A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: އިއްޔެ ޕޮޒިޓިވުވީ 45 މީހުން، އަދިވެސް ގިނަ އަދަދެއްގެ ސާމްޕަލްތައް ޕެންޑިންގައި

ކޮވިޑް-19ގެ ދެވަނަ ރާޅާއެކު ފުވައްމުލައް ސިޓީ އިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން

ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވީ 45 މީހުންނެވެ. ނަމަވެސް އަދިވެސް 331 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ. މިނަތީޖާއާއިއެކު ފުވައްމުލަކު ސިޓީއިން ކޮވިޑަށް ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 352 އަށް އަރާފައެވެ. އޭގެތެރެއިން 108 މީހަކު މިރޯގާއިން ސަލާމަތްވެފައިވާ އިރު އަދިވެސް މިރޯގާ ޖެހިފައިތިބި 245 މީހަކު އަދިވެސް އެބަތިއްބެވެ.

ފުވައްމުލަކު ސިޓީއިން މިހާތަނަށް 11،329 ސާމްޕަލް ނަގާފައިވާއިރު، ގާތުން ބައްދަލުވި މީހުންގެ ތެރޭގައި 1008 މީހުން ހިމެނޭ ކަމަށެވެ. އަދި ގާތުން ބައްދަލުވި މީހުންގެ ތެރޭގައި ހިމެނޭ ރިސްކު ބޮޑު 180 ފަރާތެއް ތިބި ކަމަށާާއި، ރޯގާގެ އަލާމާތްތައް ހުރި 389 ފަރާތެއް ތިބިކަމަށް ރޭގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުންގެ ފަރާތުން ބުންޏެވެ. މިވަގުތު މިސިޓީގައި މޮނިޓަރިންގެ ހާލަތުގައި 387 ގެއެއް އެބަހުއްޓެވެ.

 

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހެއެވެ. ނަމަވެސް ބައެއް މީހުން އެގޮތަށް އަމަލުތައް ނުބަހައްޓައި އުޅެކަން ފާހަގަ ވާކަމުގެ ޝަކުވާތައް މިކަލް ނޫހަށް ވެސް ލިބިފައި ވެއެވެ.

ރޭގެ ޕްރެސް ބްރީފިން ގައި ހާމަކުރި ގޮތުގައި ފުނާޑުއަވަށުގެ މުސްކުޅި އުމުރުގެ މީހަކު ބަލީގެ ކޮންޓެކްޓެއްގޮތުގަިއ ގޭގައި އައިސޮލޭތް ކުރުމުން ވެސް އެކަން ގަބޫލުނުކޮށް ހިންގާތީ އޭނާއަށް ފުލުހުން މެދުވެރިކޮށް ނަސޭހަތް ދީ އަލުން ގެއަށް ވައްދާފައި ވެސް ވެއެވެ.

އެގޮތުްނ މުސްކުޅި އުމުރުގެ ބައެއް މީހުންގެ މިފަދަ އަމަލުތައް އާއިލާގެ މީހުން ބޮޑަށް ބަލަހައްތައި ދިނުމަށް ވެސް ސިޓީ ކައުންސިލުން ރޭގައި އެދިފައި ވެއެވެ.

22 މެއި 2021 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އިން ފެށިގެން ކުރިޔަށް އޮތް 5 ދުވަހަށް ފުވައްމުލައް ސިޓީގެ ފިހާރަތައް ބަންދު ކުރަން ނިންމައިފިއެވެ. އެގޮތުން ފިހާރަތަކާއި ގާޑިޔާފަދަ ތަންތަނުން ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން ފިހާރަތަކާއި ގާޑިޔާ ފަދަ ތަންތަން މި މަހު 26 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު އިތުރުން މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވުވާ މީހުންދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް 1960 މީހުން ކޮވިޑަށް ޕޮޒިޓިވުވިއިރު އޭގެ ތެރެއިން 1518 މީހުން ޕޮޒިޓިވުވީ މާލެއިންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 431 މީހަކާއި ރިސޯޓްތަކުން އިތުރު 11 މީހަކު ވެސް އިއްޔެ ކޮވިޑަށް ޕޮޒިޓިވުވިއެވެ. ރާއްޖޭގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި 22421 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 294 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !