A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައ ސިޓީ 3ވަނަ މޮނިޓަރިން އިން ނަގައިފި

ފުވައްމުލައް ސިޓީގެ 3 ވަނަ މޮނިޓަރިން އިން މިއަދު ނަގައިފި.

ފުވައްމުލައް ސިޓީގައި އެޗްޕީއޭގެ އަޅާފައިވާ ތިންވަނަ މޮނިޓަރިންގެ ހާލަތު މިއަދު އުވާލައިފި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މީގެ ކުޑައިރުކޮޅެއް ކުރިން ހާމަކުރައްވައިފިއެވެ.

މމިފަހަރު މޮނިޓަރިން ނެގި އުސޫލުގެ ތަފުސީލް އަދި ލިބިފައި ނުވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީ 3 ވަނަ މޮނިޓަރިން އިން މިނެގީ ގާތްގަޑަކަށް 4 ހަފުތާ (27 ދުވަސް) ފަހުންނެވެ. އެނެމް ފަހުން މޮނިޓަރިންއަށް ލާފައިވަނީ ނިމުނު އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މޮނިޓަރިން އިން މިނެގީ މިއަދު (17 ސެޕްޓެމްބަރު 2021) ގައެވެ.

މިއަދު މޮނިޓަރިން އިން ނެގި އިރު މިާޙރު ފުވައްމުލައް ސިޓީއިން ކޮވިދް -19 އަށް ޕޮޒިޓިވްވާ ނިސްބަތް ވަނީ ވަރަށްބޮޑުތަން ދަށަށް ގޮސްފައެވެ. އެގޮތުން ފާއިތުވި 7 ދުވަހު ޕޮޒިޓިވްވާ ނިސްބަތް ހުރީ %5 އަށް ވުރެ ދަށުގައެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންއިން ނެގުމާއެކު ރަށުގައި އަޅާފައިވާ ކާފިއުގެ ފިޔަވަޅުތައް އުވުނީއެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ސިއްޙީ ކުލިނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހު 2 އާއި ހަމަޔަށް އިތުރުކޮށްފައެވެ. ވުމާއެކު އެޗްޕީއޭއިން ކަނަޑއަޅާފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލުކުރުން ލާޒިމުވާނެއެވެ.

މީގެ ކުރީފަހަރު  ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނަގާފަިއވަނީ ޝަރުތަކާއެކު އެވެ. އެއީ އެޗްޕީއެއިން ވަކި ގޮތެއް އަންގަންދެން ފުވައްމުލައް ސިޓީއިން ފުރާ ހުރިހާ މީހުންގެ ކޮވިޑް-19 ސާމަޕްލް ނަގައި، ޕީސީއާރު ނެގަޓިވް ނަތީޖާއެއް އޮތުމާއި، އެދުވަހުން (6-13 މެއި 2021) ފެށިގެން ކުރިޔަށް އޮތް 7 ދުވަސް ތެރޭގައި އާބާދީގެ %5 މީހުންގެ ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމަށް ޝަރުތު ކޮށްފައެވެ.

އިއްޔެ ފުވައްމުލައް ސިޓީއން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކުން އެކަކާއި ކޮންޓެކްޓުގެ ތެެއިން 3 މީހެކެވެ. އަދި އެކްޓިވް ކޭސްގެ ޖުމުލަ ވަނީ 43 އަށް ދަށްވެފައެވެ. އެއީ 40 ދިވެހިންނާއި 3 ބިދޭސީއެކެވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން ބައްޔަށް ފައްސިވެފައިވާ މުޅި ޖުމްލައަކީ 1،310 އެވެ. އަދި އެއިގެ ތެރެއިން 1،264 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލިގައި މަރުވެފައިވަނީ 1 މީހެކެވެ.

މިވަގުތު އެންމެ ގިނަ އެކްޓިވް ކޭސްތަކުގެ މީހުން ތިބީ ދަޑިމަގު (16) ފުނާޑު (10) އަދި މިސްކިތްމަގު (9) އެވެ.

އިއްޔެ އާއި ހަމަޔަށް ފުވައްމުލައް ސިޓީއިން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި ޖުމްލަ އަދަދަކީ 7،342 އަދި ދެވަނަ ޑޯޒް ޖެހީ 6،439 މީހުންވެ. ހެލްތު މިނިސްޓްރީގެ ވެކްސިން ނަމަބަރުތަކަށް ބަލާއިރު ފުވައްމުލައް ސިޓީގެ ވެކްސިން ޖަހާ އާބާދީ 12 އަހރުން މަތީގެ %92 މީހުންނަށް ފުރަތަމަ ޑޯޒް ޖެހިފައިވާއިރު 2 ވަނަ ޑޯޒް ޖެހިފައިވަނީ %81 މީހުންނަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !