ސިޔާސީ އަންހެން ބޭފުޅުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް

ޔޫއެންޑީޕީގެ އަންހެނުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށ ްހުޅުވާލައިފި
Share on facebook
Share on twitter
Share on google

ސިޔާސީ ގޮތުން ހަރަކާތްތެރިވާ އަންހެން ބޭފުޅުންނާއި ޝައުގުވެރިވާ އެހެން އަންހެން ބޭފުޅުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް އޫއެންޑީޕީ މޯލްޑިވްސް އިން ތައްޔާރުވެއެޖެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުރާސްފަތި، 11 މާރިޗު 2021 ދުވަހުގެ ހަވީރު 5:30ގެ ކުރިން ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށް 9886929 އަށް ގުޅައިގެން އަދި މެސެޖް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިޕްރޮގްރާމުގައި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް މެންދުރު ފަހުގެ ވަގުތުތަކުގައެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިޕްރޮގްރާމުގައި ދިވެހި އަންހެނުންނަށް މުހިންމު މައްސަލަތަކަކީ ކޮބައިކަމާއި، މަޝްވަރާ ކުރެވެނެއެވެ. އަދި ރަށުގައި އިސްލާޙުކުރަން ކަންކަން ފާހަގަކޮށް އެކަންކަން އިސްލާޙުކުރުމަށް ހިންގާ ހަރަކާތްތައް އަމާޒުކުރަން ވީގޮތުގެ މައުލޫމާތު ދެވިގެން ދާނެއެވެ. ކަންކަމަށް ބަދަލެއް ގެނައުމަށް ވަކާލާތުކުރާނެެ ގޮތުގެ ހުނަރާއި އުކުޅުތައް އަދި ބަދަލެއް ގެނައުމުމަށް މުއާމަލާތު ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ޔޫއެންޑީޕީގެ އަންހެނުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް

މީގެ އިތުރުން ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީ ތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި އެކިކަންކަމަށް ފަންޑް ރެއިޒް ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ސިޔާސީ ދާއިރާއިން އަންހެނުންނަށް މިހާރު ހުޅުވާލެވިފައިވާ ފުރުސަތުތަކުގައި ކުރީ ސަފަށް ނިކުންނަށް ވިސްނާ ފަރާތްތަކަށް އޮތް ރަނގަޅު ތަމްރީނުގެ ފުރުސަތެކެވެ. އަލަށް އިންތިޚާބުކުރެވެ ފުވައްމުލައް ސިޓީ ކައުންސިލުން ވެސް %33 ވަނީ އަންހެނުންނަށް ޚާއްސަ ކުރެވިފައެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި މަސައްކަތްކަތް ކުރުމަށް ފުވައްމުލައް ސިޓީގެ 6 ދާއިރާއަކުން 11 އަންހެން ބޭފުޅަކު އަންނަނީ ވާދަކުރަމުންނެވެ.

ކުރިޔަށް އޮތްތަނުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ދައުރު ފުޅާވެ ދާއިމީ ވަޒީފާއެއްގެ ގޮތުން ވެސް މަސައްކަތް ކުރަން ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments