A wide advertisement which will be shown on all devices. (700 x 100)

ކްރައުޑުފަންޑިން ހަރަކާތުގެ އެހީގެ ތަކެތި ފުވައްމުލައް އީއޯސީ އަށް ހަވާލުކޮށްފި

ސޯޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް ހަވާލުކުރުން

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފުވައްމުލަކުގެ ގްރޫޕަކުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ‘ކްރައުޑުފަންޑިން’ ހަރަކާތުން އެއްކުރެވުނު ލައްކައަކަށް ވުރެ ގިނަ ރުފިޔާއަށް ފުވައްމުލަކު ހޮސްޕިޓަަލުގެ ޕަބްލިކް ހެލްތު ޔުނިޓަށާއި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕްރޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ގަނެ އެތަކެތި މިއަދު ހަވީރު އީއޯސީއާއި ހޮސްޕިޓަލަށް ހަވާލުކޮށްފިއެވެ.

ސާޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް ހަވާލުކުރުން

ހިތްވަރުގަދަ ޒުވާން ސޯޝަލްމީޑިއާ އެކްޓިވިސްޓުންނަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ކަންކަމަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވި އެކަމަށް އެހީތެރިވުމުގެ ގޮތުން ފެށި ހަރަކާތުގެ ތެރެއިން 30 ހަކަށް ގަޑިއިރު ތެެރޭގައި ވަނީ ކްރައުޑުފަންޑިގެން ގޮތުގައި 107،000 (އެއްލައްކަ ހަތްހާސް)އަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފައެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ބޭނުންވާ މުހިންމު ސާމާނު ފުވައްމުލަކު ހޮސްޕިޓަލާއި ގުޅައިގެން ސާފުކޮށް އިސްކަންދޭ އާލަތްތައް ތަރުތީބު ކުރުމަށްފަހު 5 ވަރަކަށް ދުވަހުގެ ތެރޭގައި މިވަނީ ރާއްޖެއިން ބޭރުންނާއި މާލެއިން ތަކެތި ގަނެ ރަށަށް ގެނެސް ކަމާއި ބެހޭ ފަރާތާއި ހަވާލުކޮށްފައެވެ.

ސޯޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް މާލެއިން ރަށަށް ފޮނުވުން

މިއަދު ފުވައްމުލައް ސިޓީ އީއޯސީއާއި ހަވާލުކޮށްފައި ވަނީ، އިންފްރާރެޑް ތާމޯމީޓަރާއި، ޔޫވީ ސެނިޓައިޒަރ މެޝިނާއި، ވިންދުބަލާ މީޓަރާއި ބްލަޑްބްރެޝަރ ބަލާ އާލާތާއި، ޓެބްލެޓާއި އެއިގެ ކަވަރު، އަދި ޕްރިންޓަރާއި ކާރިޖް، ބާކޯޑް ޕްރިންޓަރާއި، ޕްރިންޓަރ ޓޯނާރ އަދި ދެ ސައިޒެއްގެ ކޫލް ބޮކްސް އެވެ. މިއަދު ސޯޝަލް މީޑިއާ ޓީމުން ހަދިޔާކުރި ތަކެތީގެ އަގާއި އައިޓަމް ޑިޓެއިލް މިލިންކްން ބައްލަވާލެއްވޭނެއެވެ.

ސާޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް ހަވާލުކުރުން

މިތަކެތި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ފާހަގަކުރެއްވީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް އުފާވެރިކަމުގެ އިހުސާސްތަކެއް އެންމެ ފުރަތަމަ ކުރެވެން ފެށީ ސޯޝަލް މީޑިއާގައި ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަމުންނާއި އީއޯސީގެ މުވައްޒަފުން ކޮވިޑް ކޮމިއުނިޓި ސްޕްރެޑާއި ގުޅިގެން ކުރަމުންގެންދިޔަ ބުރަ މަސައްކަތްތަކަށް ތައުރީފުގެ ބަސްތަކެއް މިގްރޫޕުން ފެންނަން ފެށުމުން ކަމަށެވެ. އެއިގެފަހުން ހީވެސް ނުކޮށްހުއްޓާ ކުއްލިއަކަށް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ބޭނުންވާ މުހިންމު ސާމާނު އޮޅުންފިލުވުމަށް ނަސީމު-‘ބެއްޔާ’ އާއި ސަވާދު ގުޅުމުން ވެސް މިކަމަކީ މިހާ އަވަހަށް ވެގެންދާނެކަމަށް ގަބޫލު ވެސް ނުކުރެވުނު ކަމަށެވެ. ނަމަވެސް “ރޮކެޓް ސްޕީޑް”ގައި އެފަރާތްތަކުން މިވަނީ މިކަންކޮށ،ް ހައިރާންކަމެއް ގެނުވާފައި ކަމަށް ވިދާޅުވިއެވެ. މިއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދިގުމުއްދަތަކަށް ފައިދާތަކެއް ކުރާނެ އެއްޗެހިތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފު ވިދާޅުވީ  ފުވައްމުލައް ސިޓީ ރައްޔިތުން ކޮވިޑްގެ މިބަލިމަޑުކަމުގައި މިވަނީ އެކުވެރިކަމާއި އެހީތެރިކަމުގެ ނަމޫނާ ދައްކާފައި ކަމަށެވެ.

ސާޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް ހަވާލުކުރުން

ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުން ލައިވްކުރި ރަސްމިއްޔާތުގައި ސޯޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕްގެ ފަރާތުން ބައިވެރިވި އިހުސާނު ފާހަގަ ކުރެއްވީ މިހަރަކާތަކީ ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓް އަދި އީއޯސީއިން ރަށުގެ ކޮވިޑްގެ އެކި ކަންކަމުގައި ހަރަކާތްތެރިވާއިރު ބޭނުންކުރަންހުރި ވަސީލަތްތައް މަދުކަމަށް ފާހަގަ ކުރެވިގެން، ސޯޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުން އެކަންތައްތައް ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގި ހަރަކާތެއްގެ ނަތީޖާ، މިއަދު ފެނިގެން މިދަނީ ކަމަށެވެ. އެގޮތުން މިކަމުގައި ފާހަގަ ކުރަން ޖެހޭ އިސްފަރާތްކެއް އެބަތިބި ކަމަށާއި އެއީ:

މުހައްމަދު ޒިޔާ – އައްސިދަ

އަލީ މުއާޒު – ދެކުނުގެ

އަފުސަޙު – ހަނދުވަރުދޭގެ

އަހުމަދު ނަސީމު -(ބެއްޔާ)

އަބްދުލް މަޖީދު – ހިޔާ

އަބްދުލް ހަމީދު -ހިޔާ

ނަސްރުﷲ އަލި- ބޮޑުރާގެ

މުހައްމަދު ސަވާދު -ލައިފް

ނާދު- ކަނބޯގެ

އަލީ އިއްޒަތު –

އަބްދުﷲ – (ބަޓިޝް) ކަމަށް ފާހަގ ކުރިއެވެ.

ކްރައުޑު ފަންޑިން ހަރަކާތުގައި ބޭނުންކުރި ލޯގޯ

މީގެ އިތުރުން ފުވައްމުލައް ސިޓީގެ މަޖިލިސް 3 މެމްބަރުންގެ އެހީތެރިކަން ފާހަގަ ކުރަމުން އުތުރުދާއިރާގެ މެމްބަރު ދޮންބެގެ ނަން ފާހަގަކޮށް ޚާއްސަކޮށް ޝުކުރެއް އެންމެންނަށް އަދާކުރިއެވެ. މީގެ އިތުރުން ވެސް ފުވައްމުލައް ސިޓީގެ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން މިހަރަކާތަށް ލިބިގެން ދިޔަކަމަށާއި އެންމެހާ ފަރަތްތަކަށް ޝުކުރު އަދާކުރާކަން ފާހަގަކުރިއެވެ.

މިހަރަކާތަށް ލިބުނު ފައިސާގެ ބައެއް އަދި އެބަހުރި ކަމަށާއި އެއަަށް ވެސް ބޭނުންވާ މުހިންމު ސާމަނު ހޯދުމަށް ވިސްނަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހަރަކާތްތަކަކީ މުޖުތަމިއަށް ނުހަނު ބޭނުންތެރި ހަރަކާތްތަކެކެވެ. މުޖުތަމިއުގައި ދަތިވެފައިވާ މުހިންމު ކަންކަން ކުރުމަށް މިފަދަ މުހިންމު ހަރަކާތްތަކުގެ ބޭނުންތެރިކަން ނުހަނު ބޮޑެވެ. ނަމަވެސް މިފަދަ ހަރަކާތެއް ހިންގުމަކީ ބުރަބޮޑު މަސައްކަތެކެވެ.

ސާޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް ހަވާލުކުރުން

ކްރައުޑުފަންޑިންއަކީ އިސްވެ ހަރަކާތްތެރިވާ ގްރޫޕުން ވަކި ކަމަކަށް އަމާޒުކޮށްގެން އެކަމަށް ބޭނުންވާ ފައިސާ އާއްމު މީހުންގެ އަތުން އެއްކުރުމެވެ. މިޒަމާނުގައި މުޖުތަމިއުގެ އެކިކަންކަމަށް ކްރައުޑު ފަންޑިން ބޭނުންކޮށްގެން ފައިސާ ހޯދުމަކީ ވަރަށް އާއްމު ކަމެކެވެ. ކްރައްޑުފަންޑިންގައި އެއްވެސް މީހަކަކަށް ވަކި ވަރަކަށް ފައިސާ ދޭކަށް ނުޖެހެއެވެ. އެމީހަކަށް ބައިވެރިވެވުމުނު މިންވަރަކުން އެހަހަރަކާތަކަށް ފައިސާގެ އެހީއެއް ވެދެނީއެވެ. އެގޮތުން ގިނަބަޔަކު ބައިވެރިވުމުން އެކަށީގެންވާ ރަނގަޅު އަދަދެއް ފަސޭހަކާއެކު އެއްކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !