ކުރިޔަށް އޮތް ކައުންސިލް ދައުރުގައި ރަށްޔިތުނަނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވި ވައުދުތަކާއެކު ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ‘ރަށްވެހި ފަތިސް’ ކެމްޕޭނު ޖަލްސާ ނިންމާލައިފިއެވެ. އަފުން ޓީވީއިން ލައިވްކުރަމުން ދިޔަ މިިޖަލްސާގައި ބާއްވާފައިވަނީ ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީ ހަރުގޭގައެވެ.
ރޭގެޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ރައްޔޮތުންގެ މަޖުލީހުގެ ރައީސް، ރައީސް ނަޝީދު ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި ފުވައްމުލަކު 3 ދާއިރާގެ މަޖުލިސް މެމްބަރުން ކަމަށްވާ އުތުރު ދާއިރާގެ މަމަބަރު މުހައްމަދު ރަޝީދު (ދޮންބެ) އާއި މެދު ދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ އާއި ދެކުނު ދާއިރާގެ މެމެބަރު މުހައްމަދު މުމްތާޒު ބައިވެރިވިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު ކުރިޔަށްގެން ދިޔަ މިޖަލްސާގައި އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ 5 ކެންޑިޑެޓުން ވެސް ބައިވެރިވެ ފައިވެއެވެ.
ފުވައްމުލައް ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރުން ކޮށްދިނުމަށް ވައުދުވެފައިވާ ހުރިހާ މަޝްރޫއެއް ވެސް ރިޔަސީ މިދައުރުގެ ތެރޭގައި ކޮށް ނިންމާއިދޭނެ ކަމުގެ ޔަގީންކަން އެމްޕީ ހުސޭން ރޭގެ ޖަލްސާގައި ދެއްވިއެވެ.
ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ރޭގެ ޖަލްސާގައި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފައެވެ. އެގޮތުން:
ފުވައްމުލަކު ދާއިރާއަށް ކުރިމަތިލައްވާ އެމްޑީޕީގެ ބައެއް ކެންޑިޑޭތުން ވިދާޅުވެފައިވަނީ:
އަޅުގަނޑުމެންގެ ކައުންސިލަކުން މައިކްރޯ ފައިނޭންސިންގެ ލޯން ތައާރަފުކޮށް ދަނދުވެރިންނާއި ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން – އިސްމާއީލް ރަފީޤް
ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފުވައްމެލައް ސިޓީގައި 500 ހައުސިން ޔުނިޓް އެޅުމަށް ސަރުކާއިރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން އަޅުގަނޑުމެންގެ ކައުނސިލަކުން މަސައްކަތްކުރާނަން – އިސްމާއީލް ރަފީޤް
“ފުވައްމުލަކުގެ އާސާރީ ތަރަކި އަކީ ފަހުގެ ޖީލުތަކަށް އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭ އަމާނާތެއް، ފުވައްމުލކުގެ ތަރިކަ ހިމާޔަށް ކުރުމަށްޓަކާ އަޅުގަނޑުމެންގެ ކައުންސިލަކުން މަސައްކަތް ކުރާނެ” – އަބްދުﷲ ނާސިރު
“ފުވައްމުލަކުގެ ފަތުރުވެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރުމަށް އަޅުގަނޑުމެން މިތިބީ ޕްލޭން ކޮށްގެން، އެކަން ކުރާނެ ގޮތުގެ ހުރިހާ ޕްލޭނެއް އޮތީ ނިމިފައި” – އަލީ ސައީދު
“ފުވައްމުލަކުގެ ހުނަވެރިން އުފައްދާ އުފެއްދުންތައް “މޭޑް އިން ފުވައްމުލައް” ނަމުގައި ލޭބަލް ކޮށް މާކެޓް ކޮށްދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް” – އާމިނަތު އިނާޔާ
“ފުވައްމުލަކުގެ ދަނޑުވެރިން ކުރާ މަސައްކަތަށް އެއްބާރުލުންދީ، އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖައްސާ ޒަމާނީ ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވާ ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރުމަށް އަޅުގަނޑުމެން އެހީތެރިވާނަން” – އިބްރާހިމް މުހައްމަދު.
މިފަދަ ތަފާތު ވައުދުތަކެއް ރޭގެ ޖަލްސާގައި ހުށަހަޅާފައި ވެއެވެ.
ގިނަ ކެންޑިޑޭޓުންގެ ވާހަކާގައި ފާހަގަ ކުރެއްވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ބައެއް ްކަމަށާއި ވީއެރު އެފަދަ ކެންޑިޑޭޓުންނަށް މިނިޒާމަގެ ތެރެއިން ރަށަށް، ސިޓީއަށް ހޯދާދެވޭނެ ފައިވދާއެއް އޮތްކަމަށް ްގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެޕާޓީގެ ފިކުރުގައިވެސް ލާމަރުކަޒީ ނިޒާމު ނެތް އިރު އެކަމުގައި އެކެންޑިޑޭތުން ހޮވިއްޖެ ނަމަ ނުކުންނާއނީ ލާމަރުކަޒީ ފިކުރާއި ދެކޮޅަށް ރަށަށް ކުރަން ހުރި މަސައްކަތްތައް ލަސްކުރުމާއި ސަރކާރުގެ ޕްރޮޖެކްޓްތަކާއި ދެކޮޅަށް ކަމަށެވެ. އެކަމުގެން ފުވައްމުލައް ސިޓީއަށް ފައިދާއެއް ނުކުރާނެ ކަމަށް ފުވައްމުލަކުގެ އެންމެހާ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
ރައްޔިތުންގެ ބޭނުންތަކަށް މިއަދު ހައްލު ހޯދާދެވެން އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އިދިކޮޅު ފިކުރުގެ ބަޔަކަށް އެމްޑީޕީ ސަރުކާރެއްގެ ވެރިންނާއި އެކު ފަހި މަޝްވަރާތަކެއް ކުރެވި ސިޔާސީ އެއްބަސްވުންތަކަކަށް އާދެވުމަކީ ނާދިރުކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ވިސްނުން ފަހި އެއް އަމާޒަކަށް ދަތުރުކުރާ އެމްޑީޕީ ސަރުކާރާއި އެމްޑީޕީގެ ކެންޑިޑޭޓުން ސިޓީ ކައުންސިލަށް ހޮވިއްޖެނަމަ ތަރައްގީގެ ދުވެލި މެކުހަށް ޖެހިގެންދާނެކަމަށެވެ.
އެގޮތުން ހުރިހާ ކެންޑިޑޭޓުންނާއި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް އެދިފައިވަނީ އޭޕްރީލް 10ގައި އެމްޑީޕީ ކެންޑުިޑޭޓުންނަށް ވޯޓުދިނުމަށެވެ.
ޚިޔާލުތައް