A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: މިއަދު ވެސް ފުވައްމުލައް ސިޓީއިން 14 ކޭސް ޕޮޒިޓިވްވި

ފުވައްމުލައް ސީޓީ ކޮވިޑް-19 ފާއިތުވި 14 ދުވަސް

މިއަދު ވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް 14 މީހުން  ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓުންގެ ތެރެއިން 12 މީހާކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމަޕަލް ނެގި 2 މީހެކެވެ.ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ނިސްބަތުން ބަލާއިރު މިއަދުވެސް %15 މީހުން ކޮވިޑަށް ޕޮޒިޓިވުވިއެވެ.

ފާއިތުވީ ތިންދުވަހާއި އޭގެ ކުރީގެ ތިން ދުވަހުގެ އެވުރެޖަށް ބަލާއިރުވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް އުޅެނީ މިރޭޓުގައެވެ. އެހެންކަމުން ޕޮޒިޓިވުވާ އަދަދުގައި ފަރަގުތަކެއް ހުރި ނަމަވެސް އަދިވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް ދަށަށްދާން ފެށިކަމަކަށް ނުބެލެވެއެވެ.

މިއަދުގެ ނަތީޖާ އާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު މިވަނީ 203 ގައިއެވެ. އެކްޓިވް ކޭސްތަކުގައި ހިމެނެނީ 67 ބިދޭސިންނައި 136 ދިވެހިްނެވެ. މިއަދު 18 މީހަކު ބަލިން ރަނގަޅުވިއިރު މުޅިއެކު މިހާތަނަށް 336 މީހަކު ބަލިން ރަނގަޅުވެފެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 538 އެވެ.

މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގައި ހިމެނެނީ ހޯމް ކަރަންޓީީން 5 ފްލޫކުލިނިކް 44 ކޮންޓކްޓް ޓްރޭސިންގެ 131 ރެންޑަމް ސާމަޕަލް 23 މީހުން ހިމެނެއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ އިތުރުން ޑިރެކްޓާ އަލީ މަސީޙު އެވެ.

މިއަދުގެ ކޮވިޑް-19 ގެ އަދަދުތައް

މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ހިމެނެނީ:

ފްލޫ ކުލިނިކުން 3

ކޮންޓެކްޓުންގެ 9

މީގެތެރެގައި ހިމެނެނީ 2 ބިދޭސިންނާއި 10 ދިވެހިންނެވެ.

 

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 180 (ކޮންޓެކްޓް ޓްރެސިން 52، ހޯމް ކަރަންޓީން 2،  ފޫލް ކުލިނިކް، 9، ޓްރެވެލް 4، ރޭންޑަމް ސާމްޕަލް 113) އަދި ހަވީރު 5:00ގެ ފަހުން ނެގި ސާމްޕަލް ތަކާއެކު 50 ރޭންޑަމް ސާމްޕަލް މިއަދު ނެގިފައިވެއެވެ.

ނަތީޖާ ނުލިބޭ 155 (ކޮންޓެކްޓް ޓްރޭސިން 87، ހޯމް ކަރަންޓީން 5، ފޫލް ކުލިނިކް 10، ރެންޑަމް 50، އެކްޓިވް ސާވޭލަންސް 3)

ނަތީޖާ ލިބުނު 93 (ކޮންޓެކްޓް ޓްރޭސިން 84، ހޯމް ކަރަންޓީން 3، ފޫލް ކުލިނިކް 6،)

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %19.1 ގައެވެ.

މިހާތަނަށް 12،666 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާތަނަށް މޮނިޓަރިން އަށް 500 ގެއެއް ލެވިފައި ވެއެވެ. މީގެ ތެރޭގައި ހައިރިސްކް 220 މީހަކާއި ރޯގާގެ އާލާމާތް ހުރި 465 މީހުން ހިމެނެއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނު ކުރުމަށް ފަހު 524 ދޫކޮށްލެފވިފައި ވެއެވެ.

 

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެގެ ފުރަތަމަ ޑޯޒް މިއަދު ޖަހާފައި ވަނީ 18 މީހުން، މިހާތަނަށް ޖުމްލަ 5821

އިއްޔެގެ 2 ވަނަ ޑޯޒް މިއަދު ޖަހާފައި ވަނީ 2 މީހުން، މިހާތަނަށް ޖުމްލަ 3137

 

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވެ އަދަދުތައް

މާސްކް ނާޅާއިގެން 4 މީހުން

މަނާގަޑީގައި ދުއްވައިގެން 16 މީހުން

ޒަރޫރީ ބޭނުމެއްގައި ނޫން ގޮތެއްގައި ބޭރުގައި އުޅެގެން 4 މީހަކު ޖޫރިމާނާ ކުރެވިފައި ވެއެވެ.

ބިދޭސީ މަސައްކަތު މީހުން ލައްވައި މައްސަކަތް ކުރަމުން އަދިވެސް އަންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި، އަދި ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ރިޕޯޓްތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުން ތަކުރާރު ކުރިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަށް ފުލުހުނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !