A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ބަދަލުކުރުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކުން.

ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ބަދަލުކޮށް އެހެން އަންހެނުންގެ ޑޮކްޓަރެއް ފޮނުވައިދިނުމަށް ހެލްތު މިނިސްޓްރީ އަދި ހޮސްޕިޓަލުގެ މެނޭޖްމެންޓްގައި އެދިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވަނީ، މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މާބަނޑު އަންހެނުންނާއި އެމީހުންގެ ބަނޑުގައިވާ ދަރިންގެ ފުރާނައަށް ގެއްލުންވާ ފަދަ ބައެއް ހާދިސާތައް ހިނގަމުންދާކުމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބިފައި ވާކަމަވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމައްޓަކައި އެޑޮކްޓަރު ވަގުތުން ވަގުތަށް ހޮސްޕިޓަލުގެ މަސައްކަތުން އެކަހެރި ކުރުމަށް ކަމާބެހޭ ފާރާތްތަކުގައި އެދިފައިވާ ކަމަށް ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އެންމެ އިސް ދެފާރާތް

މި މައްސަލާގައި، މި ޖުލައި މަހު 12 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވައި ފުވައްމުލަކު ހޮސްޕިޓަލާއި މަޝްވަރާކޮށް މައްސަލަ ހައްލުކުރެވެން އޮތް ގޮތެއް ހޯދައި އެކަން ކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި 15 ޖުލައިގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމެންޓާއި ބައްދަލުކޮށް މައްސަލައާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. އެ ބައްދަލުވުމުން ހާމަވެގެން ދިޔައީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ސިޒޭރިއަން ހެދި ކޭސްތަކުގެ ތެރެއިން 3 ކޭސް އެއް އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މިމައްސަލައިގެ ކަންބޮޑުވުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ހަމަޔަށްވެސް ގެންދެވިފައިވާ ކަމަށާއި އަދި މިކަން ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ނާއިބު ރައިީސްގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމެންޓުން ވެސް ދެއްވާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައި ވާގޮތުން ފާއިތުވި ދެމައްހެއްހާ ދުވަހުގެ ތެރެގައު އަހންހެހުންގެ ޚައްސަ ޑޮކްޓަރުގެ ފަރާތުން ދިމާވެފައިވާ ހާދިސާތަކަކީ އެކަމުގެ ސަބަބުން މައިމީހާއަށާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާ ލިބިދާނެ ފަދަ ކަންތައްތަކަށް ވާތީ  އެކަންކަމާއި މެދު ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ޚައްސަގޮތެއްގައި ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖުތަމިއުގެ ހަމަޖެހުން ގެއްލިދާނެ ފަދަ ކަމަކަށް ވާތީ ފުވައްމުލައް ސިޓީގެ ރައްތިތުންނަށް މިކަމުގެ ހައްލު ހޯދައިދޭން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވެސް ސިޓީ ކައުންސިލުގެ ބަޔާނުގައި ވެއެވެ. އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ޚިދުމަތްތައް އޭގެ އެންމެ މަތީ ދަރަޖައަކަށް ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުންދާނެ ކަމަށް ވެއެވެ.

މިދިމާވި ހާދިސާތަކުގެ ސަބަބުން ގެއްލުން ލިބުނު މައިންނާއި، އާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމަތަކުގައި ފުވައްމުލައް ސިޓީ ކައުންސިލުން ފުރިހަމަޔަށް ބައިވެރިވެ އެފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި މާތްﷲ ހަޟުރަތުގައި ދުޢާ ދަންނަވާ ކަމަށް ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ސިޓީ ކައުންސިލުން މިފަދަ ބަޔާނެއް ނެރުނީ ފުވައްމުލަކުގެ ބައެއް ނޫސްތަކުގައި އާއި ސޯޝަލް މީޑިއާގައި ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުުންގެ ޑޮކްޓަރުގެ އިހުމާލުން ކަންތަައްތަކެއް ހިނގާފަވާ ކަމަށް ވާހަކަ ދެކެވި ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އެކަންކަން ބެލުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތަކަށް ފަހު އެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަގަޅުކޮށް، ސިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ހިތްހަމަޖެހިގެން ބަލައިގަންނަ ޚިދުމަތްތަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ބާއްވާފައި މަޝްވަރާކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !