A wide advertisement which will be shown on all devices. (700 x 100)

‘ކްރައުޑުފަންޑިން’ އިން ލިބުނު އެހީގެ ތަކެތި ފުވައްމުލަކު އީއޯސީއަށް ހަދިޔާކުރުން މިއަދު ހަވީރު

ކްރައުޑު ފަންޑިން ހަރަކާތުގައި ބޭނުންކުރި ލޯގޯ

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފުވައްމުލަކުގެ ގްރޫޕަކުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ‘ކްރައުޑުފަންޑިން’ ހަރަކާތުން އެއްކުރެވުނު ފައިސާއަށް ފުވައްމުލަކު އިމަޖެންސީ އޮޕްރޭޝަން ސެންޓަރަށް ބޭނުންވާ ސާމާ\ނު ގަނެ އެތަކެތި އީއޯސީއަށް ޔާކުރުން މިއަދު ހަވީރު އޮންނާނެކަމަށް އިއުލާން ކޮށްފިއެވެ.

މިހަރަކާތުގެ ދަށުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށާއި ފުވައްމުލައް ސިޓީ ކައުންސިލަށް ބޭނުންވާ ބައެއް ސާމާނު ވަނީ ރަށަށް ގެނެސްފައެވެ. ފުވައްމުލަކު ހޮސްޕިޓަލަށާއި ސިޓީ ކައުންސިލަށް ބޭނުންވާ ސާމނު ހޯދީ އެދެފަރާތާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު ލިސްޓް ކުރެވުނު ތަކެތިގެ ތެރެއިން ޝޯޓްލިސްޓް ކުރެވި މިވަގުތަށް އެންމެ ބޭނުންވާ ސާމާނު ކަމަށް ވެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިހަރަކާތުން އެއްދުވަހުގެ ތެރެގައި ވަނީ 100،000 (އެއްލައްކަ) އަށް ވުރެ ގިނަ ދިވެހި ރުފިޔާ އެއްކޮށްފައެވެ. މިއަދު ތަކެތި ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގެއި މިހަރަކާތުގެ ތަފުސީލު ހާމަވެގެން ދާނެކަމަށް ބެލެވެއެވެ.

މިފަދަ ހަރަކާތްތަކަކީ މުޖުތަމިއަށް ނުހަނު ބޭނުންތެރި ހަރަކާތްތަކެކެވެ. މުޖުތަމިއުގައި ދަތިވަފައިވާ ކަންކަން ކުރުމަށް ހުރި ފުރުސަތުތަކެކެވެ. ނަމަވެސް މިފަދަ ހަރަކާތެއް ހިންގުމަކީ ބުރަބޮޑު މަސައްކަތެކެވެ.

މިހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އިސްކޮށްއުޅުނު ޓީމުން ޝުކުރު އަދާކުރެއެވެ.

ކްރައުޑު ފަންޑީން ހަރަކާތް

ކްރައުޑު ފަންޑިންއަކީ އިސްވެހަރަކާތްތެރިވާ ގްރޫޕުން ވަކިކަމަކަށް އަމާޒުކޮށްގެން އެކަމަށް ބޭނުންވާ ފައިސާ އާއްމު މީހުންގެ އަތުން އެއްކުރުމެވެ. މިޒަމާނުގައި މުޖުތަމިއެކުގެ އެކިކަންކަމަށް ކްރައޑު ފަންޑިން ބޭނުންކޮށްގެން ފައިސާ ހޯދުމަކީ ވަރަށް އާއްމު ކަމެކެވެ. ކްރައްޑު ފަންޑިންގައި އެއްވެސް މިހަކަކަށް ވަކި ވަރަކަށް ފައިސާ ދޭކަށްނުޖެހެއެވެ. އެމީހަކަށް ބައިވެރިވެވުމުނު މިންވަރަކުން އެހަހަރަކާތަކަށް ފައިސާގެ އެހީއެއެއްވެދެނީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !