ރޯދަމަހަށް އާއްމު ތަންތަނާއި ގޯތި ގެދޮރު ސާފުކުރުމުގެ ގޮތުން އެއްކުރެވޭ ކުނި ހިލޭ ކުނިގޮނޑަށް ގެންގޮސްދޭން ހަމަޖައްސާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.
މިހަފުތާގެ އާދީއްތަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވީ ފުވައްމުލަކުގައި ވެސް ހުރިހާ ގެއެއްހެން ރަމަޟާން މަހަށް ސާފުކުރުމާއި ރީތި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިނަ އދަދެއްގެ ކުނި ނުވަތަ އުކާލަން ބޭނުންވާ ސާމާނުތައް ހުންނަ ކަމަށެވެ. އެގޮތުން ގެއާއި ގޯތިތެރެ އަދި މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން އާއްމު ރައްޔިތުންނާއި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން މިހަފުތާގައި ކުނި ނަގައިގެން ފުވައްމުލަކުގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންގޮސްދިނުމުގެ ޚިދުމަތް ހިލޭ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމުގަިއ ފެނަކަ ފުވައްމުލައް ސިއން ވެސް ބައިވެރިވެ އެހީތެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ.
އެގޮތުނ ރޯދަމަހަށް ގެއާއި ގޯތި ސާފުކޮށް، އެއްކުރެވޭ ކުނި ނެގުމަށް ސިޓީ ކައުންސިލްގެ ނަމްބަރު 7315001 އަށް ވައިބާ މެސެޖެއް ކުރެއްވުމަށާއި ނުވަތަ ގުޅާލެއްވުމުން ކުނި ގެންގޮސްދިނުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ. ގުޅާލާ ވަގުތު ކުނި ނަގަން ނުދެވުނު ކަމުގައި ވިޔަސް، އެގޮތުން ނޯޓު ކުރެވޭ ތަންނަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސް ކުނި ނަގާނެ ކަމަށް ޑިރެކްޓާ އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ނަމަވެސް ކުނިނަގާދިނުމުގެ ފުރުސަތު ހުޅުވާލާފައި މާދަމާ ހޮނިހިރު ދުވަހުން ފެށިގެން މިހަފުތާގެ ބުރާސްފަތި ދުވަހާއި ހަމަޔަށެވެ.

އިސާނާއިބު މަގަށް އަޅާފައިވާ ކުނި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމު ސާފުކުރަނީ. 10 ޑިސެމްބަރު 2020
އެއާއެކު އެއްވެސް ފަރާތަކުން ރަށުގެ އެއްވެސް ހިސާބަކަށް ކުނި ނޭޅުމަށާއި ރަށުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށް ހުރިހ އެންމެނެގެ ވެސް އެއްބާރުލުން މުހިންމުކަމަށް ފާހަގަ ކުރެއްވިއެވެ.
ފުވައްމުލަކަކ ީވެސް ލޯކަލް ޓްވަރިޒަމް ފުޅާވެގެން އަންނަ ރަށަކަށްވުމާއެކު ރަށުގެ މާހައުލަކީ ފަތުރުވެރިން ހިތްހަމަޖެހޭފަދަ ރީތި ސާފު މާހައުލަކަށް ވުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އޭގެ އިތުރުން ކުރިޔަށް އޮތީ ވިއްސާރަ މޫސުމަށް ވުމާއެކު، ނުރަނގަޅު ގޮތުގައި އުކާލެވޭ ކުނީގެ ސަބަބުން، އެކި އެއްޗެހީގައި ފެން ހަރުލައި މަދިރި އާލާވާން ފުރުސަތު ލިބުމަކީވެސް ކަންބަޑުވުން އޮތް ކަމެއްކަމަށެވެ. މަދިރީގެ އުނދަގޫ ކުޑަ ކުރުމަށް ވެސް ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚިޔާލުތައް