މިއަދު ވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް 12 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 5:00 އަށް ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓުންގެ ތެރެއިން 9 މީހާކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމަޕަލް ނެގި 3 މީހެކެވެ. ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ނިސްބަތަށް ބަލާއިރު ނަތީޖާ ލިބުނު ކޮންމެ 100 އަކުން 16.67 މީހުން ކޮވިޑަށް ޕޮޒިޓިވުވިއެވެ. ފާއިތުވީ ތިންދުވަހާއި އޭގެ ކުރީގެ ތިން ދުވަހުގެ އެވުރެޖަށް ބަލާއިރުވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް އުޅެނީ މިރޭޓުގައެވެ. އެހެންކަމުން ޕޮޒިޓިވުވާ އަދަދުގައި ފަރަގުތަކެއް ހުރި ނަމަވެސް އަދިވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް ދަށަށްދާން ފެށިކަމަކަށް ނުބެލެވެއެވެ.
މީގެ ފަހުން ފުވައްމުލައް ސިޓީގެ ކޮވިޑް-19 އަޕްޑޭޓްސް ގެނެސްދެނީ ކުރީ ދުވަހުގެ ހަވީރު 5:00 އިން އަނެއް ދުވަހުގެ ހަވީރު 5:00 އަށް ބަލައިގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ރޭ ބޭއްވި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 2 ޖޫން 2021
މިއަދުގެ ނަތީޖާ އާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު މިވަނީ 207 ގައިއެވެ. އެކްޓިވް ކޭސްތަކުގައި ހިމެނެނީ 67 ބިދޭސިންނައި 140 ދިވެހިްނެވެ. މިއަދު 37 މީހަކު ބަލިން ރަނގަޅުވިއިރު މުޅިއެކު މިހާތަނަށް 318 މީހަކު ބަލިން ރަނގަޅުވެފެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 524 އެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ކައުންސިލް މެމްބަރު އާއިޝަތު އަބްދުލް ޤާދިރު އާއި ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ޚަދީޖާ އަބްދުލް މަޖީދު އެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ހިމެނެނީ:
ފްލޫ ކުލިނިކުން 3
ކޮންޓެކްޓުންގެ 9
މީގެތެރެގައި ހިމެނެނީ 2 ބިދޭސިންނާއި 10 ދިވެހިންނެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 111 (ކޮންޓެކްޓް ޓްރެސިން 68، ހޯމް ކަރަންޓީން 6، ފޫލް ކުލިނިކް، 9 ރޭންޑަމް ސާމްޕަލް 28) އަދި ހަވީރު 5:00ގެ ފަހުން ނެގި ސާމްޕަލް ތަކާއެކު 50 ރޭންޑަމް ސާމްޕަލް މިއަދު ނެގިފައިވެއެވެ.
ނަތީޖާ ނުލިބޭ 94 (ކޮންޓެކްޓް ޓްރޭސިން 85، ހޯމް ކަރަންޓީން 3، ފޫލް ކުލިނިކް 6)
ނަތީޖާ ލިބުނު 72
މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %19.1 ގައެވެ.
މިހާތަނަށް 12،486 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާތަނަށް މޮނިޓަރިން އަށް 477 ގެއެއް ލެވިފައި ވެއެވެ. މީގެ ތެރޭގައި ހައިރިސްކް 215 މީހަކާއި ރޯގާގެ އާލާމާތް ހުރި 450 މީހުން ހިމެނެއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނު ކުރުމަށް ފަހު 524 ދޫކޮށްލެފވިފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
އިއްޔެގެ ފުރަތަމަ ޑޯޒް މިއަދު ޖަހާފައި ވަނީ 4 މީހުން، މިހާތަނަށް ޖުމްލަ 5819
އިއްޔެގެ 2 ވަނަ ޑޯޒް މިއަދު ޖަހާފައި ވަނީ 10 މީހުން މިހާތަނަށް ޖުމްލަ 3119
އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވެ އަދަދުތައް
މާސްކް ނާޅާއިގެން 3 މީހުން
މަނާގަޑީގައި ދުއްވައިގެން 16 މީހުން
ގޭގެއަށް ޒިޔާރަތް ކޮށްގެން 1 މީހަކު (ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް)
ކަރަންޓީނު އުސޫލައި ޚިލާފަށް ރަށަށް ދަތުރުކުރުން (އައުން) 3
ޒަރޫރީ ބޭނުމެއްގައި ނޫން ގޮތެއްގައި ބޭރުގައި އުޅެގެން 2 މީހަކު ޖޫރިމާނާ ކުރެވިފައި ވެއެވެ.
ބިދޭސީ މަސައްކަތު މީހުން ލައްވައި މައްސަކަތް ކުރަމުން އަދިވެސް އަންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި، އަދި ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ރިޕޯޓްތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަށް ފުލުހުނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައި ވެއެވެ.
ޚިޔާލުތައް