މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ފޮޒިޓިވްވީ ރޭންޑަަމް ސާމްޕަލުން ޕޮޒިޓިވް މީހަކު އެކަންޏެވެ.
މިއަދު ބަލިން 8 މީހުން ރަނގަޅުވި އިރު މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ އަކީ 719 މީހުންނެވެ. ބަލީގެ އެކްޓިވް ކޭސްގެ އަދަދު 43 އަށް ދަށްވެފައިވެއެވެ. އެއީ 39 ދިވެހިންނާއި 4 ބިދޭސީން ނެވެ. އެކްޓިވް ސާމްޕަލްގ ެތެރޭގައި ރަށުތެރޭގެ ސާމްޕަލުން ޕޮޒިޓިވްވި 9 މީހުން ހިމެނެއެވެ. ރަށުތެރޭގެ ސާމްޕަލްތަކުގެ ގޮތުގައި ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލް، ފްލޫ ކްލިނިކުން އަދި އެކްޓިވް ސާވޭލަންސްގެ ތެރެއިން ނެގޭ ސާމްޕަލް ތަކެވެ. ދެން ހިމެނެނީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި މީހަކާއި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވި ޕޮޒިޓިވްވި 34 މީހެކެވެ.
މިތާހަނަށް ފުވައްމުލައް ސިޓީއިން ބަލި ޖެހިފައިވާ ޖުމްލަ އަދަަކީ 761 މީހުންނެވެ. ބަލީގައި ފުވައްމުލައް ސިޓީއިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް މިހާރު އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމްލަ 3 މީހުންނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.
އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބީ ދޫނޑިގަން 9، ދަޑިމަގު އަދި ހޯދަޑު އަވަށުގައި 7، ފުނާޑުގައި 6، މާދަޑު އަދި މިސްކިތްމަގު 5، ދިގުވާޑު 3 އަދި މާލެގަމުގައި އެކަކު އެބަ ހުއްޓެވެ.
މިރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސް ކޮންފަރެންސް ނުބާއްވައެވެ. މިހާރު ނޫސް ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދެރެއިން އެއް ރެއްއެވެ. އެގޮތުން ދެން ނޫސް ކޮންފަރެންސް އޮންނީ މިރެއެވެ.
މިއަދުގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 159 (ރަށުތެރޭ 111)
ނަތީޖާ ނުލިބޭ 82
ނަތީޖާ ލިބުނު 204 (ރަށުތެރޭ 146)
މިހާތަނަށް 16،388 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 1، އާއެކު ޖުމުލަ 5874
ދެވަނަ ޑޯޒް: މިއަދު 5، އާއެކު ޖުމުލަ 3257
ޚިޔާލުތައް