A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: މިއަދުވެސް ޕޮޒިޓިވްވީ ކޮންޓެކްޓުންގެ އެންމެ މީހެއް

މިރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 25 ޖޫން 2021

ފުވައްމުލައް ސިޓީއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެއީ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި ދިވެއްސެކެވެ. އެއާއެކު ފުވައްމުލައް ސިޓީން އިން ބަލީގެ ޕޮޒިތިވްވިޓީ ރޭޓް ހުރީ %3 ގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އެޗްޕީއޭއާއި ހަވާލާދެއްވައި މިރޭ ހާމަކުރެއްވިއެވެ.

މިއަދު ނަތީޖާ ލިބުނު 100 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ރެންޑަމް ސާމަޕލުން މީހަކު ޕޮޒިޓިވް ނުވެ މިހާރު ޖެހިޖެހިގެން 5 ދުވަސް ވީއެވެ. ފާއިތުވި 3 ދުވަހު ވެސް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކޮންޓެކްޓުންގެ 4 މީހުންނެވެ.

ކޮވި-19 އަށް މިހާރު ފުވައްމުއްލައް ސިޓީއިން ޕޮޒިޓިވްވާ އަދަދުތައް މިވަނީ ކޮންޓްރޯލްވެ، ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ. އެއާއެކު މާދަމާއިން ފަށައިގެން ކާފިއުގެ ވަގުތު މިވަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށް ކުރުކޮށްފައެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސީނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ރައްޔިތުނާއި ހިއްސާ ކުރެއްވުމުގައި އާމިނަތު އަހުމަދު ދެމިހުންނަވާ.

މިއަދު ބައްޔަށް ޕޮޒިޓިވްވި އެންމެ މީހެއް:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 1

ރޭންޑަމް ސާމްޕަލް 0/100

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 9 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 70 މިވަނީ ދަށްވެ އެވެ. މީގައި ހިމެނެނީ 63 ދިވެހިންނާއި 7 ބިދޭސީންނެވެ. ޖިންސީ ނިސްބަތަށް ބަލާއިރު އެއީ 36 ފިރިހެނުންނާއި 34 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 681 ގައި ހުރިއިރު މުޅިއެކު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 750 ގައެވެ.

އެކްޓިވް ކޭސްތަކުގައި އެންމެ ގިނައިން މިހާރު ތިބީ 18 އަހަރުން ދަށުގެ (28) މީހުން ކަމަށާއި އަދި ދެވަނައަށް ތިބީ 31-50 އަހަރާއި ދެމެދުގެ މީހުން ކަމަށް އީއޯސީއިން ހާމަކުރައްވައެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 133 (ރޭންޑަމް 109)

ނަތީޖާ ނުލިބޭ 139

ނަތީޖާ ލިބުނު 142 (ރޭންޑަމް 104)

މިހާތަނަށް 15،749 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: މިއަދު -، އާއެކު ޖުމުލަ 5861

ދެވަނަ ޑޯޒް: މިއަދު -، އާއެކު ޖުމުލަ 3232

ރަށުތެރެ ބެލެހެއްޓުން

އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 87 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ.

ގިނައިން ޖޫރިމާނާ ކުރެވިފައިވަނީ އެއްބައެއްކަން ފާހަގަ ކުރެވޭ ކަމަށާއި ބައެއް ފަރާތަތައް ތަކުރާރުކޮށް ޖޫރިމާނާ ކުރަމުން ގޮސް 60 ހާހާއި 50 ހާސް ރުފިޔާވެސް ޖޫރިމާނާ އަށް އަރާފައިވާކަމަށް މިރޭގެ އީއޯސީގައި ހާމަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Kaun silakun never noos bayaaneygai migothash dhi vehi bahugai kush huru makee varash dhera kamey miee alhugadu menge fakhuru veri reethi dhivehi bas ehen kamun miash vure bodash mikamash samaalu vumash dhannvan miadhu fassi vee emme meehekeve mee Nunthorpe meege ragalhu gothakee

  • Anonymous

    Ey meehun kamaku nudhey emme meehey noonee ekekeve. Miee noon tha reethi gotha kee