A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: މިއަދު ޕޮޒިޓިވް ވީ ކޮންޓެކްޓުންގެ 2 މީހުން

މިރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 24 ޖޫން 2021

ފުވައްމުލައް ސިޓީއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ  2 މީހުންނެވެ. އެއީ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 2 ދިވެހިންނެވެ. އެއާއެކު ބައްޔަށް ޕޮޒިޓިވްވާ ރޭޓް މިވަނީ %1.1 ގައެވެ.

މިއަދު ނަތީޖާ ލިބުނު 94 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ރެންޑަމް ސާމަޕލުން މީހަކު ޕޮޒިޓިވް ނުވެ މިހާރު ޖެހިޖެހިގެން 4 ދުވަސް ވީއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސީނިއާޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ އަލީ މަސީހު ބައިވެރިވިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 2 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 2

އެކްޓިވް ސާވޭލަންސް 0

ރޭންޑަމް ސާމްޕަލް 0/100

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 8 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 78 މިވަނީ ދަށްވެ އެވެ. މީގައި ހިމެނެނީ 69 ދިވެހިންނާއި 9 ބިދެސީންނެވެ. އެއީ 41 ފިރިހެނުންނާއި 37 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 672 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 749 ގައެވެ.

އެކްޓިވް ކޭސްތަކުގައި އެންމެ ގިނައިން މިހާރު ތިބީ 18 އަހަރުން ދަށުގެ (30) މީހުނެވެ. އަދި ދެވަނައަށް ތިބީ 31-50 އަހަރާއި ދެމެދުގެ (28) މީހުން ކަމަށް އީއޯސީއިން ހާމަކުރައްވައެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 138 (ރޭންޑަމް 94)

ނަތީޖާ ނުލިބޭ 142

ނަތީޖާ ލިބުނު 180 (ރޭންޑަމް 94)

މިހާތަނަށް 15،616 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: މިއަދު 5 އާއެކު ޖުމުލަ 5861

ދެވަނަ ޑޯޒް: މިއަދު 12 އާއެކު ޖުމުލަ 3232

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !