ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކް ހެދުމަށް ކޮންސެޕްޓް އެކުލަވާލުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
އޮންލައިންކޮށް ކުރިޔަށް ގެންދާ މިބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، 11 ޖޫން 2021 ވާ ހުކުރު ދުވަހުގެ ރޭ 8:00 ގައި ގޫގުލް މީޓް މެދުވެރިކޮށެވެ.
މިބައްދަލވުމުގައި ބައިވެރިވުމަށް ބޭނުންކުރާ ލިންކް: ފުވައްމުލައް ސްކޭޓް ޕާކްއާއި ގުޅޭ އައްމު ބައްދަލުވުން
ފުވައްމުލަކުގައި ހެދުމަށް ހަމޖެހިފައިވާ ސްޕޯޓސް ކޮމްޕްލެކްސް އާއި ގުޅެގޮތުން މަޝްވަރާ ބައްދަލުވުމެއް ވެސް މިމަހު 9 ވަނަ ދުވަހުގެ ރޭ ބާއްވާފައި ވެއެވެ.
ޕީޕީއެމް ސަރުކާރުން ވަނީ ފުވައްމުލައް ސިޓީގައި ސްޕޯޓްސް އެރީނާތަކެއް ވެސް ގާއިމުކޮށްފައެވެ. އެސްޕޯޓްސް އެރީނާއިގައި ހިމެނުނީ ހަމައެކަނި ފުޓްސަލް ދަނޑެއް ކަމަށް ވެއެވެ. އެގޮތުން ދަޑިމަގު އަވަށާއި ދޫނޑިގަމު އަވަށުގައި އަދި މިސްކިތްމަގު އަވަށުގައި ފުޓްސަލް ދަނޑުތަކެއް އެޅިއެވެ. ނަމަވެސް އެނދަޑުތަކަކީ ކުޅޭ މީހުންނަށް އެހާ ކަމުދާ ދަނޑުތަކަކަށް ވެފެއެއް ނުވެއެވެ.
މިފަހަރުގެ އެމްޑީޕީ ސަރުކާރުން އަޅައިދޭ ސްޕޯޓްސް ކޮމްޕްލެކްސް ނިމިގެންދާނެ ގޮތުގެ އިންތިޒާރުގައި ތިބި މީހުން ގިނަ އެވެ.

ފުވައްމުލައް ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްލެކްސް އާއި ގުޅެ މަޝްވަރާ ބައްދަލުވުން
ޚިޔާލުތައް