A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ޕޮޒިޓިވް އަދަދު ވެސް މަޑުމަޑުން މައްޗަށް!

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދުތައް 3 މެއި 2021

ފުވައްމުލައް ސިޓީއިން އިއްޔެ އިތުރު މީހާކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި ސީޓީއިން ބައްޔަށް ޕޮޒިޓްވްވާ މީހުންގެ އަދަދު ވެސް މަޑުމަޑުން މައްޗަށް ޖެހެން ފަށައިފިއެވެ. އިއްޔެގެ ޕޮޒިޓިވް ކޭސް އާއެކު ޕޮޒިޓިވްވި ޖުމްލަ މިވަނީ 76 އަށް އަރާފައެވެ.

ނަމަވެސް މިވަގުތުން ފުވައްމުލައް ސިޓީގައި ބަލި ފެތުރުން ނިސްބަތުން ކުޑަކަމަށް ބެލެވެއެވެ. އެއީ ފުވައްމުލައް ސިޓީއިން ދޭތެރެއަކުން މީހަކު ބައްޔަށް ޕޮޒިޓިވް ވިއަސް މިފެންނަނީ ހޯމް ކަރަންޓީނުން ޕޮޒިޓިވް ވާ މީހެކެވެ. ވުމާއެކު ބަލި ރަށުތެރޭގައި އޮތްކަމަކަށް ބެލެވިފައެއް ނުވެއެވެ. ނަމަވެސް އައްޑުސިޓީ އާއި ހުވަދޫގައި ވެސް ބަލި ފެތުރި އެޗްޕީއޭގެ މޮނިޓަރިން އަށް ލާފައިވުމުން ބައްޔާމެދު ސަމާލުވާން ޖެހެއެވެ. ޚާއްސަކޮށް މިދުވަސްވަރު މުޅިރާއްޖެގައި ވެސް ބަލި ފެތުރޭ މިންވަރު އިތުރުވެ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާތީ އެހާލަތަށް ފުވައްމުލައް ސިޓީ ނުގޮސްވޭތީ އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ.

ފުވައްމުލައް ސަޓީ ކޮވިޑް-19 އަޕްޑޭޓް 3 މެއި 2021

އިއްޔެގެ ޕޮޒިޓިވް ކޭސް އާއިއެކު ރަށުގައި މިހާރު އެކްޓިވް 3 ކޭސް އެބަތިއްބެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 74 މީހުންނެވެ. އެކްތްިވެ އެއް ކޭސް އަކީ ފުވައްމުލައް ސިޓީގެ ޖުމްލައިގެ ތެރޭގައި ނުހިމެނޭ ކޭސް އެކެވެ. އެއީ މާލެއިން ޕޮޒިޓިވް ވިކޭސް އެކެވެ.

ރޭގައި ވަނީ މާލޭގެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލްތައް އަދި އާއްމުގިނަ ތަންތަނެއް ބަންދުކޮށްފައި ވެއެވެ.

މިހާރު (4 މެއި އިން) ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒް އާއްމުކޮށް ޖަހައިދެނީ 4 މާރިޗު 2021 ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. މީގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން 9 މާރިޗުގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ފާއިތުވި ދުވަސްތަކަށް ބަލާއިރު ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ މިލިސްޓަށް ކޮންމެ ދުވަހަކުވެސް އިތުރު ދުވަހެއް އިތުރުކުރުމުންނެވެ. ނަމަވެސް އިއްޔެ ވަނީ މި ލިސްޓަށް އާއްމުންނަށް 5 މާރިޗު އަދި 60 އަހަރުން މަތީގެ ބަޔަށް 10 މާރިޗް ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އިތުރުކޮށްފައެވެ.

ކޮވިޑް-19 އަޕްޑޭޓް

ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު އިއްޔެވަނީ ފުވައްމުލައް ސިޓީއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެވެ. އަދި އެކްޓިވް ކޭސް ހުރީ 3 ގައެވެ. މިހާތަނަ ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 76 އެވެ. އަދި 74 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މީގެ ތެރޭގައި އެކްޓިވް 1 ކޭސް އަކީ މާލޭއިން ޕޮޒިޓިވް ވިކޭސް އެއް މިވަގުތު ފުވައްމުލައް ސީޓީގައި ހުރުމުން ޖުމްލަ އެކްޓިވް 3 ކޭސް ވަނީއެވެ.

މިހާތަނަށް ނެގި ޖުމްލަ ސާމްޕަލް 9245، ޕޮޒިޓިްވ ކޭސް އާއި ގުޅިގެން ކޮންޓެކްޓެއް ނެތްކަމަށް ވެއެވެ.

ވެކްސިން އަޕްޑޭޓް

އިއްޔެ (އާދިއްތަ) ގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2694 މީހުން

މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %25.2 އެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5691 މީހުން (އިއްޔެ ސިނޮފާމް ފުރަތަމަ ޑޯޒް އެއްވެސް މިހަކު ޖަހާފައެއް ނުވެއެވެ.)

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.6 މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !