A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: އިއްޔެވެސް 22 މީހަކު ޕޮޒިޓިވު، އެކަކު އެޑުމިޓު ކުރެވިފައި

ފުވައްމުލަކު ސިޓީ އަށް އައި ކޮވިޑުގެ ދެވަނަ ރާޅާއިއެކު އަދިވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ދަށަށްދާން ނުފަށެވެ. އެގޮތުން، އިއްވެސް ފުވައްމުލަކު ސިޓީއިން ވަނީ 22 މީހަކު މިރޯގާއަށް ޕޮޒިޓިވުވެފައެވެ. އިއްޔެ ފުވައްމުލަކުން 108 ސާމްޕަލެއް ނެގުނު ނަމަވެސް ކުރިންވެސް ނަގާފައިވާ ސާމްޕަލްތަކާއިއެކު އަދި ނަތީޖާ ނުލިބި ހުރި 179 ސާމްޕަލެއް އެބަހުއްޓެވެ. ކުރީ ދުވަސްތަކުގެ ސާމްޕަލްތަކުގެ ނަތީޖާއާއިއެކު އިއްޔެ 140 ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައެވެ. އިއްޔެ ކޭސްތަކާއިއެކު މިހާރު ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިވަނީ 194 އަށް އަރާފައެވެ. އަދި 121 މީހަކު އެކްޓިވް ކޭސް (ރޯގާޖެހިފައި ތިބިމީހުން) ގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. އިއްޔެ ވަނީ އާ 90 ޑައިރެކްޓް ކޮންޓެކްޓް ފާހަގަކުރެވިފައެވެ.

މިވަގުތު 87 އަހަރުގެ އަންހެނަކު ކޮވިޑް ފެސިލިޓީގައި އެޑުމިޓުކޮށްގެން ފަރުވާ ދެމުންދިޔަ ނަމަވެސް އެފަރާތުގެ ހާލަތު ގޯސްނޫންކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި އެފަރާތް އެޑުމިޓުކޮށްފައިވަނީ އެބަލި މީހާގެ ހުރި އެހެން ބައެއް ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަކަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަކަށާއި އިދާރީ މުވައްޒަފަކުވެސް މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވު ވެފައެވެ.

ފުވައްމުލަކުގެ އިތުރުން މުޅިރާއްޖޭގެ ވެސް ކޮވިޑު ހާލަތު ގޮސްވަމުންދާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެޗްޕީއޭ އިން ރޭ އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެރޭ އިރުއޮއްސި 6:00 އިން ފެށިގެން ރޭ 6:00 އާ ހަމަޔަށް 1007 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވުވެފައެވެ އެއީ އިއްޔެގެ 821 މީހުންނާއި ކުރީގެ ސާމްޕަލްތަކުން 186 މީހުންނެވެ. އިއްޔެ ވަނީ 3159 މީހުން މުޅި ރާއްޖެއިން ޓެސްޓު ކޮށްފައެވެ. އިއްޔެގެ ނަތީޖާއާއިއެކު 15،666 މީހުން އެކްޓިވު ކޭސްގެ ގޮތުގައި ރެކޯޑުކުރެވިފަިވެއެވެ. އޭގެ ތެރެއިން 260 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ. މިހާތަނަށް 43،782 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 28،013 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. އަދި މިހާތަނަށް 94 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

މިއަދު ވަނީ ކޮވިޑް ޖެހިގެން 30 އަހަރުގެ އަންހެނަކު ނިޔާވެފައެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން ނިޔާވި އެންމެ އުމުރުން ހަގު މީހާއެވެ. އަދި އެއީ ކޮވިޑުގެ މިއަދުގެ ދެވަނަ މަރެވެ. ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ރާއްޖެއިން ތިން މީހަކު ކޮވިޑް ބަލީގައި ނިޔާވިއިރު، މި މަހުގެ 14 ވަނަ ދުވަހު ފަސް މީހަކު ނިޔާވިއެވެ. މި މަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން 23 މީހުން ނިޔާވިއިރު އިރު، މެއި މަހަކީ އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ދުނިޔެ ދޫކުރި މަހެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !