A wide advertisement which will be shown on all devices. (700 x 100)

މާދަމާއިން ފެށިގެން 5 ދުވަހަށް ފިހާރަތައް ބަންދުކުރަން ނިންމައިފި

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މަމީ ފިހާރަ- ދިގުވާނޑު އަވަށުގައި

މާދަމާ، 22 މެއިް 2021 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އިން ފެށިގެން ކުރިޔަށް އޮތް 5 ދުވަހަށް ފުވައްމުލައް ސިޓީގެ ފިހާރަތައް ބަންދު ކުރަން ނިންމައިފިއެވެ. އެގޮތުން ފިހާރަތަކާއި ގާޑިޔާފަދަ ތަންތަނުން ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން ފިހާރަތަކާއި ގާޑިޔާ ފަދަ ތަންތަން މި މަހު 26 ވާ ބުދަދުވަހުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

ނަމަވެސް މިމުއްދަތުގެ ތެރޭގައި ސިޓީ ކައުންސިލުން ހުއްދާދޭ ފަރާތްތަކަށް ހަވީރު 6:00 އާއި ހަމަޔަށް ގޭގެއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެވިދާނެކަމަށް ވެއެވެ.

އާއްމު ސިއްހަތުގެ ގާނޫނުގެ ތަންކޮޅެއް

ގޭގެއަށް ތަކެތި ޑެލިވަރީ ކުރުމަށް ބޭނުންވާ ފިހާރަ އަދި ގާޑިޔާ ތަކުން ސިޓީ ކައުންސިލްގެ ހޮޓްލައިން 7487900 އަށް މެސެޖް ކުރުމަށް އެދިފައި ވެއެވެ.

މީގެއިތުރުން މިއެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ލާމަރުކަޒީ ޤާނޫނުގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ވެސްފާހަގަކޮށްފައި ވެއެވެ. އެމާއްދާގައި ވަނީ ސިޓީ ކައުންސިލަށް ގާނޫނިގޮތުން ލިބިފައިވާ ބާރެއްގެ ދަށުން ކުރާ އަމުރަކާއި ޚިލާވުވެއްޖެ ނަމަ ކުށުގެ ކުޑަބޮޑު މިނަށް ބަލއި 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާއިނާ ކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނުގެ ތަންކޮޅެއް

ނަމަވެސް ސިޓީ ކައުންސިލްގެ މިނިންމުމާއި  މެދު ފުވައްމުލައް ސިޓީގެ ބައެއް ވިޔަފާރިވެރިން ހިތް ހަމަނުޖެހި މިކަލް ނޫހާއި ވާހަކަ ދައްކާފައި ވެއެވެ. ފުވައަމުލަކުގެ ބޮޑު ވިޔަފާރިވެރިއަކު ފާހަގަ ކުރި ގޮތުގައި  މިފަދަ ފިޔަވަޅުތަކެއް އަޅާއިރު އެމީހުންނަށް ދިމާވާނެ މައްސަލަތަކާއި މެދު މަޝްވަރާކޮށްފައި ނުވާކަމަށެވެ. ގިނަ މުވައްޒަފުންތަކެއް ގޮވައިގެން އުޅޭ އިރު މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެމީހުން ގޮވައިގެން މަސައްކަތް ކުރުމަށް ދތިތަކާއި ކުރިމަތިވެއެވެ.

ފިޔަވަޅުތައް އަޅާންޖެހޭ ކަމަށާއި ރަށުގެ އާމު ޚިދުމަތްތަކަށް ވެސް ފުރުސަތު ލިބޭގޮތަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. ރޭގަނޑު 10:00 އާއި ހަމަޔަށް ފިހާރަތަކުގެ އެތެރޭގައި މަދު މުވައްޒަފުންތަކާއެކު ޑެލިވަރީއަށް ތައްޔާރުވުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމެއް މުހިންމު ކަމަށެވެ.

ފިހާރަތަކުން ޑެލިވަރީ ކުރާއިރު ކޮންމެހެން އެއްޗެހި ގެންދާ ގޭގެއަށް ވަންނަން ނުޖެހޭ ކަމަށެވެ. އަދި މީހުނާއި ބައްދަލުވެސް ކޮންމެހެން ވާން ނުޖެހިވެސް މިކަން ކުރެވޭކަމަށެވެ. އެމީހުން ދގެންދާތަކެތީ ގޭ ދޮރުމަތީގައި ބެހެއްޓުމުން އެގެއްގެ ބަޔަކު ނަގައިގެން ވައްދަނީ ކަމަށެވެ. މިހުނާއި ބައްދަލު ވުނެވެސް ޑެލިވަރީގެ ޚިދުމަތް ދެވޭކަމަށެވެ.

ޑެލިވަރިގެ ޚިދުމަތަކީ އެޗްޕީއޭއިން ނެރެފައިވާ އިއުލާނުގައި ހުއްދަދީފައިވާ ކަމަކަށް ވާއިރު އެއާއި ޚިލާފަށް އެކަން މަނާ ނުކުރެވޭނެ ކަމަށްވެސް މިކަލް ނޫހާއި ވާހަކަ ދެއްކި އެކަކު ބުންޏެވެ. ކައުންސިލަށް މަނާކުރެވެނީ އެޗްޕީއެގެ އެންގުމާއި ޚިލާފު ނުވާ ގޮތަށް ކަމަށް ވެސް އޭނާ އާއްމު ސިއްހަތު ރައްކާތެރިރުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ ރ. އާއި ހަވާލާ ދީ ބުންޏެވެ. ސިޓީ ކައުނސިލްގެ އިއުލާނުގައި ހަވާލާދިފައިވަނީ އެގާނޫނުގެ 39 ވަނަ މާއްދާގެ ށ. އާއި ނ އަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !