ފުލުހުންގެ 88ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފަރާތުން އަވައްޓެރި ފުލުހުންގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ.

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން
މި ޙަރަކާތްތަކަކީ ފުލުހުންގެ ތެރޭގައި މިހާރު ކުރިޔަށް ގެންދާ ކޮމިއުނިޓީ ޕޮލިސިންގ ގެ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށްވާ “ނެއިބަހުޑް ޕޮލިސިންގ” ނުވަތަ “އަވައްޓެރި ފުލުހުންގެ” ޕްރޮޖެކްޓްގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޙަރަކާތްތަކެކެވެ.

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން
މި ޚާއްޞަ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކުގެ ނެއިބަހުޑް 1 ގައެވެ. އެ ގޮތުން ނެއިބަރހުޑް 1 ގެ ޓީމަކާއެކު ފުލުހުން ވޮލީމެޗެއް ކުޅުމާއި ފުލުހުންގެ އަހަރީ ދުވަހުގެ ކޭކު ފެޅުމާއި ނެއިބަރހުޑްގެ ބައެއް ގެތަކަށް ޒިޔާރަތްކޮށް ގުޅުން ބަދަހިކޮށް ފުލުހުންގެ ފަރާތުން އަހަރީ ދުވަހުގެ ޚާއްޞަ ހަދިޔާ ޕެކޭޖް ޙަވާލު ކުރުންވެސް އޮތެވެ.

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން
ފުލުހުންގެފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިޔަށް އޮތް ތަނުގައި އަވައްޓެރި ފުލުހުންގެ މި ފަދަ ގިނަ ޙަރަކާތްތަކެއް ފުވައްމުލަކުގެ ވިލިތަކުގައި ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވެއެވެ.

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން

އަވައްޓެރި ފުލުހުންގެ ޙަރަކާތްތަކުގެ ތެރެއިން
ޚިޔާލުތައް