A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: އަނެއްކާވެސް ޕޮޒިޓިވްވާ އަދަދު މައްޗަށް

ފުވައމްުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ހެޑްޚަދިޖާ އަބްދުލް މަޖީދު ރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 30 މެއި 2021

ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު އިއްޔެ، 30 މެއި 2021ގަައި އަނެއްކާވެސް މިވަނީ ޕޮޒިޓިވްވާ އަދަދުތައް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ކުރީ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް 22 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެގެ އަލަށް ޕޮޒިޓިވްވި 22 މީހުންނަކީ 10 ބިދޭސީންނައި 12 ދިވެހިންނެވެ. މީގެތެރޭގައި ހިމެނެނީ ރޯގާގެ އަލާމާތް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި 3 މީހުނާއި ކޮންޓެކްޓްސްގެ ގޮތުގައި ހިމެނޭ 19 މީހުންނެވެ.

އެއާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު 232 ގައި ހުރިއިރު އޭގެ ތެރޭގައި ބިދޭސީންގެ 62 މީހުން ހިމެނެއެވެ. އިއްޔެ 44 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައި ވެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން  ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 485 އެވެ. އަދި 254 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް – ދުވަހުން

ރޭގެ ޕްރެސް ބްރީފިން ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ މެޔަރު އިސްމާއީލު ރަފީގު އާއި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު އެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ:

ފްލޫ ކްލިނިކުން 3

ކޮންޓެކްޓުންގެ 19

މީގެ ތެރެއިން 12 މީހުންނަކީ ދިވެހިންނާއި އަދި ބިދޭސީ 10 މީހުން ހިމެނެއެވެ.

ސާމްޕަލް ނަތީޖާ ނުލިބި ޕެންޑިންއަށް ދާ މިންވަރު މިވަނީ ދަށްވާން ފަށާފައި

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 92 (ފްލޫ ކްލިނިކް 11، ހޯމް ކަރަންޓީން 10، ކޮންޓެކްޓް ޓްރޭސިން 71)

ނަތީޖާ ނުލިބޭ 89 (ހޯމް ކަރަންޓީން 11، ކޮންޓެކްޓް ޓްރޭސިން 77)

ނަތީޖާ ލިބުނު 80 (ފްލޫ ކްލިނިކް 14، ހޯމް ކަރަންޓީން 15، ކޮންޓެކްޓް ޓްރޭސިން 50، އެކްޓިވް ސާވޭލަންސް 1)

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %27.5 ގައެވެ.

މިހާތަނަނށް 12،215 ސާމްޕަލް ނެގިފައިވާކަމަށް ޚަދީޖާ ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 457 ގެއެއް ވަނީ މޮނިޓަރިން ޙާލަތަށް ގެނެވިފައި ކަމަށް ވިދާޅުވިއެވެ. މި ގެތަކުގައި ހައިރިސްކު 191 މީހުނާއި ރޯގާގެ އަލާމަތް ހުރި 426 މީހުން ހިމެނެއެވެ. ކޮންޓެކްޓުންގެ ގޮތުގައި ހިމެނިގެން އައިސޮލޭޓް ކުރެވުނު މީހުންގެތެރެއިން މިހާތަނަށް 410 ފަރާތެއް ވަނީ ދޫކޮށްލެވިފައެވެ.

އަދިވެސް ސާމްޕަލްގެ ނަތީޖާ ލިބޭ މިންވަރާއި ނުލިބޭ މިންވަރު ދާދި އެއްހަމައެއްގައި ހުރުމުން ޓެސްޓު ކުރުން އެންމެ އެދެވޭ ހަލުއިމިނަކަށް ނުގެނެވޭ ކަން ގަބޫލުކުރަން ޖެހެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުން – 30 މެއި 2021 ފުވައްމުލައް ސިޓީ

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5805

އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3096

ބިދޭސީ މަސައްކަތު މީހުނތިބޭ ތަންތަނަށް ރަށުމީހުން އެކިބޭނުންތަކުގައި ގޮސް އެއްޗެހި ހޯދަމުންދާކަމުގައި މައުލޫމާތު ލިބެމުންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުންނާއި ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !