A wide advertisement which will be shown on all devices. (700 x 100)

ދީނީ ފޯރަމް 1442 ގެ ދެވަނަ ޕްރޮގްރާމް މިރޭ ގެނެސްދެނީ ޏ.އޭއީސިއިން

ދީނީ ފޯރަމް 1442 ގެ ފުރަތަމަ ހުށަހެޅުން އެފްއެސް- ސޫފާ ސޫފި

މި ރޯދަމަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ސަރުކަރުގެ 4 ސްކޫލަތައް ގުޅިގެން އިންތިޒާމުކުރާ ދީނީ ފޯރަމް 1442 ގެ ދެވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.

މިރޭގެ ޕްރޮގްރާމް ގެނެސްދެނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މިރޭގެ މައުޝޫއަކީ ކީރިތި ގުއާނާއި ސުންނަތުގެ އަލީގައި ފަލަކީ އިލްމު އެވެ. މިރޭ 9:30 އިން ފެށިގެން މިޕްރޮގްރާމް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ވަގުތުން ބްރޮޑްކާސްޓް ކުރާނެއެވެ.

ދީނީ ފޯރަމް 1442 ގެ ފުރަމަ ހުށަހެޅުން އެފްއެސް

ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމަށް ހާޒިރުވެގެންނާއި ފޭސްބުކް ލައިވް މެދުވެރިކޮށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

ދީނީ ފޯރަމް 1442 ގެ ފުރަތަމަ ޕްރޮގްރާމް ހާޒިރީން

މީގެ ފުރަތަމަ ޕްރޮގްރާމް ހުށަހަޅާއިދީފައި ވަނީ ފުވައްމުލަކު ސްކޫލްގެ ފަރާތުންނެވެ. އެސްކޫލުން ވަނީ ވަރަށް ފުރިހަމަ ހުށަހެޅުމެއް ސޫފާސޫފި މައުޒޫއަށް ހުށަހަޅައިދީފައެވެ. އެހުށަހެޅުމަށް ޕެނެލް މެމްބަރުންވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ޕްރޮގަރާމް އަޑުއެހުމަށް ގިނަ ބަޔަކު ކުރިނދުމާ މާލަމަށް ހަޒިރުވެފއި ވެއެވެ.

ދީނީ ފޯރަމް ސިލްސިލާގެ ޕްރޮގްރާމްތައް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދީނީ ފޯރަމް 1442 ގެ ދެވަނަ ހުށަހެޅުން ޏ.އޭއީސީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !