މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. މިއީ ފާއިތުވި މޭ މަހު 21 ވަނަ ދުވަހުގެ ފަހުން ޕޮޒިޓިވް ކޭސް އެއް ނުފެނި ދިޔަ ފުރަތަމަ ދުވަހެވެ. މިއަދު 194 ސާމްޕަލެއްގެ ނަތީޖާ ނެގަޓިވްކޮށް ލިބިފައެވެ.
މިއަދު ނަތީޖާ ލިބުނު ސާޕްޕަލްގެ ނިސްބަތުން ބައްޔަށް ޕޮޒިޓިވްވާ ރޭޓް %0 އަށް ދަށްވި، އިރު ފާއިތުވި 7 ދުވަހުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ %2.3 ގައެވެ. އެއާއެކު ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފުވައްމުލައް ސިޓީއިން މަދުވެފައިވާކަން ހާމަވެއެވެ.
މިއަދު ނަތީޖާ ލިބުނު 150 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ. އަދި ރެންޑަމް ސާމްޕަލުން މީހަކު ޕޮޒިޓިވް ނުވެ މިހާރު ޖެހިޖެހިގެން 7 ދުވަސް ވީއެވެ. ނަމަވެސް 22 ޖޫން ގައި ފްލޫ ކުލިނިކުން 2 މިހަކު ޕޮޒިޓިވް ވެފައި ވެއެވެ. ވުމާއެކު މޮނިޓަރިން އަިން ރަށް ނެގުމަށް ހަމަކުރަން ރަށުތެރޭގެ ސާމްޕަލްތަކުން ޕޮޒިޓިވް ކޭސް އެއް ނުފެނި ހަމަކުރަން ޖެހޭ 14 ދުވަސް ހަމަވާނީ އަންނަ ޖުލައި މަހުގެ 6 އަށެވެ. ފާއިތުވި 4 ދުވަހު ވެސް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކޮންޓެކްޓުންގެ 5 މީހުންނެވެ.
ކޮވިޑް-19 އަށް އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް ގިނަ ފިޔަވަޅުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަށް ވަނީ ކުރުކޮށްފައެވެ.
މިރޭގެ ފުވައްމުލައް ސިޓީ އީއޯސީގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސީނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ރައްޔިތުނާއި ހިއްސާ ކުރެއްވުމުގައި އާމިނަތު އަހުމަދު ދެމިހުންނަވާ
މާދަމާ ރޭ ވެސް ފުވައްމުލައް ސިޓީ އީއޯސީ ނޫސް ކޮންފަރެންސް ނޯނާއެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހުގެ ރޭ ނޫސް ކޮންފަރެންސް ބާއްވާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.
މިއަދު ބަލިން ރަނގަޅުވެފައި ވަނީ 7 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 58 އެވެ. އެއީ 52 ދިވެހިންނާއި 6 ބިދޭސީންނެވެ. މީގައި ހިމެނެނީ 25 ފިރިހެނުންނާއި 30 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 694 ގައި ހުރިއިރު މުޅިއެކު ބަލި ޖެހުނު ޖުމްލަ އަދަދު ހުރީ 751 ގައެވެ.
އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބި ދަޑިމަގު އަވަށުގައި 15 މީހުން ތިބިއިރު ދެވަނަ އަށް ފުނާޑުގައި 13 މީހުން، ދޫނޑިގަން 10، ހޯދަޑު 9، ދިގުވާޑު 5، މާދަޑު 3، މާލެގަން 3 އަދި މިސްކިތްމަގު ޕޮޒިޓިވް މީހަކު ނެތެވެ.
މިއަދުގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 73 (ރޭންޑަމް 55)
ނަތީޖާ ނުލިބޭ 0
ނަތީޖާ ލިބުނު 194 (ރޭންޑަމް 150)
މިހާތަނަށް 15،925 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 2، އާއެކު ޖުމުލަ 5867
ދެވަނަ ޑޯޒް: މިއަދު 8 އާއެކު ޖުމުލަ 3244
ޚިޔާލުތައް
ބިދޭސިން ލައްވާ މީހުން ދިރިއުޅޭ ގޭގެ މަސައްކަތް ކުރުމަށް ހުއްދަ ލިބެނީ ކިހާ ހިސާބަކު؟
ގޮޑުދޮށުން ވެލި ނެގުން އާއްމުވި ކީއް ެެތޯ؟ގި ް