަށް 6862070 އާއި 6860658 އަށް ގުޅުމަށް ވަނީ އެދިފައެވެ. އެދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ ކަންކަން މިރެއިން ފެށިގެން ކުރިޔަށް ގެްނދަން ވަނީ ހަމ

ރޭ އޮތް ފުވައްމުލަައް ސިޓީ ކޮވިދްހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ މީޑިއާ ބްރީންފިންގައި ހާމަކުރެއްވި ގޮތުގައި ފުވައްމުލަކުގައި ތިބި 80 އަހަރުން މަތީގެ 220 ވަރަކަށް މީހުންނާއި އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިީ މިއަދުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

އެނދުމަތިވެފައިވާ ފަރާތްތަކަށް ވެކްސިން ދެނީ އެޕޮއިންޓްމެންޓް ހަދައިިގެން އެގޭގެއަށް ގޮސްގެންނެވެ. އެޕޮއިންޓްމެންޓް ހަދާ ފަރާތަށް ވެކްސިން ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ދާނެ ދުވަހަކާއި ވަގުތެއް އަންގަމުން ގެންދާނެކަމަށް ވެއެވެ.

80 އަހަރުން މަތީގެ މީހަކު ވެކްސިން ޖަހައިގެން އަންނަނީ

އުމުރުން 80 އަހަރުން މަތީގެ މީހުންނާއި އެންދުމަތިވެފައިވާ މީހުންނަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް ހަދައިގެންނެވެ.

އިތުރު މީހުންނަށް ވެކްސިން ޖަހަން މިފަށަނީ އިތުރު ވެކްސިން ފުވައްމުލައް ސިޓިއަށް ލިބިގެން ކަމަށް ބެލެވެއެވެ. ރޭގެ ފުވައްމުލަކު މީޑިއާ ބްރީންފިންގައި އިތުރު ވެކްސިން ރޭ ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments