A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީއިން އެންމެ ފުރަތަމަ ދެ ޑޯޒް ފުރިހަމަކުރި މީހުނަށް މާދަމާއިން ފެށިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ

ކޯވިޑް-19 ވެކް ދެވަނަ ޑޯޒް ފުރިހަމަކުރުން އަވަސްކުރައްވާ!

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް އެންމެ ފުރަތަމަ ފުރިހަމަކުރި 82 މީހުނަށް މާދަމާއިން ފެށިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭނެއެވެ. އެއީ އެމީހުން 2 ވަނަ ޑޯޒް ފުރިހަމަ ކުރިތާ މިއަދު 14 ދުވަސް ފުރިހަމަ ވާތީއެވެ.

ކޮވިޑް-19 އިން ދިފާއުވާ ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލައް ސިޓީގައި ފަށާފައި ވަނީ މި އޭޕްރީލް 7، 2021 ވަނަ ދުވަހު އެވެ. އެއާއެކު HPA އިން ދީފައިވާ ލުއީގެ ތެރެއިން ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން އެމީހުނަށް މާދަމާއިން ފެށިގެން ލިބޭނެއެވެ. އަދި ފުވައްމުލައް ސިޓީއަކީ ކޮވިޑް-19 ބަލި ފެތުރޭ ނިސްބަތް %5 އަށް ވުރެ ދަށުގައި އޮތް ސިޓީއަކަށް ވާތީ ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެއެވެ. ނުވަތަ ޕީސީއާރު ނެގަޓިވް ނަތީޖާއެއް ދަތުރަކުރުމަށް އޮންނާކަށް ވެސް ނުޖެހެއެވެ.

ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ކުރުނދުމާ މާލަމުން

ފުވައްމުލައް ސިޓީގައި ރޭގެ ނިޔަލަށް ކޮވިޝީލްޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 1009 މީހުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މަނޭޖަރު އަހުމަދު ސައީދު ހާމަކުރައްވާފައި ވެއެވެ. އަދި މިއީ ރަށުގައި ދިރިއުޅޭ އާބާދީގެ ގާތްގަދަކަށް %10 އެވެ.

މާލޭގައި 2 ވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ 5 އޭޕްރީލްގައި ކަމަށްވުމުން އެދުވަހު 2 ޑޯޒް ފުރިހަމަކުރި މީހުންނަށް  އިއްޔެ، 20 އޭޕްރީލް އިން ފެށިގެން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. ނަމަވެސް މާލޭ ސަރހައްދަކީ އާބާދީގެ %5 އަށް ވުރެ ކޮވިޑް-19 ގެ ބަލައި އޮތް ރަށެއް ކަމަށްވާތީ ސިދާ މާލެއިްނ ދަތުރުކުރާ މީހުން ކަރަންތީނުނ ނުވެ ދަތުރުކުރުމަށް ޕީސީއާރު ނެގަޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ.

ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ކުރުނދުމާ މާލަމު ބޭރުން

ނަމަވެސް ފުވައްމުލަކަށް މީހުން އައުމުގައި ލުއިތައް އެއްކޮށް ލިބިގެންދާނީ ރަށުގައި ދިރިއުޅޭ އާބާދީގެ %60 މީހުނަނަށް ދެވަނަ ޑޯޒް ފުރިހަމަވުމުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ގާތްގަޑަކަށް  6،000 އެއްހާ މިހުންނަށް ދެވަނަޑޮޒް ފުރިހަމަވާން ޖެހެއެވެ. އެއި ފުވައްމުލަކުގައި ދިރިއުޅެ އާބާދީއަކި ގާތްގަޑަކަށް 10000 މީހުންކަމަށް ބަލައިގެންނެވެ.

މިއަދަދަށް ދެވަނަ ޑޯޒް ޖެހުމަށް މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވާ އެންމެން އެކުގައި ދެވަނަ ޑޯޒް ޖެހިއަސް ހަމައެއް ނުވެއެވެ. އެއީ މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 5499 (20 އޭޕްރީލް އަށް) މީހުން ކަމަށްވާތީއެވެ. އަދި އިތުރު 500 އެއްހާ މީހުނަށް ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެންމެނަށް ދެވަނަ ޑޯޒް ވެސް ޖަހަން ޖެހެއެވެ. މިއީ ނުވާވަރު ކަމެއް ނޫނެވެ. ކުރިގައި ފުރަތަމަ ޑޯޒް ޖެހިއިރު އެއްދުވަހަކުން ވެސް 600 އަށް ވުރެ ގިނަ މިހުނަށް ޖަހާފައިވާތީއެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުން އވަހަށް ފުރަތަމަ ޑޯޒް ފުރިހަމަކުރަން ވީއެވެ.

ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖު ސަރަހައްދުން

ނަމަވެސް ފުވައްމުލައް އާބާދީގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރޭގައި ފުރަތަމަ ޑޯޒް ނުޖަހާ މީހުން އަދިވެސް އެބަތިބި ކަން ފުވައްމުލަކު ހޮސްޕިޓަލުން ވާނީ ފާހަގަކޮށްފައެވެ.

ރަށު އިޤްތިޞާދު ރަނގަޅު ކުރުވުމަށާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ހޯދުމަށް ވެކްސިންޖަހާ އުމުރުގެ ކޮންމެ ފަރުދަކުވެސް ފުވައްމުލައް ސިޓީއަށްޓަކައި ކުރިއަށް ނިކުންނަށްވީ ވަގުތު މިއޮތީ ޖެހިފައެވެ. ރަށަށް ބޮޑު ހެޔޮކަމެއް ކޮށްދެވޭނެ މަގު މިއޮތީ ހުޅުވިފައެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްލުމުން ރަށުގައި ދިރިއުޅޭ އެންމެނަށްޓަކައި އެހީތެރިކަމެއް ދެވިގެން ދަނީއެވެ. ތިމާދަންނަ ރައްޓެހިންނާއި އާއިލާމީހުން ވެކްސިްނ ޖަހައިފިތޯ ބަލއި، ސާފުކޮށް އެކަމަށް ބާރުއެޅުމަކީ މިއަދު ރަށަށްތަކައި ކޮށްދެވޭ މުހިންމު ކަމެކެވެ.

ރާއްޖެއިްނ އެނެމް ފުރަތަމަ ހާޑް އިމިއުނިޓީއަކަށް ދެވޭ ރަށަކީ ފުވައްމުލައް ސިޓީ ކަމުގައި ހެދުމަށް އެންމެން ވެސް މަސައްކަތް ކުރަމާތޯއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !