A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް އަޕްޑޭޓް: މިއަދު ޕޮޒިޓިވްވި އަދަދު 10، އެކަމަކު ރޭންޑަމް ސާމްޕަލެއް ޕޮޒިޓިވް ނުވެ ޖެހިޖެހިގެން 3 ދުވަސް

ކޮވިޑް-19 ޕޮޒިޓިވް ކޭސް، ދާ ދުވަހީ އަދަދުތައް، އަދި 7 ދުވަހުގެ އެވްރޭޖް - 13 ޖޫން 2021

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދުތައް 10އަށް މައޗަށް ޖެހުނު ނަމަވެސް ރޭންޑަމް ސާމްޕަލްއިން މީހަކު ޕޮޒިޓިވް ނުވާތާ މިއަދަށް ޖެހިޖެހިގެން 3 ދުވަސް ވީއެވެ. މިއަދު ޕޮޒިޓިވް ވި 10 މީހުނާއެކު، ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވްވާ ރޭޓް މިވަނީ  %12.5 އަށް މަތިވެފައެވެ.

މިއަދު ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވްވި މީހަކު ނުހިމެނުއިރު މިއަދު ރޭންޑަމް ސާމަޕް ޓެސްޓްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިއަދުގެ ޕޮޒިޓިވްވި ކޭސްތަކަކީ ވެސް މުޅިން ކޮންޓެކްޓުން ގެތެރެއިން  ޕޮޒިޓިވްވި މީހުންނެވެ. މީގައި ހިމެނެނީ ދިވެހި 8 މީހަކާއި އަދި ބިދޭސީ 2 މީހެކެވެ. މި 10 ކޭސް އާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 3 ފަރާތެއް އަދި އެއްގެއެއް މޮނިޓަރިން އަށް ލެވިފައިިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މިރޭގެ ނޫސް ބްރީފިންގައި ހާމަކުރެއްވިއެވެ.

މިއަދު އިތުރު މީހަކު ކޮވިޑް ފެސިލިޓިގައި އެޑްމިޓް ކުރެވިފައިވާ ކަމަށާއި އެއީ މާބަނޑު މީހެއް ކަމަށް މައުލޫމާތު ދެއްވިއެވެ. މިއާއެކު ކޮވިޑް ފެސިލިޓީގައި 2 މީހަކު މިވަނީ އެޑްމިތްކޮށްގެން ފަރުވާދޭން ފަށާފައެވެ. މިދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ވެސް ހާމަކުރިއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 13 ޖޫން 2021

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ޚަދީޖާ އަބްދުލް މަޖީދާއި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަދި ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ ބައިވެރިވެިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 10

ރޭންޑަމް ސާމްޕަލް 0/0

މިއަދު 12 މީހަކު ބަލިން ރަނގަޅު ވެފައި ވެއެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 164 އެވެ. އެއީ 113 ދިވެހިންނާއި 51 ބިދޭސީންނެވެ. މީގަިއ ހިމެނެނީ 104 ފިރިހެންނުންނާއި 60 އަންހެނުންނެވެ. މިއަދާއި ހަމަޔަށް ބަލިން ރަނގަޅުވި ޖުމުލައަކީ 506 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 671 އަށް އަރާފައެވެ.

ފުވައްމުލައް ސިޓީގެ އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދު އަދިވެސް އެންމެ ގިނައީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 55 މީހުން އަދި ދެވަނައަށް ފުނާޑުގައި 31 މީހުން އެބަތިއްބެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 121

ނަތީޖާ ނުލިބޭ 153

ނަތީޖާ ލިބުނު 80

މިހާތަނަށް 14،194 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް 5841

ދެވަނަ ޑޯޒް 3182

އުސޫލުތަކާއި ޚިލާފުވެގެން މިއަދު 99 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކް ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާިއ މަނާގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުންވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Balin ragalhu vefaey nuve eve mee keekey tha

    • މުހައްމަދު ޝިހާބް

      ޝުކުރާ. އިސްލާޙުކޮސްލާނަން.