A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ވެކްސިން ޖަހާ ފަރާތްތަކަށް ސިޓީ ކައުންސިލުން ހުށަހެޅި އިނާމު ލިބޭ ފަރާތްތަކުގެ ގުރުނަގައިފި

ވެކްސިން ޖަހަިއގެން ގުރުއަތުން އިނާމު ލިބޭ ފަރާތްތައް ހޮވަނީ - ފުވައްމުލައް ސިޓީ އީއޯސީ 18 ސެޕްޓެމްަބަރު 2021

ކޮވިޑް-19 ވެކްސިން ޖަހާ ފަރާތްތަކަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުށަހެޅި އިނާމު ލިބޭ ފަރާތްތައް ގުރުއަތުން ނަގައިފިއެވެ. ގުރުނެގުން ބާއްވާފައި ވަނީ މިރޭ އޮންލައިންކޮށް ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނިމުނު އޮގަސްޓް 26 އިން ސެޕްޓެމްބަރު މަހުގެ 2 އަށް ކުރިޔަށް ގެންދިޔަ “އެންމެން ގުޅިގެން ވެކްސިން ޖެހި އަދަދު %90 އިން މަތިކުރުން”  ހަރަކާތުގައި 1000 ރުފިޔާގެ އިނާމު ލިބޭ 3 ފަރާތަކީ:

ވެކްސިން ޖަހަިއގެން ގުރުއަތުން އިނާމު ލިބޭ ފަރާތްތައް ހޮވަނީ – ފުވައްމުލައް ސިޓީ އީއޯސީ 18 ސެޕްޓެމްަބަރު 2021

1. ފާތިމަތު މުހައްމަދު ދިރޭލާލުގެ

2. އަލީ ހުސޭން ރަންވޭ

3. ފާތިމަތު ސަމަދު ރަންދެލިގެ

މީގެ އިތުރުން ދެވަނަ އިނާމެއްގެ ގޮތުން ވެކްސިން ޖާހަ ފާރަތްކުން ގުރުތަން ހޮވޭ ފަސް ފަރާތަކަށް ފުވައްމުލައް ސިޓީގެ މަޝްހޫރު ރެސްޓޯރަންޓަކުން 2 މީހުންގެ ކެއުން ދިނުމަށް ހޮވުނު 5 ފަރާތަކީ؛

1. ޚަދީޖާ ހަސަން، ހުރުއަޑި

2. މަރިޔަމް ޒާހިރު، ސަނާ

3. އަހުމަދު ސައީދު، އޮނޯޑާ

4. އަބްދުﷲ ނާހިދު، ސީސައިޑް

5. އައިޝަތު ހުދާ މުހައްމަދު، ނާޒު

މި 5 ފަރާތުގެ މެދުގައި އެފަރާތަކަށް  ކެއުން ހަމަޖެހޭ ރެސްޓޯރެންޓެއް ބެެލުމަށް ވަކިން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަަށް ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވިއެވެ. ނުވަތަ 5 ފަރާތުން އެދޭނަމަ އެންމެން އެއްބަސްވާ ގޮތަކަށް ރެސްޓޯރެންޓް ޚިޔާރުކުރެވިދާނެ ކަމަށެވެ. އިނާމު ހަވާލުކުރުމުގެ އިދާރީކަން ފުވައްމުލައް ސިޓީ ކައުންސިލުން އެފަރާތްތަކާއި ގުޅައިގެން ކުރިޔަށް ގެންދާނެކަމަށް ހާމަކުރެއްވިއެވެ.

“އެންމެން ގުޅިގެން ވެކްސިން ޖެހި އަދަދު %90 އިން މަތިކުރުން” މިޕްރޮގްރާމުގެ ދަށުން 172 ދިވެހިންނާއި 46 ބިދޭސިން ނާއެކު ޖުމަލަ 218 މީހަކު ވެކްސިން ޖަހާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

18 ސެޕްޓެމްބަރު 2021 އަށް ފުވައްމުލައް ސިޓީގައި ވެކްސިން ޖެހި ނިސްބަތް

ރަށުގައި ދިރިއުޅޭ 12 އަހަރުން މަތީގެ މީހުންނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައިވަނީ %78.1 މީހުންނަށް ކަމަށް ސިޓީީ ކައުންސިލްގެ މިރޭގެ ނޫސް ކޮންފަރެންސްގައި ޑިރެކްޓާ އަލީ މަސީހު ވިދާޅުވިއެވެ. ވުމާއެކު ކަނޑައެޅި ޓާގެޓަށް އަދި ވާސިލުވެވިފައެއް ނުވެއެވެ. ނަމަވެސް މަސީހު އިތުރަށް ފާހަގަ ކުރެއްވީ ފުވައްމުލައް ސިޓީއިން ވަނީ 65 އަހަރުން މަތީން ވެކްސިން ޖެހި އާބާދީ %91 (ޓާގެޓް %90) ވާސިލުވެވިފައި ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވެކްސިން ޖެހި ނިސްބަތް %99 (ޓާގެޓް %95) ޙާސިލުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތެރެއިން ފަތުރުވެރިން ދަތުރުކުރުމަށް ހުއްދަ ލިބުނު ފުރަތަމަ ރަށަކަށް ފުވައްމުލައް ސިޓީ ވެފައިވާކަމަށެވެ.

ދިރިއުޅޭ އާބާދީގެ 12 އަހަރުން މަތީގެ ވެކްސިން ޖެހި އާބާދީގެ އަދަދު %90 އަށް ވުރެ މަތިކުރުމަށް އިތުރު މަސއްކަތްތަކެއް ކުރަމުން އަންނަކަމަށް މަސީހު ވިދާޅުވިއެވެ. ސިޓީ ކައުންސިލާއި ފުވައްމުލައް އީއޯސީ އަދި ފުވައްމުލައް ހޮސްޕިޓަލް ގުޅިގެންވެސް %90 އަށް ވާސިލުވުމަށް އިތުރަށް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވެސް ވިދާޅުވިއެވެ. އެގޮތުން އިތުރު ޕްރޮމޯޝަނެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރިޔަށް ގެންދާނެ ކަމަށް ހާމަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !