A wide advertisement which will be shown on all devices. (700 x 100)

ފާއިތުވި 14 ދުވަހުގެތެރޭގައި އައްޑޫ ސިޓީއަށް ދަތުރުކޮށްފައި ވާނަމަ އެންގުމަށް އެދިއްޖެ

ވަށައިގެން ކޮވިޑް-19 އެބައުޅޭ- އަދި ރަށުތެރެގައި ވެސް އެބައުޅޭ ފެތުރުނަ ނު

ފާއިތުވި 14 ދުވަހުގެ ތެރޭގައި (24 އޭޕްރީލް 2021 ގެ ފަހުން) އައްޑޫ ސިޓީއަށް ދަތުރުކޮށްފައި ވާނަމަ އެކަން ފުވައްމުލައް ސިޓީ ކައުންސިލަށް އެންގުމަށް އެދިއްޖެއެވެ. އެގޮތުން އައްޑޫސިޓީ އަށް ދަތުރުކޮސްފައިވާ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ 7487900 އަށް ގުޅައި މައުލޫމާތު ދިނުމަށް އެދިފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ މިކަމަށް އިއުލާނެއް ނެރުނީ 1 މެއިން ފެށިގެން އައްޑޫ ސީޓީގައި ކޮވިޑް-19ގެ ކޮމެިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވޭތީ އެޗްޕީއޭއިން އެސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މި އިއުލާނުގައި އިތުރަށް އެދިފައި ވަނީ 14 ފެބްރުއަރީގެ 2021 ގެ ފަހުން އައްޑޫ ސިޓީއިން ފުވައމްުލައް ސިޓީއަށް އައިސްފައިވާ ފަރާތްތަކުން ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން ހޯމް އައިސޮލޭޝަންގައި ތިބުމަށެވެ.

އައްޑޫ ސީޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން މިއަދު އައްޑޫ ސިޓީ ކައުންސިލުން ވަނީ އެސިޓީގައި އެއްގެއިން އަނެއްގެއަށް ދިއުމާއި އެއްރަށުން އަނެއް ރަށަށް ދިއުން ވަގުތީގޮތން މަނާކޮށްފައެވެ.

މީގެ އިތުރުން އައްޑުސީޓީގެ މޮނިތަރިންގެ ހާލަތުގައި މަނާކޮށްފައިވާ ކަންތައްތަކުގެތެރޭގައި:

  • އައްޑޫގައި ގާއިމްކޮށްފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް އޮންލައިންކޮށް ޚިދުމަތް ދިނުމާއި
  • ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކާ އެއްގޮތަށް  ޚިދުމަތް ދިނުމާއި
  • ފިހާރަތަކުން ޚިދުމަތްދިނުން ވެސް އެމިންގަދުގައި ހިފެހެއްޓުމާއި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފިހާރަތަކަށް މީހުން ނުވެއްދުމަށް ސަމާލުކަންދިނުމާއި
  • ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމާއި
  • ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމާއި އެގޮތުން ގިނަ މީހުން އެއްވެގެން ރޯދަވީއްލުން ނުވޭއްވުމާއި
  • ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން ހިމެނެއެވެ.

އައްޑުސިޓިގެ އިތުރުން ހުވަދުއަތޮޅުން، ގދ. ތިނަދޫގައި ވެސް ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވި އެޗްޕީއޭގެ އެރަށް ވެސް ވަނީ މޮނިޓަަރިން އަށް ލާފައެވެ.

މިއަދު އެޗްޕީއޭއިން ވަނީ 4 މެއިން ފެށިގެން 1 ހަފުތާ ވަންދެން އަތޮޅު ތެރޭގެ އެއްރަށުން އަނެއްރަށަށް އާއްމު އުސޫލުން ދަތުރު ފަތުރުކޮށް އުޅުން މަނާކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !