A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: ރަށުތެރޭގެ ސާމަޕަލުން ޕޮޒިޓިވް ނުވެ 7 ދުވަސް

ކޮވިޑް-19 އަޕްޑޭޓް - ފުވައްމުލައް ސިޓީ އީއޯސީ. 28 ޖޫން 2021

ކޮވިޑް-19ގެ ރެންޑަމް ސާމަޕަލުން ޕޮޒިޓިވް ކޭސް އެއް ނެތި އިއްޔެއަށް 7 ދުވަސް ވީއެވެ. ރަށުތެރޭގެ ސާމްޕަލް އިން އެންމެ ފަހުން ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ 22 ޖޫން 2021 ގައެވެ. އެއި ފްލޫކުލިނިކަށް ދައްކައިގެ ޕޮޒިޓިވް ވި އެހެން ކޭސްތަކާއި ގުޅުމެއް ނެތް 2 މީހުންނެވެ. ރެންޑަމް ސާމްޕަލުން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ 20 ޖޫން 2021 ގައެވެ.

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް އިއްޔެ 4 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އެއީ ކުރިން ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓްގެ ތެރޭގައި ހިމެނުނު 3 ދިވެހިންނާއި ބިދޭސީ އެއް މީހެކެވެ. މި 4 ޕޮޒިޓިވް ކޭސް އާއެކު ސާމްޕަލްގެ ނިސްބަތުން ބައްޔަށް ޕޮޒިޓިވުވާ ރޭޓް އިއްޔެ އާއި މިއަދުވެސް މިވަނީ %0.7 ގައެވެ. މިއަދުވެސް ވަނީ ރަށުތެރޭގެ ސާމްޕަލް އިން 45 ސާމްޕަލްގެ ނެގަޓިވް ނަތީޖާ ލިބިފައިވެއެވެ.

އިއްޔެ 6 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ. އެއާއެކު އެކްޓިވް ކޭސްގެ އަދަދު މިހާރު ހުރީ 56 ގައެވެ. އެއީ 49 ދިވެހިންނާއި 7 ބިދޭސީން ނެވެ. އޭގެ ތެރޭގައި ރެންޑަމް ސާމްޕަލް، ފްލޫ ކްލިނިކުން އަދި އެކްޓިވް ސާވޭލަންސްގެ ތެރެއިން ޕޮޒިޓިވްވި 15 މީހުން ހިމެނެއެވެ. ދެން ހިމެނެނީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި 2 މީހަކާއި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވި ޕޮޒިޓިވްވި 42 މީހެކެވެ.

ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. 12 މެއި 2021

މިތާހަނަށް ފުވައްމުލައް ސިޓިއިން ބަލި ޖެހިފައިވާ ޖުމްލަ އަދަަކީ 755 މީހުންނެވެ. އެއިގެތެރެއިން 700 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި ފުވައްމުލައް ސިޓީއިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް މިހާރު އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމްލަ 3 މީހުންނެވެ. އެއެންމެން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފުވައްމުލައް ސިޓީގެ މީހުން ކާފިއު ޙާލަތުގައި ގެއިން ބޭރަށް ނުނިކުމެވި ތިބޭތާ މިހާރު 2 މަސް ދުވަސް ވާން ކަރިއިވީއެވެ. ގިނަބަޔަކު އެދިގެން ތިބީ އެޗްޕީއޭގެ މޮނިޓަރިން އުވާލާނެ ދުވަހަކަށެވެ. މޮނިޓަރިން ގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހު 6 ހިސާބުގައެވެ.

އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބި ފުނާޑު އަވަށުގައި 13 މީހުން ތިބިއިރު ދެވަނަ އަށް ދަޑިމަގު އަދި ދޫނޑިގަމުގައި 10 މީހުން، ހޯދަޑު 9، ދިގުވާޑުގައި 5، މިސްކިތްމަގު، 3 މާލެގަމު 4، އަދި މާދަޑު 3، ޕޮޒިޓިވް މީހުން އެބަތިއްބެވެ.

ރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސް ކޮންފަރެންސް ނުބާއްވައެވެ. މިހާރު ނޫސް ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދެރެއިން އެއް ރެއްއެވެ. އެގޮތުން ދެން ނޫސް ކޮންފަރެންސް އޮންނީ މިރެއެވެ.

މިއަދުގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 160 (ރަށުތެރޭ 119)

ނަތީޖާ ނުލިބޭ 31 (ރަށުތެރޭ 26)

ނަތީޖާ ލިބުނު 59 (ރަށުތެރޭ 45)

މިހާތަނަށް 16،085 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: މިއަދު 2، އާއެކު ޖުމުލަ 5869

ދެވަނަ ޑޯޒް: މިއަދު 4، އާއެކު ޖުމުލަ 3248

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !