މިއަދު މެންދުރު ވަގުތެއްގައި ހޯދަޑު އަނބުލު ނެރުތެރެއިން އޮޔާދިޔަ ދެމީހަކު ސަލާމަތްކޮފިއެވެ. އެއީ ކުޑައަންހެން ކުއްޖަކާއި (5 ވަރަކަށް އަހަރުގެ) ބޮޑު އަންހެނެއް (27 ވަރަކަށް އަހަރު) ކަމަށް މަންޒަރު ފެނުނު މީހަކު މިކަލް ނޫހަށް މައުލޫމާތު ދެމުން ހާމަކުރިއެވެ. ފުވައްމުލަކު ނެރުތަކަކީ ގަދަ އޮއިވަރެއް އޮންނަ ތަނެކެވެ.
މިއަދުގެ ހާދިސާ ހިނގިގޮތް ކިޔައިދެމުން އޭނާ ބުނީ އެއީ މޫދަށް އެރިގެން ތިބި ދެ މީހުންކަމަށެވެ. ފަތަން ދަސްކުރަން ބޭނުކުރާ ވައްތަރުގެ ރިންގެއްގައި ގައި ކުޑަ އަންހެން ކުއްޖާ އޮތްވާ ނެރުގެ އޮއިވަރުގައި ޖެހި ދަމައިގަތީ ކަމަށެވެ. އެކުއްޖާ އޮޔާ ބޭރަށް ދަމައިގަތުމުން، ދިއްކުރި އަތުގައި ކައިރީގައި ހުރި ބޮޑު އަންހެންމީހާ ހިފުމުން އެމީހާއާއި އެކު ދެމީހުން ވެސް ދަމައިގެން ދިޔައީ ކަމަށެވެ. ދެން އެމީހުން އެހީއަށް އެދި ހަޅޭލައްވަން ފެށީ ކަމަށެވެ.
އެވަގުތު އެއްގަމުގައި އެދިމާލަށް ބަލަން ސައިކަލެއް މަތީގައިހުރި ޒުވާން ފިރިހެން ކުއްޖަކަށް އެތަން ފެނިފައި ދުވެފައިގޮސް މޫދަށް އެރިގެން އެދެމީހުން ސަލާމަތްކުރީ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިނެވެ.
ހޯދަޑު އަނބުލު ނެރަކީ ބޭރުން ޓެޓްރާޕޮޑްސް ޖަހައިގެން ބަންދުކޮށްފައިވާ ނެރެކެވެ. ނަމަވެސް އެނެރަށް މޫދަށް ދާ މީހުން ވެސް އޮޔާ ދަމައިގެން ދިއުމުގެ ހާދިސާތައް ހިނގައެވެ.
ނެރުތަކަށް މޫދަށް އެރެން ދާއިރު ރަނގަޅަށް ފަތަން އެނގޭ މީހަކާއެކު ދިޔުން މުހިންމުވަނީ އެހީއަށް ބޭނުވާ ހިދު އެހީތެރިވާނެ ފަރާތެއް ހުރުމުން ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން އިތުރުވާނެތީއެވެ.
ފާއިތުވި ޖެނުއަރީ މަހު 9 ވަނަ ދުވަހު ފުވައްމުލަކު މާނޭރު ނެރަށް މޫދަށް ދިޔަ ސްކޫލް ކުއްޖަކު ގެންބިގެން މަރުވި ހާދިސާގެ ހަނދާންތައް އަދި ގިނަބަޔެއްގެ ވިސްނުމުން ދުރުވާނެކަމަށް ނުބެލެވެއެވެ. އެއިގެފަހުން ފވައްމުލކުގެ ނެރުތައ ްބަންދުކުރުމަށް ނުވަތަ ބެރުމަށް އެކިފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އެގޮތުން ފުވައްމުލަކުގެ ނެރުތައް ބަންދުކުރުން ނުވަތަ ބެރުމުގެ މަސައްކަތަށް އެމްޓީސީސީން ހުށަހެޅި ޕްރޮޕޯސަލް ސަރުކާރުން އެޕްރޫވްކޯސް މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުވައްމުލަކުގެ ހުރިހާ ނެރުތައް އެއްކޮށް ބެރުމަށް ރަށުގެ ބައެއް މީހުން ދެކޮޅުހަދައެވެ. އެއީ ރަށުގައި ފަތަން ދާނެ އެކަށިގެންވާ އެހެން ތަނެއް ނެތުމުންނެވެ.
+1
+1
ޚިޔާލުތައް