A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: ނަތީޖާ ލިބުނު ކޮންމެ 3 މީހުންގެ ތެރެއިން 1 ކޮވިޑަށް ޕޮޒިޓިވު

ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވު މީހުން އަދަދު 72 އަށް އަރާފިއެވެ. މިއީ އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ މީހުން ފުވައްމުލައް ސިޓީއިން ކޮވިޑަށް ޕޮޒިޓިވި އަދަދެވެ. އިއްޔެ ނަތީޖާ ލިބިފައިވަނީ 217 ސާމްޕަލެއްގެ ނަތީޖާއެވެ. މިނިސްބަތުން ބަލާއިރު ފުވައްމުލަކު ސިޓީއިން ޓެސްޓް ކުރެވި ނަތީޖާ ލިބުނު ކޮންމެ 3 މީހުންގެ ތެރެއިން 1 ކޮވިޑަށް ޕޮޒިޓިވުވެއެވެ. މިއީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް ބޮޑު އަދަދެކެވެ. އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދާއިއެކު މިހާތަނަށް 307 މީހަކު ވަނީ މިސިޓީއިން ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އަދި އިއްޔެ ވަނީ 9 މީހަކުން މިރޯގާއިން ސަލާމަތްވެފައެވެ. އަދި އެކްޓިވު 222 ކޭސް ފުވައްމުލަކުގައި އެބަތިއްބެވެ. މިސިޓީއިން 16 ބިދޭސީއަކު ކޮވިޑު ރޯގާ ޖެހިފައި ތިބިއިރު އެ ރޯގާ ޖެހިފައި ތިބި ދިވެހީންގެ އަދަދަކީ 206 އެވެ.

އިއްޔެ ޕޮޒިޓިވު 72 މީހުންގެ ތެރެއިން 47 މީހަކަކީ ކޮވިޑް ރޯގާ ޖެހުނު މީހަކާއި ބައްދަލުވެފައިވާ މީހެކެވެ. އަދި 1 އެކަކީ ހޯމް ކަރަންޓީނުގައި ހުރިމީހެކެވެ. މީގެ އިތުރުން 2 މީހަކީ ނެގުނު ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވުވި ދެމީހެކެވެ. އެދެމީހުންގެ ތެރެއިން އެކަކީ ޕޮޒިޓިވުވުފައިވާ ކޭސްއަކާއި ބައްދަލުވެފައިވާ ފަރާތެކެވެ. މީގެ އިތުރުން ފުލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ސާމްޕަލް ނެގުނު 42 މީހުންގެ ތެރެއިން 22 މީހަކު ވަނީ ޕޮޒިޓިވުވެފައެވެ. މިއީ ނިސްބަތުން ކަންބޮޑު ވާންވީ އަދަދެއްކަމަށް ފުވައްމުލަކު ހޮސްޕިޓަލުންގެ ފަރާތުން އައިމިނަތު އަހުމަދު ރޭގެ ނިއުސް ކޮންފަރެންސްގައި ވިދާޅުވިއެވެ.

މޮނިޓަރިންގެ ހާލަތުގައި މިވަގުތު 356 ގެއެއް ހުރި އެގޭގޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ 147 ފަރާތެއް ތިބިކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ. އަދި ކަރަންޓީނުގައި ތިބި މީހުންގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި 379 މީހަކު އެބަތިއްބެވެ.

އެހެނިހެން ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވަނީ 160 އާ ޑައިރެކްޓް ކޮންޓެކްޓް ފާހަގަކުރެވިފައެވެ. އަދިވެސް ނަތީޖާ ނުލިބި ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ހުރި ކަމަށްވެސް އިއްޔެ ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، ނަތީޖާ ނުލިބޭ 340 ސާމްޕަލެއް ހުރުމަކީ އަދިވެސް ފުވައްމުލަކު ސިޓީ އިން ކޮވިޑު ޖެހުނު މީހުންގެ އަދަދު ބޮޑުތަން އިތުރުވެދާނެކަމެކެވެ.

ވެސްކިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 5760 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒުދެވިފައެވެ. އަދި ދެޑޯޒު ދެވިފައިވާ 2992 މީހުން ފުވައްމުލަކު ސިޓީގައި އެބަތިއްބެވިއެވެ.

އިއްޔެވެސް ވަނީ މުޅިރާއްޖެއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އެގޮތުން، މުޅި ރާއްޖެ އިން އިތުރު 2194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވިއިރު އޭގެ ތެރެއިން 1698 މީހުން ޕޮޒިޓިވުވީ މާލެ އިންނެވެ. އަދި މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުން 467 މީހުން، އަދި ރިސޯޓްތަކުން 29 މީހަކު ކޮވިޑަށް ޕޮޒިޓިވުވިއެވެ. ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 280 މީހަކު މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެބަތިއްބެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !