A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް އަޕްޑޭޓް: މިއަދު ޕޮޒިޓިވްވީ 6 މީހުން

ކޮވިޑް-19 ޕޮޒިޓިވް ކޭސް، 7ދުވަހުގެ އެވްރޭޖް - 14 ޖޫން 2021

ފުވައްމުލައް ސިޓީއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 6 މީހުންނެވެ. މިއީ ފާއިތުވި ދުވަސްތަކަށް ބަލާއިރު ނަތީޖާ ލިބޭ ސާމްޕަލްގެ ނިސްބަތުން ވަރަށް ބޮޑުތަން ދަށްވުމެކެވެ. އެގޮތުން ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވްވާ ރޭޓް މިވަނީ  %3.9 ގައެވެ.

މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވްވި 2 މީހަކު ހިމެނެއެވެ. މިއަދުގެ ޕޮޒިޓިވްވި ކޭސްތަކުގެތެރޭގައި ކޮންޓެކްޓުން ގެތެރެއިން  ޕޮޒިޓިވްވި 3 މީހުންނާއި ފްލޫ ކުލިނިކުން އެއް މީހަކު ހިމެނެވެ. މި 6 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 5 މީހަކާއި އަދި ބިދޭސީ 1 މީހެކެވެ.

މިހާރު ކޮވިޑް ފެސިލިޓިގައި އެޑްމިޓް ކުރެވިފައިވާ 2 މީހުންގެ ތެރެއިން އެކަކު ބަލިން ރަނގަޅުވުމުން ދޫކޯސްލާފައިވާކަމަށް ރޭގެ ނޫސް ކޮންފަރެންސްގައި ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. ނަމަވެސް އެއީ ކޮވިޑްފެސިލިޓިގައި އެޑްމިޓް ކުރި މާބަނޑު މީހާކަމެއް ނުވަތަ އެއިގެ ކުރިން އެޑްމިޓް ކުރި މީހާކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިން ވަނީ ހާމަކުރައްވާފައެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ޚަދީޖާ އަބްދުލް މަޖީދާއި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަދި ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާ އަލީ މަސީހު ބައިވެރިވެިއެވެ.

މިހާރު އެއްގޮތަކަށް ވެސް މަސައްކަތްކުރުވުމުން މަނާކުރެވިފައިވާ ބިދޭސީން ލައްވައި ކަނޑައެޅޭ ވަކި އުސޫލަކުން ހުއްދަ ނަގައިގެން މަސައްކަތް ކުރުވުމަށް ދޫދޭނެކަމަށް ރޭގެ ނޫސްކޮންފަރެންސްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އަދަދުތަށް ދަށަށް ދާނަމަ ކުރިޔަށް އޮތް ހަފުތާގައި ވިޔަފާރިތަކަށްވެސް ލުއި ދެގޮތަށް ވެސް މަޝްވަރާކުރެވެމުންދާކަމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ހާމަކުރެއްވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް މެމްބަރު އަބަދުﷲ ނާސިރު

އިއްޔެ ބައްޔަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 1

ކޮންޓެކްޓުންގެ 3

ރޭންޑަމް ސާމްޕަލް 2/75

އިއްޔެ ބަލިން ރަނގަޅު ވެފައި ވަނީ 17 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 153 އަށް ވަނީ ދަށްވެފައެވެ. އެއީ 103 ދިވެހިންނާއި 50 ބިދޭސީންނެވެ. އެމީހުންގެ ޖިންސީ ނިސްބަތަށް ބަލާއި ހިމެނެނީ 99 ފިރިހެންނުންނާއި 50 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމްލަ 535 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 687 ގައެވެ.

އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދު އަދިވެސް އެންމެ ގިނައީ ހޯދަޑު އަވަށުގައެވެ. ހޯދަޑު އަވަށުގައި 53 މީހުން އަދި ދެވަނައަށް ފުނާޑުގައި 28 މީހުން އެބަތިއްބެވެ. މިދެއަވަށުންވެސް ވަނީ ކޮންމެވެސް ވަރަކަށް އަދަދުތަށް ދަށަށް ގޮސްފައެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 149

ނަތީޖާ ނުލިބޭ 132

ނަތީޖާ ލިބުނު 152

މިހާތަނަށް 14،343 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: އިއްޔެ 1 އާއެކު ޖުމުލަ 5842

ދެވަނަ ޑޯޒް: އިއްޔެ 5 އާއެކު ޖުމުލަ 3187

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 14 ޖޫން 2021

ރަށުތެރެ ބެލެހެއްޓުން

ކާފިއުއާއި އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް މޮނިޓާ ކުރުމުގެ ގޮތުން ރަށުގެ 8 އަވަށުގައި ފުލުހުންގެ އިތުރުން ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.

އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 21 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު 6 މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު 9 މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައަިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި 6 މީހުން ވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !