A wide advertisement which will be shown on all devices. (700 x 100)

މާނޭރު ނެރާއި އެހެން ނެރުތައް ބަންދުކުރުމަށް އެދި ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި

ނެރުތައް ބަންދުކުރުމަށް މިއަދު ޕެޓިޝަން ހުށަހަޅަނީ - 13 ޖެނުއަރީ 2021

ފުވައްމުލައް ސިޓީ ދެކުނު ބިތުގައި އޮންނަ މާނޭރު ނެރާއި އެހެން ނެރުތައް ބަންދުކުރުމަށް އެދިސިޓީ ކައުންސިލަށް މިއަދު ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް ވަންފުވައްމުލައް ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައިމި ޕެޓިޝަނުގައި ދެ ދުވަހުގެ ތެރޭގައި 2132 މީހުން ސޮއިކޮށްފައި ވެއެވެ. އަދި ޕެޓިޝަން ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔާރ ފަލާޙު ޝަރީފު ވަނީ ރައްޔިތުންގެ މިކަންބޮޑުވުންތަކުގެ އަޑުއަހައި ނެރުތައް ބަނދުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ވަންފުވައްމުލައް އިން ހާމަކުރެއެވެ.

މިއަދުނެރު ބަންދުކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަށް މަޝްވަރާކުރުން – 13 ޖެނުއަރީ 2021

އަދި ވަންފުވައްމުލައް ޖަމިއްޔާ މިކަމުގައި ފުވައްމުލައް ސިޓީ ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ކުރެވެން ހުރިކަންތައްތަކެއް ކޮށްދޭނެ ކަން ހާމަކޮށްފައި ވެއެވެ.

ނެރުތައް ބަންދުކުރުމުގެ ވާހަކަ ގަދަވެފައިވާ އިރު ފުވައްމުލަކުގެ އިރުއުތުރު ބިތުގެ ނެރުތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ފުވައްމުލަކުގެ ހުޅަނގުދެކުނު ބިތުގެ ނެރުތައް ހުރީ ބަންދު ނުކޮށެވެ.

ހުރިހާ ނެރުތައް ބަންދުކުރުމުގެ ބަދަލުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި އެކު ނެރުން ދިމާވާ ހާދިސާތަކަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަކީ މުހިންމު ކަމެކެވެ. އެހެނީ ފުވައްމުލަކުގައި މީހުން އޮޔާއި ދަމައިގެންގޮސް ގެނބުމުގެ ހާދިސާތައް ދިމާވަނީ ހަމައެކަނި ނެރުތަކުން އެކަންޏެއް ނޫން ކަމަށްވާތީވެ.

މާނޭރު ނެރު – ދިވަރު ހިކިފައި

ނެރަށް މީހުން ދަނީ ދިޔަވަރު ކުޑަވަގުތުތަކުގައި މޫދަށް އެރިލާނެެ އެކަށީގެންވާ ފުން ސަރަހައްދެއް ނެތުމުގެ ސަބަބުންނެވެ.

ދެކުނު ބިތުގެ ހުރިހާ ނެރުތައް ބަންދުކުރުމާއި ބައެއް މީހުން މުޅިން އެއްބަހެއް ނޫނެވެ. އެއީ ގަދަވެގެން ފުވައްމުލަކު ބަނދަރަށް ނުވަނެވޭ މަދު ދުވަސްތަކުގައި ރަށަށް ގެނެވޭ ހަލާކުވާ ޒާތުގެ މުދާތައް އަވަހަށް ބޭލުމަށް ފުރުސަތެއް ލިބޭނީ ދެކުނު ފަރާތުގެ މާނޭރު ނުވަތަ ނެރަގަނޑު ނޫނީ މިދެ ނެރު ވެސް އެއްކޮށް ބަންދުނުކޮށް އޮތުމުން ކަމަށް އެމީހުން ދެކޭތީއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ފުވައްމުލަކުގެ މިހާރުގެ ބަނދަރަށް ނުވެދެވިދާނެ ދުވަސްތައް ގިނަވުމަކީ ވެސް އެކަށީގެންވާ ކަމަކަށްވާއިރު، އެކަމަށް ވިސްނައި ހުޅަނގު-ދެކުނު ފަރާތުން ލަފާފުރުން އެއްކޮށް ބަންދުކުރުމަކީ އަދި އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ ކަމަށް އެމީހުން ބުނެއެވެ.

މާނޭރު ނެރު – ދިވަރު ބޮޑުވަނީ

ކުރިން އިރު-އުތުރުފަރާތުގެ އަނެއް 4 ނެރު ބަންދުކުރިއިރު ހުޅަނގު ދެކުނުގެ ނެރުތައް ބަންދު ނުކޮށް ދޫކޮށްލާފައި ވަނީ މިފަދަކަމަކާއި ގުޅުންއޮތް ކޮންމެވެސް ސަބަބުތަކެއް އޮވެގެންކަމަށް ވުން ވެސް ގާތެވެ.

ފުވައްމުލަކުގެ އިރުމަތީ ބިތުގެ ބައެއް ނެރުތައް

ހުރިހާ ނެރުތައް ބަންދުކުރުމުގެ ބަދަލުގައި މުހިންމު ނެރުތައް ހުޅުވާފައި ބެހެއްޓުމަށްފަހު އެތަންތަނަށް މޫދަށް އެރުން މަނާ ކުރެވިދާނެ ކަމަށް ބައެއް މީހުން ދެކެވެއެވެ. އަދި ހުޅުވާފައިވާ އެފަދަ ނެރުތަކުގައި ސަލާމަތީ ގޮތުން އިތުރު ކަންތައްތަކެއް ކުރުމަކީވެސް ކުރެވިދާނެކަމެއް ކަމަށް އެމީހުން ދެކެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !