A wide advertisement which will be shown on all devices. (700 x 100)

އައު ކައުންސިލަރުން ހުވައިކުރުމުގެ ދަރުބާރު އަންނަ ހޯމަދުވަހު ހެނދުނު ބާއްވަނީ

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން 17 މެއި 2021ގައި.
އަލަށް ހޮވުނު ކައުންސިލަރުން ހުވައިކުރުމުގެ ދަރުބާރު އަންނަ ހޯމަ ދުވަހު، (17 މެއި 2021) ހެދުނު 10:00 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.
މި ރަސްމިއްޔާތގައި އަލަށް އިންތިޚާބުކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމާއި ހަވާލުވުމުގެ އިގްރާރުގައި ސޮއިކުރުން ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއް ކަމަށްވެފައި، އަދި ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮތުމާ ގުޅިގެން ކައުންސިލަރުން ހުވައިކުރުމުގެ އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. އެވެ. އަދި ހުވައިކުރުމުގެ ރަސްމިއްޔާތު ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށް އާންމުކޮށް އިޢުލާންކޮށްފައި ވެއެވެ.

ކައުންސިލަރުން ހުވައިކުރުމުގެ ދަރުބާރުގެ ސްޓޭޖް މޮޑެލް އެއް

ނަމަވެސް ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިހާރު ތާވަލް ކުރެވިފައިވާ ދުވަހުގެ ކުރިން އެޗްޕީއޭއިން ފުވައްމުލައް ސިޓީގައި މިހާރު އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކާއި މޮނިޓަރިންގެ މުއްދަތު (އަލުން އިތުރު ނުކުރާނަމަ) ހަމަވާނެއެވެ. މިހާރު ކާފިއުގެ މުއްދަތު އޮތީ 7-14 މެއި 2021، 1 ހަފުތާއަށެވެ. އަދި މޮނިޓަރިން އަށް ލައިފައިވަނީ 5 މެއި 2021 ގައި ކޮންޓްކެޓް ޓްރެސިން ނިމެންދެނެވެ. ފުވައްމުލައ ސިޓިއިން ކޮވިޑް-19ގެ ބަލިގެ މީހުން ފެންނަ ލިއް ގިނަވެފައި ވުމާއެކު އެޗްޕީއޭގެ ފިޔަވަޅުތައް އިތުރު މުއދަތަކަށް ދިގުދަންމާލަފާނެ ކަމަށް ބެލެވެއެވެ.
އޮންލައިންކޮށް ކައުންސިލަރުންގެ ހުވައި ކުރުމުގެ ދަރުބާރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ރަސްމިއްޔާތުގައި ހާޒިރުވެގެން ދެން ބައިވަރެިވާނީ ކަންޑައެޅިފައިވާ ޚާއްސަ ބައެކެވެ. އެގޮތުން ހުވާކުރާ ކައުންސިލަރުންނާއި، މިހާރުތިބި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (އ.ތ.ކ)އަށް ހޮވިފައިވަ މެމްބަރުންނައި ކުރީ މިހާރުގެ އެކޮމެޓީގައި ތިބި މެމްބަރުންނެވެ. މީގެ އިތުރުން ހުވައި ލާދެެއްވާ މެޖިސްޓްރޭޓް ނުވަތަ ފަނޑިޔަރާއި ފުވައްލައް ސިޓީ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް އެވެ. މީގެ އިތުރުން ވެސް ވީހާވެސް މަދު އިދާރީ މީހުން ބައިވެރިކުރާ ގޮަތަށް އެލްޖީއޭއިން ވަނީ ގައިޑްލައިނެއް ކަނަޑައާޅފައެވެ.
ކައުންސިލަރުން އަދި އ.ތ.ކ އަށް ހޮވިފައިވާ މެމްބަރުންގެ ތެރެއިން އެއްވެސް މީހަކީ ކޮވިޑް-19 އަށް ފައްސިވެފައިވާ ނުވަތަ ފައްސިވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެ ނުވަތަ އެނޫންވެސް ގޮތަކުން ކަރަންޓީން/އައިސޮލޭޓް ކުރެވިފައިވާ މީހެއްނަމަ އެމީހަކު ރަސްމިއްޔާތުގައި ބައިވެރިވާނީ އޮންލައިންކޮށެވެ.

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން 17 މެއި 2021ގައި.

މިރަސްމިއްޔާތު ނިމުމާއެކު ހަމަ އެދުވަހު، ލޯކަލް ކައުންސިލް/ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހެއެވެ. އަދި މިޖަލްސާގައި ޑެޕިއުޓީ މޭޔަރަކު ކައުންސިލަށް ހޮވިފައިވާ މެމްބަރުންގެ ވޯޓުން ހޮވަން ޖެހެއެވެ. އަދި ނިމުނު ކައުންސިލް ދައުރު ހިގައިދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ. އެޖަލްސާ ނިމުމުން އ.ތ.ކ ގެ މިދައުރުގެ ފުރަތަމަ ޖަލްސާ ވެސް ބާއްވަން ޖެހެއެވެ. އެޖަލްސާގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އާދި ނާއިބު ރައީސާ ވެސް މެމްބަރުންގެ ވޯޓުން ހޮވަން ޖެހެއެވެ. މި ދެ ޖަލްސާގެ ރިޔާސަތު ވެސް ބަލަހައްޓާނީ އަލަށް ހުވައިކުރި މޭޔަރެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް ހޮވިފައި ވަނީ އެމްޑީޕީގެ 4 ކައުންސިލަރުންނާއި ޕީޕީއެމްގެ 2 ކައުންސިލަރުންނެވެ. މޭޔަރަކަށް ހޮވިފައިވަނީ ވެސް އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް ރަފީގް އެވެ. އ.ތ.ކ އަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި އެމްޑީޕީގެ 3 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 2 ކެންޑިޑޭޓުންނެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !