ފުވައްމުލައް ސިޓީގައި އޮތް ކޮވިޑް-19ގެ ހާލުދެރަ ބަލި މީހަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީގެ ކޮވިޑް ފެސިލިޓީއަށް މިރޭ ފުރުވާލައިފިއެވެ.
މިރޭ ފުވައްމުލަކު ބަނަދަރުން ފުރުވާލީ އުމުރުން ދޮށީ ދޫނޑިގަމު ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ. ސީއެމްބިއުލެންސް ލޯންޗްގައި އޭނާ ފުރުވާފައިވާ ކަމަށް މިކަލް ނޫހުގެ ރިޕޯޓާރު ފުވައްމުލަކު ބަނދަރުން ޚަބަރު ދެއެވެ. މީގެ ކުރިން ދެފަހަރަކު ފުވައްމުލަކުން ކޮވިދް ބަލިމީހަކު އައްޑޫގެ ކޮވިޑް ފެސިލިޓީއަށް ގެންދަން އުޅުމުން އެކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެއްބަސް ނުވުމުން ފޮނުވާފައެއް ނުވެއެވެ.
މީގެ ދެދުވަހެއް ކުރިން ކޮވިޑް ބަލި ޖެހިފައި ހުރި އެހެން މީހެއްގެ އިތުރު ބަލިތަކަށް ގާތުން ފަރުވާ ދޭން ޖެހޭތީ ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް އެއްދުވަހު ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.
ޚިޔާލުތައް