އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓުުންގެ 7 މީހެކެވެ. އެއީ 6 ދިވެހިންނާއި 1 ބިދޭސީއެއް ކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ ނޫސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ.
އެނެމް ފަހުން ރަށުތެރޭގެ ސާމަޕަލް ހިމަނައިގެން ރެންޑޮމް ސާމްޕަލިން އިން ބަޔަކު ޕޮޒިޓިވްވެފައި ވަނީ މި ޖުލައިމަހު 10 ވަނަ ދުވަހުއެވެ. ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނެގެނެ ކަމަށް ވަނީ ރަށުތެރޭގެ ސާމަޕްލަތަކުން (ރޭންޑަމް، ފްލުކްލިނިކް، އަދި އެކްޓިވް ސާވޭލަންސް) ތެރެއިން މީހަކު ޕޮޒިޓިވް ނުވެ ޖެހިޖެހިގެން 14 ދުވަސް ވުމުން ނެވެ.
އިއްޔެ އިތުރު މީހަކު ބަލިން ރަނގަޅުވެފައި ނުވުމާއެކު އެކްޓިވް ކޭސްގެ އަދަދު ހުރީ 762 ގައެވެ. އަދި ބަލި ޖެހިފައިވާ ޖުމްލަ އަދަދު އަކީ 801 އެވެ. މިހާރު ބަލިގެ އެކްޓިވް 40 މީހުން ތިބިއިރު އޭގެތެރޭގައި ރަށުތެރެގެ ސާމްޕލް ގެ 10 މީހަކާއި ކޮންޓެކްޓުންގެ 30 މީހުން ހިމެނެއެވެ. ރަށުތެރެގެ ސާމްޕަލްގައި ހިމެނެނީ ފުލޫ ކުލިނިކުން ޕޮޒިޓިވި 4 މީހަކާއި ރޭންޑަމް ސާމްޕަލިންގެ 6 ޕޮޒިޓިވް ކޭސް އެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 73 (ރަށުތެރޭ 19)
ނަތީޖާ ނުލިބޭ 35
ނަތީޖާ ލިބުނު 27 (ރަށުތެރޭ 13)
މިހާތަނަށް 17،897 ސާމްޕަލް ނެގިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކޮވިޑް ޑޭޝްބޯޑުގައި ހާމަކޮށްފައި ވެއެވެ.
މިވަގުތު ކޮވޑް-19 އެކްޓިވް ކޭސްތައް ތިބީ ފުވައްމުލައް ސިޓިގެ 3 އވަށެއްގައެވެ. އެއީ މިސްކިތްމަގު 33 އާއި ދިގުވާޑު 4 އަދި ފުނާޑު 3 އެވެ.
މިބަލީގައި ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމްލަ 3 މީހުން ވެސް ބަލިން ވަނީ ރަނގަޅު ވެފައެވެ.
ފުވައްމުލައް ސިޓީ އިއޯސީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިހާރު ތާވަލުކުރެވިގެން ކުރިޔަކަށް ނުގެންދެއެވެ. ނަމަވެސް ރޭގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ވެއެވެ. އަދި ދެން ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އެކަން މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށް ހާމަކުރެއްވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނަސިރާއި ކައުންސިލްގެ ޑިރެކްޓާ އަލީ މަސީހުއެވެ. ފުވައްމުލަކު ހޮސްޕިޓަލަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފާއިތުވި 3 ބައްދަލުވުމަށްވެސް ދައުވަތު ދެވުނިކަމަށާއި ނަަވެސް ހޮސްޕިޓަލުން ބައިވެރިނުވަނީ ކިއްވެގެން ކަން އެނގިނުލައްވާކަމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ހާމަކުރެއްވިއެވެ.

ރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 13 ޖުލައި 2021
ފުވައްމުލައް ސިޓީގައި މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ. އަދި ކެފޭ ރެސްޓޯރެންޓް، ކެފޭ ހޮޓާފަދަ ތަންތަން އެޗްޕީއޭގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތީން ކާފިއު ނޫން ގަނޑިތަކުގައި ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: އިއްޔެ 10، އާއެކު ޖުމުލަ 5909
ދެވަނަ ޑޯޒް: އިއްޔެ 146، އާއެކު ޖުމުލަ 3948

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިން ދެވިފަިއވާ މިންވަރު، 13 ޖުލައި 2021
ޚިޔާލުތައް