އިއްޔެ ފުވައްމުލައް ކޮވިޑް-19ގެ މޮނިޓަރިން އުވާލާފައި ވާތީ މިހާރު ފުވައްމުލަކުން ފުރުމައް ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް ފުވައމްުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވާނީ މިަދު ފުވްއްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރު އަލީ މަސީހު އެ ކައުންސިލްގެ ކޮމިއުނިޓީ ވަިއބާ ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައެވެ. މަސީހު ވިދާޅުވެފައިވަނީ މޮނިތަރިން ިއން ނަގާފައިވުމުން ރަށުން ފުރަން ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭކަން އާއްމުނެގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނަގާފައިވަނީ 27 ދުވަސް ފަހުން އިއްޔެ އެވެ. މޮނިޓަރިން އިންނެގުމާއެކު ރަށުގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވިީއެވެ. އެޗްޕިއޭއިން މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ނިމުނީއެވެ.
މޮނިޓަރިން އުވާލި ސަބަބެއްގެ ގޮތުގައި އެޗްޕިއޭއިން ހާމަކޮށްފައި ވަނީ “ކޮވިޑް-19 އިން ރަށްކާތެރިވުމުގެ ގޮތުން ގާނޫނު ނަމަބަރު 7/2012، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކން ބެލުމުން، މޮނިޓަރިން ޙާލަތު އިތުރަށް ދަމަހައްތަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން” ކަމަށެވެ.
މޮނިޓަރިން އުވާލި ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ސިއްޙީ ކުލިނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހު 2 އާއި ހަމަޔަށް އިތުރުކޮށްފައެވެ. ވުމާއެކު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން ޖެހެނެއެވެ.
މޮނިޓަރިން އިން ނެގުމާއި އަދި ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އާއްމުންނަށް މައުލޫމާތު ދިނުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 9؛00 ގައި ބާއްވަން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
މިބައްދަލުވުމުގައި، ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ހިންގި ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުން އިނާމު ދިނުން އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
‘އެންމެން ގުޅިގެން ވެކްސިން ޖެހި އަދަދު %90 އިން މަތިކުރުމަށް’ ފެށި ޚާއްސަ ކެމްޕޭނުގައި ވެކްސިން ޖެހި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ އިނާމު ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް ފުވައްމުލަކުގެ މަޝްހޫރު ރެސްޓޯރަންޓަކުން 2 މީހުންގެ ކެއުން ދިނުމަށް ވެސް ހުޅުވާލާފައި ވެއެވެ. އެގޮތުން ކަނޑައަޅާފައިވާ 5 ރެސްޓޯރެންޓަކީ ރޯޔަލް ރެސްޓޯރަނެޓް، ޕެބްލްސްބައި ރޯޔަލް، ކޫލް ބަނާނާ، ކޭކް މާލަމް އަދި ޖެޕްލިން އެވެ.
މިޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި އޮގަސްޓް 26 އިން ސެޕްޓެމްބަރުމަހު 2 އަށް، 1 ހަފުތާއަށެވެ. މި ޕްރޮގްރާމުން ނިމުނު އިރުވެސް ފުވައްމުލައް ސިޓިއިން ވެކްސިން ޖެހި މީހުން އަދަދު %90 އިން މައްޗަށް އަރާފައިވަނީ ފުރަތމަ ޑޯޒް ޖެހި މީހުން އެކަންނެވެ.
ފުވައްމުލައް ސިޓީއިން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި ޖުމްލަ އަދަދަކީ 7،342 އަދި ދެވަނަ ޑޯޒް ޖެހީ 6،439 މީހުންވެ. ހެލްތު މިނިސްޓްރީގެ ވެކްސިން ނަމްބަރުތަކަށް ބަލާއިރު، މިސެޕްޓެމްބަރު މަހު 15 އަށް ފުވައްމުލައް ސިޓީގެ ވެކްސިން ޖަހާ އާބާދީ 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖެހިފައިވަނީ %92 މީހުން އަދި 2 ވަނަ ޑޯޒް ޖެހިފައިވަނީ %81 މީހުންނަށެވެ. ރަށުގައި ދިރިއުޅެ މުޅި އާބާދީގެ ނިސްބަތުން ބަލާއިރު ވެކްސިން ޖެހިކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވަނީ ފުރަތަމަ ޑޯޡް %63 އަދި ދެވަނަ ޑޯޒް %78 މީހުންނަށެވެ.
ޚިޔާލުތައް